ﷲ ތަޢާލާ މޫސާގެފާނަށް ބާވައިލެއްވެވި 6 މުއުޖިޒާތް-

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 50ސ
ﷲ ތަޢާލާ މޫސާގެފާނަށް ބާވައިލެއްވެވި 6 މުއުޖިޒާތް-

އަހުރެމެންގެ އީމާންކަން ވަރުގަދަވެ ހިތުގައި ﷲ ތަޢާލާއަށްޓަކައި އޮންނަ ލޯބިވުން އިތުރުވެގެންދާނެ އެއްކަމަކީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަން އެނގޭ މިންވަރެވެ. އެހެންކަމުން ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއި އެހެން ސިފަފުޅުތައް ދަސްކުރަންވެސް މަސައްކަތްކުރަންވާނެއެވެ. 

މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާވަނީ އެތައް މުޢުޖިޒާތެއް މޫސާގެފާނަށް ބާވާލައްވާފައިއެވެ. އެއީ ބަނީ އިސްރާއީލުގެ މީހުން އެއިން އިބުރަތް ލިބިގަނެ، އެކަލޭގެފާނުގެ ބަސްފުޅަކީ ޙައްޤު ތެދުކަން މީސްތަކުންނަށް ކަށަވަރުކޮށްދިނުމަށްޓަކައެވެ. އަދި ނުބައި ޢަމަލުތައް ދޫކޮށް، އެކަލާނގެ މަގަށް ރުޖޫޢަވުމަށްޓަކައިއެވެ. 

1. މޫސާގެފާނުގެ އަސާކޮޅު ހަރުފައަކަށް ބަދަލުވުން: 

މޫސާގެފާނު، ފިރުޢައުނަށް އިސްލާމްދީން ޤަބޫލުކުރެއްވުމަށް ދަޢުވަތުއެރުވުމުން، އެކަލޭގެފާނަކީ ރަސޫލެއްކަމުގެ ހެކި ދެއްކުމަށް ބުންޏެވެ. ދެން ފިރުޢައުނު އެސަހަރުގެ އެންމެ މަޝްހޫރު ޖާދޫގަރުން އެތަނަށް އެއްކުރިއެވެ. ދެން އެޖާދޫގަރުން ވާކޮޅުތަކެއް ބިންމައްޗައް އެއްލާލުމުން އެތަކެތި ތެޅިގަނެ، ހަރުފަތަކެއްހެންއުޅުނެވެ. އެއީ ޖާދޫއެއްކަން ކަށަވަރެވެ. ޖާދޫއަކީ ޝައިޠާނާގެ ކިބައިން އިންސާނުންނަށް ދަސްކުރާބާރެކެވެ. 

މާތްﷲ ވަޙީކުރެއްވިއެވެ. " އަދި ކަލޭގެފާނުގެ އަސާކޮޅު އެއްލަވާށެވެ! ފަހެ، އެއަސާކޮޅު ހަރުފައެއްހެން ހެލިފެލިވާތީ ފެނިވަޑައިގަތްހިނދު ބިރުފުޅުން ފުރަގަސްދެއްވައި ދުވެވަޑައިގަތެވެ. އަދި އެނބުރި ވަޑައެއްނުގަތެވެ. އޭ މޫސާގެފާނެވެ! ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޙަޟްރަތުގައި ރަސޫލުން ބިރުފުޅެއްނުގަންނާނެތެވެ. " (27:10) 

2. އެކަލޭގެފާނުގެ އަތްޕުޅު ހުދުކޮށް ދިއްލުން: 

" އަދި ކަލޭގެފާނުގެ ހެދުންކޮޅުގެ މަންސަފާއަށް އަތްޕުޅު ލައްވާށެވެ! އެއްވެސް ބަލިމަޑުކަމެއްގެ ނުބަޔަކާނުލައި ހުދުކޮށް ވިދަވިދާ އޮންނަގޮތުގައި އެއަތްޕުޅު ނުކުންނާނެތެވެ. ފިރުޢައުނާއި އޭނާގެ ޤައުމުގެ މީހުންނަށް ފޮނުއްވި ނުވަ މުޢުޖިޒާތުގެ ތެރެއިންނެވެ. ހަމަކަށަވަރުން، ފާސިޤު ބަޔަކުކަމުގައި އެއުރެންވޫއެވެ. " (27:12)  

3. ކަނޑު ދެފަޅިކޮށްލެއްވުން: 

ފިރުޢައުނުގެ ކިބައިން ސަލާމަތްވުމަށް މޫސާގެފާނާއި އެކަލޭގެފާނުގެ ބަސްފުޅު ޤަބޫލުކުރެއްވި ބޭކަލުން މަސައްކަތްކުރެއްވިއެވެ. އެބޭކަލުން އަތުލައިގަތުމަށް ފިރުޢައުނާއި އޭނާގެ ލަޝްކަރުގެމީހުން އެބޭކަލުން ފަހަތުން ދުވިއެވެ. 

