ތިމާގެ ޒިންމާތައް މިމަގުން ތަރުތީބު ނުކޮށް އާޚިރަތް ކާމިޔާބު ނުކުރެވިދާނެ ކަމުގެ ބިރު ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ތިމާގެ ޒިންމާތައް މިމަގުން ތަރުތީބު ނުކޮށް އާޚިރަތް ކާމިޔާބު ނުކުރެވިދާނެ ކަމުގެ ބިރު ބޮޑު!

ކޮންމެ ވަޤުތަކުވެސް ތިމާ މަރުވެދާނެކަމާއި މަރުވުމުން ދެން ކުރިމަތިލާންޖެހޭނެ ކަންކަމާއިމެދު ވިސްނައިލެވުން މިދަނީ ވަރަށް ބޮޑަށް ނެތެމުންނެވެ. މާނައަކީ އެކަންކަމަށް ވިސްނާ މީހުން މަދުވަމުން އަންނަ ވާހަކައެވެ. އެކަންކަމަށް ވިސްނައިލާނެ ވަޤުތުކޮޅެއް ނުއޮންނަކަމަށް ހަދައިގެން އުޅޭ މީހުން ގިނަވާ ވާހަކައެވެ. 

ހުސްވަޤުތެއް ލިބިއްޖެނަމަ ސޯޝަލް މީޑިއާގައި ތިމާގެ އާޚިރަތަށް ފައިދާނުކުރާނެ ކަންކަން ކުރަން، ނުވަތަ ގޭމް ކުޅުމުގައި، ނޫންނަމަ އެނޫންވެސް ބޭކާރު ކަންކަމުގައި ވަޤުތުތައް ބޭކާރުކުރަން ހަދައިގެން އާޚިރަތާއިމެދު ވިސްނައިލެވުން މިއަދު މިވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. 

މިފަދަ ވާހަކައެއް ބުނާއިރަށް ދައްކާނީ އިޖުތިމާޢީ ޒިންމާގެ ވާހަކައެވެ. އެކަމަކު ތިމާގެ އެންމެ ބޮޑު އިޖުތިމާޢީ ޒިންމާ ފެށިގެން އަންނަނީ އަމިއްލަ ޢާއިލާއާއި ހަމައިންކަމާއިމެދު ވިސްނައެއް ނުލައެވެ. ފުރަތަމަ ވަޤުތުދޭންޖެހޭނީ މައިންބަފައިންނަށާއި އަނބިދަރިންނަށް އަދި ޢާއިލާއަށް ކަމާއިމެދު ވިސްނައެއް ނުލައެވެ. 

އެއިގެ ކުރިއަށް އަދި މާބޮޑު ޒިންމާއެއް އެބައޮތްކަމާއިމެދުގައިވެސް ވިސްނައެއް ނުލައެވެ. މިބުނަނީ ދީނީ ޒިންމާތަކުގެ ވާހަކައެވެ. ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ވާޖިބުތަކުގެ ވާހަކައެވެ. އެކަންކަމުގެ ކުރިއަށް ނެރެވޭނެ އެހެންކަމެއް ނެތްކަންވެސް ހަމަ ނުއެނގެނީ ހެއްޔެވެ؟ 

ކޮންމެއަކަސް އާޚިރަތް ލިބިގަނެވެން އޮތީ މިކަންކަމަށް ވިސްނައިގެންނެވެ. މިކަންކަމަށް ވިސްނުމަކީ ތިމާ އަދާކުރަންޖެހޭ ޒިންމާތައް ތިމާއަށް އެންމެ ފައިދާކުރާނެ ގޮތަށް ތަރުތީބުކުރުމެވެ. އަދި ޢަމަލުވެސް ކުރުމެވެ. ވީމާ އާޚިރަތް ދުވަހު އުފާވެރިކަން ލިބޭނެ މީހުންގެ ތެރޭގައި ހިމެނެން ބޭނުންވާނަމަ މިކިޔައިދިން ކަންކަމަށް ސަމާލުކަންދޭށެވެ!

 

- އިސްލާމީ ތިލަަފތުގެ ދަރުސަކުން

 

މިއަދު އޮންލައިން