ﷲ ތަޢާލާއީ ނަޞްރު ލިބިވޮޑިގެންވާ ރަސްކަލާނގެ! ނަޞްރު ހޯދަންޖެހިގެން މިއުޅެނީ އަހަރެމެންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ﷲ ތަޢާލާއީ ނަޞްރު ލިބިވޮޑިގެންވާ ރަސްކަލާނގެ! ނަޞްރު ހޯދަންޖެހިގެން މިއުޅެނީ އަހަރެމެންނަށް!

ﷲ ތަޢާލާއަށް ނުވަތަ އިސްލާމް ދީނަށް ނަޞްރުދޭ ވާހަކަބުނުމުން ބައެއް މީހުން ކަންބޮޑުވެއެވެ. އެއީ ﷲ ތަޢާލާއަށް ނަޞްރުދިނުމަކީ ކޮބައިކަން އެމީހުންނަށް އޮޅިފައިވާތީއެވެ.

ﷲ ތަޢާލާއަށް ނަޞްރު ދިނުމަކީ ކޮބައިކަން ގިނަބައަކަށް އޮންނަނީ އޮޅިފައިކަމަށް މިބުނަނީ އެކަމުގެ މާނަ ގިނަބައަކަށް ނުއެނގޭތީއެވެ. އެއް މާނައަކީ ﷲ ތަޢާލާ އެއްވެސް މީހެއްގެ ކިބައިން އެއްވެސް ނަޞްރަކަށް އަދި ކިތަންމެ ކުޑަކުޑަ ކަމަކަށްވެސް ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ. ﷲ ތަޢާލާއީ ނަޞްރު ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. ނަޞްރު ހޯދަންޖެހިގެން މިއުޅެނީ އަހަރެމެންނަށެވެ.

އެހެންކަމުން ﷲ ތައާލާއަށް ނަޞްރު ދިނުމަކީ އިސްލާމްދީންމަތީގައި ސާބިތުވުމެވެ. އެކަންކުރެވޭނީ ނަމާދު ޤާއިމުކުރާ މީހަކުކަމުގައިވެގެންނެވެ. ޚާއްޞަކޮށް ފަތިސްނަމާދުކުރާ މީހަކުކަމުގައިވެގެންނެވެ. އެހެނީ ފަތިސްނަމާދަކީ ދުވަހުގެ ފެށުމެވެ. ފަތިސްނަމާދު ނުކުރެވިއްޖެނަމަ ދުވަހުގެ ފެށުން އެއޮތީ ގޯސްވެފައެވެ.

އެންމެ އިސްކަމެއްގެ ގޮތުން ނަމާދު ޤާއިމުކޮށް ﷲ ތަޢާލާގެ ދީންމަތީގައި ސާބިތުވާ ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ނަޞްރު ދެއްވަވާނެތެވެ. ޤުރްއާނުން ޔަޤީންކަން ލިބިގެން ދަނީ ﷲ ތައާލާއަށް ނަޞްރުދޭ މީހަކަށް އެކަލާނގެ ނަޞްރު ދެއްވަވާނެކަމެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވަވާނެކަމެވެ.

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން