ހަމަ އެންމެ ކަމެއްގަ ޘާބިތުވުމުން ތިބާގެ ގާތުން ނުބައި ކަމަކަށް އެއްވެސް މީހަކަށް އެދެން ނުކެރޭނެ މީހަކަށް ވެވިދާނެ ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ހަމަ އެންމެ ކަމެއްގަ ޘާބިތުވުމުން ތިބާގެ ގާތުން ނުބައި ކަމަކަށް އެއްވެސް މީހަކަށް އެދެން ނުކެރޭނެ މީހަކަށް ވެވިދާނެ ކަންތައް!

ފުރަތަމަވެސް ބުނެލަން ބޭނުންވަނީ ޙައްޤު މަގުގައި ކުރިއަށްދާން މަސައްކަތްކުރާނަމަ އެމީހަކަށް ގޮންޖެހުންތައް ކުރިމަތިވާނެއެވެ. އެކަންކަމަށް ދީލާލައިފިނަމަ އެދެވުނީ ޝައިޠޯނާގެ މަގުންނެވެ. ދީލާނުލައި ޘާބިތުވެއްޖެނަމަ އެމީހަކާއިއެކުގައި ﷲ ތަޢާލާ ވޮޑިގެންވާނެއެވެ. އެމީހަކަށް ޘާބިތުކަން ދެއްވަވާނެތެވެ. ހެޔޮ ގޮތްތައްވެސް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

ތިބާގެ ކިބައިން ނާޖާއިޒްގޮތުގައި ކަންކަން ބޭނުންވާ މީހުންނާއި އެފަދަ ކަންކަން ތިބާލައްވައި ކުރުވަން ބޭނުންވާ މީހުން ވަރަށް ގިނަވާނެއެވެ. އެފަދަ މީހުން ތިބާ ކުރިއަރައިދިއުމަކަށް ނުއެދޭނެއެވެ. ބޭނުންވާނީ ތިބާއަކީ އަބަދުވެސް އެމީހުންގެ އެހީތެރިކަމުގައި އުޅެންޖެހިފައިވާ މީހެއްގެ ގޮތުގައި ބަހައްޓާށެވެ.

ތިބާގެ އަމިއްލަ މަސައްކަތުން ކުރިއަރައިދާނަމަ އެކަމަށް ނަފްރަތުކުރާ މީހުން ވަރަށް ގިނަވާނެއެވެ. ތިބާއަށް ފާޑުވެސް ކިޔާނެއެވެ. އަޅައިވެސްނުލާށެވެ! އަމިއްލައަށް ކުރިއަށްދާން ކުރާ މަސައްކަތް ވަރުގަދަކުރަމުން ގެންދާށެވެ.

އެކަމުގައި ދެމަގެއްވެއެވެ. އެއް މަގަކީ ﷲ ތަޢާލާގެ މަގުގައި ކުރިއަރައިދާން މަސައްކަތްކުރުމެވެ. ދެވަނަ މަގަކީ ޙަލާލް މަސައްކަތްކޮށްގެން ޙަލާލުގޮތުގައި އާމްދަނީ ހޯދައިގެން ކުރިއަށްދާން މަސައްކަތްކުރުމެވެ. މިއިން އެއްވެސް ކަމަކީ ޝައިޠޯނުންނަށް ޙަޖަމް ކުރެވޭނެ ކަންކަމެއް ނޫނެވެ.

ދުނިޔޭގައި އުޅެން މިލިބޭ މަދުވަގުތުކޮޅުގައި ވިސްނަންވީ އެހެން މީހުން ބުނާބަސްތަކަކަށްނޫނެވެ. އެހެން މީހުންގެ ފާޑުކިޔުމަކަށް ނޫނެވެ. ތިމާ ކުރިއަރައިދިއުމަށެވެ. ޚާއްޞަކޮށް ﷲ ތަޢާލާގެ މަގުގައެވެ. ވީމާ އެހެން މީހަކު ބުނެފާނެ ބަހަކަށް ކިޔައިފާނެ ފާޑުކިޔުމަކަށް ނުބަލައި ދުނިޔެއާއި އާޚިރަތް ހޯދަންކުރާ މަސައްކަތް އިތުރަށް ވަރުގަދަކުރަމުން ގެންދާށެވެ.

އަހަރެމެންގެ ލޮބުވެތި ޞަހާބީންވެސް ޢަމަލުކުރެއްވެވީވެސް މިފަދައިންނެވެ. އަހަރެމެންނަށްވެސް ކާމިޔާބުލިބުންވަނީ ހަމަ މިމަގުންނެވެ. އިން ޝާ ﷲ

އސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން