އެންމެ ބޮޑަށް ސަމާލުކަންދޭން ދީނުގަ އަންގަވާފައިވާ ކަމަށް އެންމެ ބޮޑަށް ސަމާލުކަންދޭނަމަ އެމީހަކު ދާނީ ކުރިއަރަމުން! އެމީހަކު ހުންނާނީ ﷲ ގެ ރަޙްމަތުގަ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
އެންމެ ބޮޑަށް ސަމާލުކަންދޭން ދީނުގަ އަންގަވާފައިވާ ކަމަށް އެންމެ ބޮޑަށް  ސަމާލުކަންދޭނަމަ އެމީހަކު ދާނީ ކުރިއަރަމުން! އެމީހަކު ހުންނާނީ ﷲ ގެ ރަޙްމަތުގަ! އިން ޝާ ﷲ

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ގިނަވާނީ ބުރަކޮށް މަސައްކަތްކުރާ މީހުންނެވެ. އެކަމަކުވެސް ބުނަން ޖެހެނީ މިސްކިތްތަކުގެ ޖަމާޢަތުން އެންމެ ގިނައިން ފެންނަނީވެސް އެންމެ ބުރަކޮށް މަސައްކަތްކުރާ މީހުންގެ ތެރެއިން ބައެއް މީހުންކަމެވެ. ވީމާ މިކަމުން އެނގިގެންދަނީ ހެޔޮ ޢަމަލުތައް ކުރަން ބޭނުންވާ މީހާއަށް ވަޤުތުހޯދޭނެ ކަމެވެ. ޚާއްޞަކޮށް ޖަމާޢަތުގައި ފަރުޟު ނަމާދުކުރަން ބޭނުންވާ މީހަކަށް އެކަންކުރެވޭނެ ކަމެވެ.

ޢަބަދުﷲ ބްން މަސްޢޫދު އެންމެ ބޮޑަށް ހިތާމަފުޅު ކުރައްވަވަނީ ކުރީ ދުވަހަށްވުރެ އެދުވަހު ކުރެއްވެވުނު ހެޔޮ ޢަމަލުތައް މަދުވެދާނެ ކަމަށްޓަކައެވެ. އަދި އެކަލޭގެފާނު އެންމެ ބޮޑަށް ހިތާމަފުޅު ކުރައްވަވާ ދުވަހަކީ ކުރީ ދުވަހަށްވުރެ މަދުން އަޅުކަން ކުރެއްވޭ ދުވަހެވެ.

ޞަހާބީންގެ މިފަދަ ބަސްފުޅުތަކުން ޢިބްރަތް ޙާޞިލުކޮށް އެފަދަ އިރުޝާދުތަކަށް އަމަލުކުރާ ބައަކަށް މެނުވީ ސަލާމަތްކްމެއް ނެތެވެ.

ކޮންމެ ދުވަހަކުވެސް ހިސާބު ބަލަންވީ ސޯޝލް މީޑިއާގަ އެދުވަހު ކުރެވުނު ޕޯސްޓްތަކުގެ އަދަދެއް ނޫންނެވެ. ސޯޝަލް މީޑިއާގައި ލިބުނު ލައިކާ އިތުރުވި "ފްރެންޑުން"ގެ އަދަދެއްވެސް ނުމެނޫންމެއެވެ.

ކޮންމެ ދުވަހަކުވެސް ހިސާބުބަލަންވީ އެދުވަހު ކުރެވުނު ހެޔޮ އަމަލުތަކުގެއެވެ. މަސައްކަތް ކުރަންވީ ކުރާ ޕޯސްޓްގެ އަދަދު އިތުރުކުރާކަށްވެސް ނޫނެވެ. އަދި ފްރެންޑުން އިތުރުކުރާކަށް ވެސް ނޫނެވެ. މަސައްކަތްކުރަންވީ ކުރާ ހެޔޮ އަމަލަތުގެ ޢަދަދު އިތުރުކުރުމަށެވެ.

ތިމާގެ ވަގުތުތައް ހޭދަކުރި ގޮތާމެދު ޖަވާބު ނުދީ ޤިޔާމަތް ދުވަހު ގުޑައިވެސް ނުލެވޭނެއެވެ. އެހެނީ ޤިޔާމަތް ދުވަހު އެމީހަކު ހުރި ފިޔަވަޅުމަތިން ގުޑައިލެވޭނީވެސް 4 ސުވާލަކަށް ޖަވާބު ދީފައެވެ. އެއީ "1 އެމީހާގެ ޢުމުރު ހޭދަކުރީ ކޮން ކަމެއްތޯ؟ 2 އެމީހަކު އުނގެނިފައިވާ ޢިލްމުން އޭނާ ކުރީ ކޮން ކަމެއްތޯ؟ 3 އެމީހެއްގެ މުދައު ހާދަކުރީ ކޮން ކަމެއްގައިތޯ؟އާއި އެތަކެތި ހޭދަކުރީ ކޮންކަމަށްތޯ؟ 4 އޭނާގެ ހަށިގަނޑު މުސްކުޅި ކުރުވީ ކޮން ކަމެއްގައިތޯ؟" އެވެ.

އެހެންކަމުން އުމުރުގެ ދުވަސްތައް ފާއިތުވެގެންދާއިރު ވަގުތު ހޭދަކުރި ގޮތަކާއިމެދު ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ.

މިއީ އިސްލާމް ދީނުގައި ކަން އޮތް ގޮތް ނަމަވެސް މިއަދުގެ ޙާލަތަށް ބަލައިފިނަމަ އެއްދުވަހުން އަނެއް ދުވަހަށް ވަގުތު ހޭދަކުރުން އިތުރުކުރަމުން މިގެންދަނީ ސޯޝަލް މީޑިއާގައި އާއި ކޮފީ މޭޒުތަކުގައާއި ރެސްޓޯރަންޓްތަކުން ކެއުމުގައެވެ. ހެއަމަލުކުރަން ވަގުތު އިތުރު ކުރާމީހުންގެ ނިޞްބަތް ހމަ ސަތޭކައަކުން އެންމެ އެކެއް ކަމުގައި ބުނުމަކީ ދޮގަކަށްނުވާނެއެވެ. އެހެންކަމަށްވާނަމަ ޤިޔާމަތް ދުވަހު ﷲ ތަޢާލާ ކުރައްވަވާނެ ސުވާލުތަކަށް ޖަވާބު ދެވޭނީ ކޮންގޮތަކަށްތޯއެވެ؟

--އިސްލާމީ ތިލަފަތގެ ދަރުސަކުން

މިއަދު އޮންލައިން