ތިބާގެ ހިތަށް ދުޅަހެޔޮކަން ހޯދައިދޭން ކުރެވިދާނެ ހަތަރު ކަމެއް-

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
ތިބާގެ ހިތަށް ދުޅަހެޔޮކަން ހޯދައިދޭން ކުރެވިދާނެ ހަތަރު ކަމެއް-

ކޮންމެ މީހެއްގެ ވެސް ހިތަކީ އެންމެ ނާޒުކު ގުނަވަނެވެ. އަދި ކީއްހެއްޔެވެ؟ ހިތަކީ އިންސާނާ ދިރިހުރުމުގެ ބާރެވެ. އެހެނީ ކިތަންމެ ކުޑަ ހިދުކޮޅަކަށް ނަމަވެސް ހިތުގެ ހިނގުން ހުއްޓިއްޖެނަމަ އެމީހެއްގެ ފުރާނަ އެވަނީ ނުރައްކަލުގައެވެ. ހިތް އަލުން ހިނގަން ނުފަށައިފިނަމަ އެމީހަކު މަރުވީއެވެ. މިއީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުން ހިތާއިމެދު މިންވަރުކުރައްވަވާފައިވާ ގޮތެވެ.

ތިބާގެ ދިރިއުޅުން ހަރުދަނާކުރަން ދުޅަހެޔޮ ޞިއްހަތަކަށް ބޭނުންވެއެވެ. ޞިއްޙަތު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށްޓަކައި ތިބާގެ ހިތް ރަނގަޅު ސިއްހަތެއްގައި ބެހެއްޓުމަކީ ކޮންމެހެންވެސް ކުރަންޖެހެނެކަމެކެވެ.

އެހެންކަމުން މިބަޔާންކުރަނީ ހިތް ދުޅަހެޔޮކަންމަތީގައި ބޭއްވުމަށް ނުވަތަ ހިތަށް ހިތަށް ދުޅަހެޔޮކަން ލިބޭނެ ބައެއް ކަންކަމެވެ.

• ސިއްހަތަސް ރަނގަޅު ކާނާ ކެއުން

މާގިނައިން ސަރުބި ހުންނަ ކާނާތަށް ބެނުންކުރާނަމަ ލޭނާރުތައް ބެދި ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވާނެއެވެ. ގިނަގިނައިން ކަނަމަދާއި މޭވާ އަދި ތަރުކާރީ ފަދަ ތަކެތި ކެއުމުގައި ބޭނުންކޮށް ތެޔޮ ހުންނަ ތަކެތި ބޭނުންކުރުން މަދުކުރާށެވެ.

• ގިނަވަގުތު އޮށޯވެ އޮތުމާއި އިށީނދެ އިނުމުން ދުރުހެލިވުން

ވީހާވެސް ގިނައިން މަސައްކަތްތެރިވެ އުޅެން އާދަކުރާށެވެ. އަދި ކޮންމެދުވަހަކުވެސް ކޮންމެވެސް ވަރަކަށް ކަސްރަތުކުރާށެވެ. އަދި އެލެވޭޓަރުގެ ބަދަލުގައި ސިޑި އިޚްތިޔާރުކުރުންފަދަ ކުދިކުދި ކަންތައްތައްކުރުން އާދަކުރާށެވެ.

• ސްޓްރެސްވާ ކަންތައްތަކުން ދުރުހެލިވުން

މާބޮޑަށް ސްޓްރެސްވެ ކަންތައްތަކާއި ވިސްނާ ހާސްވާނަމަ ތިބާގެ ހިތަށް އޭގެ އަސަރުކުރާނެއެވެ. އެހެންކަމުން ތިބާއަށް މާބޮޑަށް ސްޓްރެސްވުމަށް މެދުވެރިވާ ކަންތައްތަކުން ދުރުހެލިވެ އަމިށްލަނަފްސު ހިތްހަމަޖެހުންމަތީ ބެހެއްޓުމަށް މަސައްކަތްކުރާށެވެ. މާބޮޑަށް ސްޓްރެސްވެ ކަންތައްތަކާއި ހާސްވާނަމަ ސްޓްރޯކް ޖެހުމަށް މަގުފަހިވާނެއެވެ.

• ހިތުގެ މައްސަލަތައްހުރިތޯ ބެލުމަށް ޑޮކްޓަރަށްދެއްކުން

އުމުރުން 50 އަހަރުންމަތީގެ މީހުންނަށް ހިތުގެ ބަލިޖެހުމަށް މެދުރވެރިވެއެވެ. އަދި ހިތުގެ ބަލިތަކަކީ އާއިލާގެ ފަރާތުން ވާރުތަވާނެ ބަލިތަކަކަށް ވާތީ، އެކަމަށް ސަމާލުކަންދީ ގިނަގިނައިން ޑޮކްޓަރަށް ދައްކާ އެއްވެސް ކަހަލަ ޢަލާމާތްތަކެއްހުރިތޯ ބަލާށެވެ. ހުން އަންނާނެކަމަށް ރަޖާލާށެވެ.

 

މިއަދު އޮންލައިން