މި 7 ސިފަ ހުންނަ މީހަކާ ކައިވެނިކުރެވިއްޖެނަމަ އެއީ ލެއްވެވި ވަރަށް ބޮޑު ނަޞީބެއްކަން ޤަބޫލުކޮށް ކައިވެނި ދަމަހައްޓަން ކުރެވެންހުރި ހުރިހާ ކަމެއް ކުރަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
މި 7 ސިފަ ހުންނަ މީހަކާ ކައިވެނިކުރެވިއްޖެނަމަ އެއީ ލެއްވެވި ވަރަށް ބޮޑު ނަޞީބެއްކަން ޤަބޫލުކޮށް ކައިވެނި ދަމަހައްޓަން ކުރެވެންހުރި ހުރިހާ ކަމެއް ކުރަންވާނެ!

އިންސާނެއްގެ މުޅި ދިރިއުޅުމަށް ބެލިނަމަވެސް އެންމެ މުހިންމު އެއްކަމަކީ ޒަވާޖީ ޙަޔާތް ކަމަށް ބައެއް  ޢިލްމުވެރިން ބަޔާންކުރައްވައެވެ. އެގޮތަށް އެބަޔާން ކުރައްވަނީ އިންސާނުންގެ ދިރިއުޅުމުގެ ކާމިޔާބީ އާއި ނާކާމިޔާބީ ޒަވާޖީ ޙަޔާތާއި ވަރަށް ބޮޑަށް ގުޅިފައިވާތީއެވެ.  

އެހެންކަމާއިއެކުގައިވެސް ކައިވެނިކުރުމުގެ ކުރިން ބަލަންޖެހޭ އެންމެ މުހިންމު ކަންކަމަށް ބަލަނީ ވަރަށް މަދު ބައެކެވެ. ގިނަ ފަހަރަށް ބެލެނީ ބޭރުފުށުގެ ރީތި ކަމަށާއި ތަނަވަސްކަމަށެވެ. އެގޮތަށް ބެލީމާ ގިނަ ފަހަރު އޮންނަނީ ފޭލްވެފައެވެ.  

ޙަޔާތަށް ބައިވެރިއަކު ހޮވުމުގަ ސަމާލުކަންދޭންވީ ކަންކަމުގެ ތެރޭގައި:  

1 އޭނާއަކީ އެހެން މީހުންނަށް އެހީތެރިވާ މީހަކުކަން

(ޚާއްޞަކޮށް އޭނާގެ މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް ހެޔޮކޮށް ކަންކަންކުރާ މީހަކު ކަމުގައިވުން)

2 ފާފަތަކަށް ތައުބާވާ މީހަކުކަން

3 ފާފަކުރަން ބިރުވެތިވުން، ނުބައި ފިކުރުތައްނުކުރުން ރިވެތި އަޚްލާޤެއް ހުރުން

4 ކެތްތެރިއަކު ކަމުގައިވުން

5 ﷲ އަށް ވަކީލްކުރާ މީހަކުކަމުގައިވުން

6 އިންޞާފަށް ލޯބިކުރާ ޢަދުލުވެރިއަކު ކަމުގައިވުން

7 ހަވާ ނަފްސް އެދޭ ކަންކަން ނުކޮށްހުންނަން ޖިހާދުކުރާ މީހަކު ކަމުގައިވުން-  

މި 7 ސިފަ ހުންނަ މީހަކާއި ކައިވެނިކުރެވިއްޖެނަމަ އެއީ ލެއްވެވި ވަރަށް ބޮޑު ނަޞީބެއް ކަމުގައި ދެކޭށެވެ. މި 7 ސިފަ ހުންނާނީ ވަރަށް މަދުމީހެއްގެ ގައިގައެވެ. އެހެންކަމުން މި 7 ސިފައިގެ ތެރެއިން ގިނަ ސިފަތައް ހުރެފައި ދެން ހުރި ސިފަތައް ލިބިގަންނަން މަސައްކަތްކުރާނެ ކަމަށް އެއްބަސްވާނަމަ އެއީވެސް ރަނގަލު މިންވަރެކެވެ. މީގެ ތެރެއިން ގިނަ ސިފަތައް އެމީހެއްގެ ކިބައިގައި ހުރިނަމަ ދެން ހުރި ސިފަތައް ލިބިގަތުމަކީ އުނދަގޫކަމަކަށް ނުވާނެއެވެ. އިން ޝާ ﷲ

 

- އަލަފް  

 

މިއަދު އޮންލައިން