"ފަހެ، އެއުރެން އެއްބަޔަކު އަނެއްބަޔަކަށް ފެނުނު ހިނދު މޫސާގެފާނުގެ އަޞްޙާބުން ދެންނެވޫއެވެ. ހަމަކަށަވަރުން، އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ ތިމަންއާއިއެކު ވޮޑިގެންވެއެވެ. އެކަލާނގެ މަގުދައްކަވާނެތެވެ. ފަހެ، ތިމަންރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖައްސަވާށެވެ! ދެން މޫސާގެފާނު ޖެއްސެވުމުން، 12 ބަޔަކަށް އެކަނޑު އިރައިގެން ހިނގައްޖެއެވެ. އެއިން ކޮންމެ ބައެއް، ބޮޑު ފަރުބަދައެއް ފަދައިންވިއެވެ. ތިމަންރަސްކަލާނގެ ފިރުޢައުނާއި އޭނާގެ ޤައުމުގެ މީހުން އެތަނަށް ކައިރިކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ މޫސާގެފާނާއި އެކަލޭގެފާނުގެ އަރިހުގައިވާ މީހުން ސަލާމަތްކުރެއްވީމެވެ. ދެން ތިމަންރަސްކަލާނގެ އެހެންމީހުން ޢަރަޤުކުރެއްވީމެވެ. "

(26:61-66)   

4. މަންނު އާއި ސަލްވާ ބާވައިލެއްވުން: 

" އޭ އިސްރާއީލުގެ ދަރިންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ޢަދުއްވުންގެ ކިބައިން ތިޔަބައިމީހުން ސަލާމަތްކޮށްދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީޙުންނަށް ޠޫރު ފަރުބަދައިގެ ކަނާތްފަރާތަށް ވަޑައިގަތުމަށް މީޢާދެއް ކަނޑައެޅުއްވީމެވެ. އަދި ތިޔަބައިމީހުންގެ މައްޗައް މަންނު އާއި ސަލްވާ ބާވައިލެއްވީމެވެ." (20:80) 

މަންނު އަކީ ބައެއް މުފައްސިރުން ވިދާޅުވާގޮތުގައި ފިނިފައިބާގޮތަށް ފައިބާއެއްޗެކެވެ. އެއީ މާމުއިކަހަލަ ފޮނިއެއްޗެކެވެ. އަނެއްބައި މުފައްސިރުން ވިދާޅުވާގޮތުގައި އެއީ ގަނޑުފެނާ އެއްފަދަ މާމުޔަށްވުރެ ފޮނި، ކިރަށްވުރެ ހުދު އެއްޗެކެވެ. ސަލްވާއަކީ ބާވަތެއްގެ ދޫންޏެކެވެ.    

5. 12 ފެންއާރު: 

"މޫސާގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށްޓަކައި ފެނަށް އެދިވަޑައިގެން ދުޢާކުރެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، ތިމަންރަސްކަލާނގެ ވަޙީކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން، ކަލޭގެފާނު އެ ހިލައިގައި ޖައްސަވާށެވެ! ދެން އެހިލައިން 12 ފެންއާރު އަރައިގެންފިއެވެ. ހަމަކަށަވަރުން، ކޮންމެ ބަޔަކު، އެބަޔަކު ފެންބޯންވީ ޖާގަ ދެނެގެންފިއެވެ. އަދި ތިމަންރަސްކަލާނގެ އެންގެވީމެވެ. ތިޔަބައިމީހުން ﷲ ދެއްވި ރިޒްޤުން ކައިބޮއިއުޅޭށެވެ! އަދި، ފާސިދުންކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި ފަސާދަނުކުރާށެވެ! " (2:60) 

6. "މާޑާ މިސްޓްރީ": 

ފިރިހެނަކު އޭނާގެ ލޯބިވެރިޔާގެ ބޮޑުބޭބެ މަރާލުމަށްފަހު، އެހަށިގަނޑު އޭނާގެ އަވަށްޓެރިޔާގެ ގޭދޮށުގައި ބޭއްވިއެވެ. އެހެންކަމުން، މީހުން ހީކުރީ އޭނާ މަރާލީ އެއަވަށްޓެރިޔާކަމަށެވެ. ނަމަވެސް މާތްﷲ ވަޙީކުރެއްވީ، ގެރިއެއް ކަތިލުމަށްފަހު، އޭގެ ބަޔަކުން މަރުވެފައިވާ މީހާގެ ހަށިގަނޑުގައި ޖެއްސެވެމަށެވެ. ދެން އެމަރުވެފައިވާ މީހާ ހިނދުކޮޅަކަށް ދިރުނެވެ. އަދި އޭނާ މަރާލީ ކާކުކަން ހާމަކުރިއެވެ. 

 

https://lifeinsaudiarabia.net/miracles-of-prophet-musa

 

މިއަދު އޮންލައިން