އިބިލީހަށް ތިބާގެ ދަރިންނާ ކައިރިނުވެވޭނެ ގޮތަށް ދަރިން ދަރިން ތަރުބިއްޔަތުކުރަން ބޭނުންވާ ނަމަ ނިކަން މިމަގުން ޢަމަލުކޮށްބަލަ! ފައިދާކުރާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
އިބިލީހަށް ތިބާގެ ދަރިންނާ ކައިރިނުވެވޭނެ ގޮތަށް ދަރިން ދަރިން ތަރުބިއްޔަތުކުރަން ބޭނުންވާ ނަމަ ނިކަން މިމަގުން ޢަމަލުކޮށްބަލަ! ފައިދާކުރާނެ! އިން ޝާ ﷲ

މައިންބަފައިން އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ ކޮންމެވެސް ބައަކު ދަރިފުޅަށް ނުބައި މަގުދެއްކުމުން އެމަގު ދަރިފުޅު އިޚްތިޔާރުކުރާތީއެވެ. އިބިލީހުގެ ވަސްވާސްތަކަށް ހެއްލިގެންދާތީއެވެ.

ތިރީގައިވާ ލިޔުން ވިސްނުންތެރިކަމާއިއެކު ވިދާޅުވެލައްވާށެވެ! ދަރިންނަށް ވަސްވާސް ނުދެވޭނެ ގޮތަށް ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިންގެ ވަކިން ޚާއްޞަކޮށް މައިންގެ ދައުރު ވިސްނިލައްވާނެއެވެ. އިން ޝާ ﷲ

ވިސްނަވައިލައްވާށެވެ! ހަމައެކަނި ސިއްރު ހިފެހެއްޓުމަކަށް ނޫނެވެ. ކޮންމެ ކަމެއްގައިވެސް ﷲ ގެ މަގުގައި ދަރިންނަށް ޘާބިތުކަން ލިބުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މައިންބަފައިންނެވެ. ޚާއްޞަކޮށް އެކުދިންނާއިއެކު ގިނަ ވަޤުތުތައް ހޭދަކުރާ މައިންނެވެ.

ޝައިޚުގެ ބަސްފުޅު:

ތުއްޕުޅު އަނަސްގެފާނުގެ ގެއަށްވަޑައިގަތުން ލަސްވި ސަބަބާއިމެދު މަންމާފުޅު އުންމު ސުލައިމް ސުވާލުކުރެއްވުމުން ވިދާޅުވީ ރަސޫލާ (ﷺ) ގެ ޙާޖަތެއް ފުއްދަވައިދެއްވުމަށް ވަޑައިގންނަވަން ޖެހިވަޑައިގަތުމުން ލަސްވީކަމުގައެވެ.

އެއީ ކޮން ޙާޖަތެއްތޯ އުންމު ސުލައިމް ސުވާލުކުރެއްވުމުން ދަރިކަލުން އަނަސްގެފާނު ވިދާޅުވީ އެއީ ސިއްރެއްކަމުގައެވެ.

އެހިނދު މަންމާފުޅު އުންމު ސުލައިމް ދަރިކަލުންނަށް ދެއްވި ތަރުބިއްޔަތުގެ އަގުހުރި ނަސޭހަތާއިމެދު ވިސްނަވާށެވެ. "ރަސޫލާ ﷺ ގެ ސިއްރެއްގެ ވާހަކަ އެއްވެސް މީހަކާ ހިއްސާނުކުރާށެވެ"

)ޞަޙީޙް މުސްލިމް 2482)

ދައުލަތުގެ ސިއްރުތަކާއި، އޮފީސް ސިއްރުތަކާއި، ޢާއިލީ ސިއްރުތަކާއި، ރަޙްމަތްތެރިންގެ ސިއްރުތަކަކީ އަމާނާތެކެވެ!

--ޝައިޚް އަޙްމަދު ރިމާޒް

ޙާޞިލުކުރަންޖެހޭ ޢިބްރަތަކީ ދަރިންނަށް އެންމެ ކުޑައިރުންސުރެ އިސްލާމް ދީން އުނގަންނައިދީ ދީނުގައި ޘާބިތުވުމަށް ހިތްވަރުދީ މަގުދައްކައިދޭންޖެހޭނެ ކަމެވެ. ދީނާއި ޚިލާފްވާ އެއްވެސް ކަމެއްގައި އެއްވެސް މީހެއްގެ ބަސް ޤަބޫލުނުކުރަން ދަރިންނަށް ހިތްވަރުދީ އެގޮތުގައި ދަރިން ތަރުބިއްޔަތުކުރަންޖެހޭ ކަމެވެ. އެއިރުން ޝައިޠޯނުންތަކަށްވެސް އަދި ނުބައި އެކުވެރިންނަށްވެސް ކުއްޖާ މަގުފުރައްދައެއް ނުލެވޭނެއެވެ. އެކުއްޖާއަށް ޘާބިތުކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

 

މިއަދު އޮންލައިން