މީސްތަކުންގެ އެސްފީނާއާ ހަސަދަވެރިކަމުން އަދި ޢަދާވާތްތެރިން ހަދާ ސިހުރުން ދަރިން ސަލާމަތްކޮށްދެއްވެވުން އެދި ކުރަން ރަނގަޅު ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
މީސްތަކުންގެ އެސްފީނާއާ ހަސަދަވެރިކަމުން އަދި ޢަދާވާތްތެރިން ހަދާ ސިހުރުން ދަރިން ސަލާމަތްކޮށްދެއްވެވުން އެދި ކުރަން ރަނގަޅު ދުޢާއެއް!

ދަރިފުޅު ދުނިޔެއަށް އުފަންވީންސުރެ އެންމެ ބޮޑަށް މަސައްކަތްކުރަންވީ ޝައިޠޯނާގެ ކިބައިންނާއި މީސްތަކުންގެ ހަސަދަ އާއި އެސްފީނާއިން އަދި ޢަދާވާތްތެރިން ހަދާ ސިހުރުން ދަރިފުޅު ސަލާމަތްކުރުމަށެވެ.

އެކަމަށް މަސައްކަތްކުރަން މައިގަނޑު 3 ކަމެއް ކުރަން ޖެހެއެވެ. ފުރަތަމަ ކަމަކީ ﷲ ތަޢަލާގެ ޙަޟްރަތުން ވާގިއެދިގެން ހުރެ ކިޔަންޖެހޭ ޛިކުރުތައް ކިޔަމުން ގެންދިއުމެވެ. ދެވަނަކަމަކީ ދުޢާކުރުމެވެ. 3 ވަނަ ކަމަކީ އެސްފީނާއަށް ކުއްޖާ ހުށަހޮޅިޑާނެ އެއްވެސް ކަމެއް ނުކުރުމެވެ.

ދުޢާކުރަންވީ ހަމައެކަނި ކަމެއް ކުރިމަތިވުމަކުންނޫނެވެ. އަބަދުވެސް ދުޢާކުރަންވާނެއެވެ!

ޔާ ﷲ! އިނބަ ﷲ އީ އަލްކަބީރް، އެންމެ މަތިވެރިވަންތަކަން ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. އިނބަރަސްކަލާނގެއީ "އަލްވަކީލް" އެވެ. މިއަޅާ އާއި މިއަޅާގެ ދަރިންގެ ހުރިހާ ކަންކަން ވަކީލްކުރަނީ ހަމައެކަނި އިނބަރަސްކަލާނގެ ޙަޟްރަތަށެވެ. މިއަޅާގެ ދަރިންނަށް ހަސަދަވެރިވާ މީހުންގެ ހަސަދަ އާއި އެސްފީނާއިން އަދި އަދާވާތްތެރިން ހަދާ ސިހުރުން މިއަޅާގެ ދަރިން ސަލާމަތްކުރައްވަވައިދެއްވަވާނދޭވެ!

އަދި މިއަޅާގެ ދަރިންގެ ހިތްތައް ޝައިޠޯނާގެ ކިބައިން ޠޯހިރުކުރައްވަވައި ދެއްވަވައި އިނބަ ﷲ ގެ ދީންމަތީގައި މިއަޅާގެ ދަރިން ސާބިތުކުރައްވަވައިދެއްވަވާނދޭވެ!" އާމީން

ތިމާ ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔައި ޚާއްޞަކޮށް ސިހުރުން ސަލާމަތްވުމަށް ކިޔަން އޮތް 11 ޢާޔަތްކިޔަވަންވާނެއެވެ. އެއީ އަލްފަލަޤް ސޫރަތާއި އަލްއިޚްލާޞް ސޫރަތެވެ. އެއިގެ އިތުރުން އާޔަތުލްކުރުސި އާއި އިޚްލާޞް ސޫރަތް ކިޔަމުން ގެންދާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން