ޤަޟާ ރޯދައެއް ހިފުމުގެ ބޭނުމުގަ ހާރުކާން ހޭލަން ނިޔަތް ގަނެގެން އޮއްވާ ނުހޭލެވިއްޖެނަމަ އެދުވަހު ހިފާ ރޯދަ ޞައްޙަވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ޤަޟާ ރޯދައެއް ހިފުމުގެ ބޭނުމުގަ ހާރުކާން ހޭލަން ނިޔަތް ގަނެގެން އޮއްވާ ނުހޭލެވިއްޖެނަމަ އެދުވަހު ހިފާ ރޯދަ ޞައްޙަވާނެތަ؟

އަޅުގަނޑު ނިދީ ޤަޟާކުރަންޖެހިފައިވާ ރޯދައެއް މާދަމާ ހިފުމަށްޓަކައި ހާރުކާން ހޭލަން ނިޔަތް ގަނެގެންނެވެ. ނަމަވެސް އަޅުގަނޑަށް ހޭލެވުނީ ފަޖުރުލީ ފަހުންނެވެ. ވާޖިބު ރޯދައެއް ހިފާނަމަ އެރޭ ނިޔަތްގަންނަން ޖެހޭނެއިރު މިދެންނެވި ޙާލަތުގައި އެދުވަހު އަޅުގަނޑު ހިފާ ރޯދަ ޞައްޙަވާނެތޯއެވެ؟ 

"ހާރުކަނީ ރޯދަހިފަން ނޫންހެއްޔެވެ؟ ހާރުކާން ނިޔަތް ގަނެވިފައިވާނަމަ އެކަމުން އަންގައިދެނީ ރޯދަހިފަން ނިޔަތްގަނެވިފައިވާ ކަމެވެ. ވީމާ ހާރުކާން ހޭނުލެވުނު ކަމުގައިވީނަމަވެސް ކުރިން ނިޔަތްގަނެވިފައި އޮތުމުން އެދުވަހު ހިފާ ރޯދަ ޞައްޙަވާނެއެވެ." އިން ޝާ ﷲ 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ސުވާލާއި ޖަވާބުން އެނގެނީ މުހިންމީ މާދަމާ ރޯދައަށް ހުރުމަށް ނިޔަތްގަތުންކަމެވެ. އެހެންކަމުން ނިޔަތް ގަނެގެން ނިދައިފިނަމަ އަނެއް ދުވަހު ރޯދައަށް ހުރެވޭނެ ކަމެވެ. ރޭގަނޑު ނިޔަތް ނުގަނެ ހޭލެވުމުން ނިޔަތް ގަނެގެންވެސް ސުންނަތް ރޯދައަށް ހުރެވޭނެއެވެ. ރޭގަނޑު ނިޔަތްގަތުން އޮތީ ވާޖިބު ރޯދަ ހިފުމަށެވެ.  

ރޯދައެއް ޤަޟާކުރަން ޖެހިފައިވާނަމަ އޮތީ އެކަމަށް އަވަސްވެގަތުމެވެ. ހާރު ކެއުމާއި ހާރުކެއުން ލަސްކުރުމަކީ ސުންނަތެކެވެ. އެހެންކަމާއިއެކުވެސް ހާރުކާން ނުހޭލެވިއްޖެނަމަވެސް، އެމީހަކަށް ތަކްލީފަކަށް ނުވެ ރޯދަ ހިފޭނެނަމަ މޮޅު އިތުރުވެގެންވަނީ ވީހައި އަވަހަކަށް ރޯދަތައް ޤަޟާކޮށް ނިންމައިލުމެވެ.

 

މިއަދު އޮންލައިން