އަޅުގަނޑުގެ ދައްތަގެ ކައިވެނި ރޫޅުނީ ޢުމުރުން 40 އަހަރުވެސް ނުވަނީހެވެ. ނަޞޭޙަތްދީދީވެސް އިތުރު ކައިވެންޏެއް ނުކުރިއެވެ. ދެން ފާހަގަކުރެވުނު ކަމަކީ ވޭނެއްގައި އުޅޭކަމެވެ. ސުވާލުކޮށްކޮށްވެސް ކިޔައެއް ނުދިނެވެ. ރައްޓެހިން މެދުވެރިކޮށްގެންވެސް އޮޅުންފިލާނެ ގޮތެއް ނުވިއެވެ.
އަލުގަނޑާއި ފިރިމީހާ ބެންކޮކަށް ދިއަ ދަތުރެއްގައި ބާޒާރުކޮށްލަން ހިނގާށޭ ބުނެ ހައްދާލައިގެން ގެންދިއައިމެވެ. 3 މީހުންގެވެސް މެޑިކަލް ޗެކަޕެއް ހަދަން އުޅުމުން ދައްތަ ފުރަތަމަ ކުރީ އިންކާރެވެ. ނަމަވެސް ފިރިމީހާ ތަކުރާރުކޮށް ބުނުމުން އެއްބަސްވިއެވެ.
ދައްތަގެ ޙާލަތު އެނގުނީ އެހިސާބުންނެވެ. މެޑިކަލް ޗެކަޕް ހެދީމައެވެ. ފިރިމީހާ އެކަމަށް ލޯބިކުރާތީ ދެމަފިރިން އެއްދާންކުރާއިރު މަސްނޫޢީ ތަކެތި ބޭނުންކުރަމުންގޮސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ވަރަށް ބޮޑަށް އިންފެކްޓްވެސްވެފައެވެ. ކެންސަރަށް ބަދަލުނުވެ ހުރީ ނަޞީބަކުންނެވެ.
ހަފްތާއެއްވަންދެން އެޑްމިޓްކޮށް ބާއްވައިގެން ފަރުވާކުރަން ޖެހުނެވެ. 4 މަސްވަންދެން ބޭސްކުރަން ޖެހުނެވެ. ޚަރަދަށް ދިއަވަރު ބުނާކަށް ނެތީމެވެ. އަޅުގަނޑުގެ ދައްތަވީމާ ހިތްބުރަކަމެއް ނެތި ފިރިމީހާ އެކަން ކޮށްދިނެވެ.
އަޅުގަނޑު މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް މިގެނައީ މިފަދަ ނުބައި ކަންކަން ބިރެއް ނެތި ކުރަމުން އަންނަ މީހުން ތިބުމުން އެކަމުގެ ހުރި ނުބައިކަން ބޮޑުކަމާ ހަށިގަނޑަށް ލިބޭ ގެއްލުން ބުނެލާށެވެ. މިއީ ނޫސްތަކުންވެސް މީހުން ހޭލުންތެރިކުރުވަން މަސައްކަތްކުރަންޖެހިފައިވާ ކަމެއް ކަމަށް ދެކެމެވެ.
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއަ މައްސަލައިގައި މިއަދުނޫހުން މިއަންނަނީ މަސައްކަތްކުރަމުންނެވެ. ތިރީގައިވާ ލިޔުމަކީވެސް އެގޮތުން ލިޔެވިފައިވާ ލިޔުމެކެވެ.
އިމާމް މުފްތީ މެންކް ވިދާޅުވާފަދައިން ބައެއް ވާހަކަތަކަކީ ދައްކަން ލަދުވެތި ނަމަވެސް ނުދައްކައި މިއަދު ވާން ނެތް ވާހަކަތަކެވެ. މިއަދުގެ ޙާލަތަށް ބަލައިފިނަމަ ބަރަހަނާ ފިލްމުތައް ބަލައި އެއިން ފެންނަ ކަންކަން ކުރަން ބޭނުންވެގެން އޮންލައިން ފިހާރަތަކުން "ސެކްސްޓޯއީޒް" ގަނެގެން ކުރެވޭ ކަންކަމުގެ ސަބަބުން އަނބިންގެ ގުނަވަނަށް ދަނީ ބޮޑެތި ގެއްލުންތައް ލިބި ނުރައްކާތެރި ބަލިތައް ޖެހެމުންނެވެ. ނަތީޖާއެއްގެ ގޮތުން ގުނަވަނުން ބައެއް ނަގަން ޖެހުންވެސް ދަނީ ޢާންމުވަމުންނެވެ.
ބައެއް މީހުންނަށް ހީވަނީ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބެވިފައި ޢުމުރުން ޒުވާންވީމާ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށެވެ. ނަމަވެސް އެއީ ކުށްހީއެއްކަމާއި ނުރައްކައުތެރި ޙާލަތުތައް މެދުވެރިވަމުން އަންނަކަން ދަނީ އެނގި ޘާބިތުވަމުންނެވެ.
މިކަމުގައި ދިމާވާ އެންމެ ހިތާމަވެރި ޙާލަތަކީ އަނބިމީހާއަށް އެފަދަ ގެއްލުމެއް ލިބުމުން އެކުގައި އިތުރަށް އުޅެން ބޭނުން ނުވެގެން ވަރިކޮށް ނިކަމެތިކޮށްލެވޭ ކަމެވެ. ވީމާ މިއީ އަނބިން އެމީހުންގެ އަމިއްލަ ނަފްސަށްޓަކައި ވެސް ވިސްނައި ހޭލުންތެރިވާންޖެހިފައިވާ ކަމެކެވެ.
ޖިމާއުވާއިރު ފިރިމީހާގެ އެދުންއަވަހަށް ފުދޭތީ މިކަމަށްތައްޔާރުކޮއްފައިހުންންތަކެތި (ރަބަރު ޒަކަރުގޮތަށް ހަދާފައިހުންނަ) ފިރިމީހާގެއަތުން ބޭނުންކުރުން ހުއްދަވާނެތޯ؟
އަނބިމީހާގެ އެދުން ފުއްދައިދިނުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބު ކަމެކެވެ. ނަމަވެސް ރަބަރު ޒަކަރު ގެ ބޭނުން ހިފުން ހުއްދަ އެއް ނުވާނެއެވެ. ތިމާގެ ހިތުގައި ޣީރަތްތެރި ކަމެއް ހުރި، އަނބިމީހާ ދެކެ ލޯބިވާ ފިރިޔަކު އޭނާގެ އަންހެނުންގެ ފަރްޖުގެ ތެރެއަށް ރަބަރާ އެލްމިނިޔަމް އަދި އެނޫންވެސް މަޞްނޫޢީ ތަކެތި ކޮއްޕައެއް ނުހަދާނެއެވެ. والله أعلم.
- ޖަވާބު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް