އެންމެންގެ ކިބައިގައި ހުންނާނީ އެއް ސިފަތަކެއް ނޫނެވެ. އެއީއަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ކޮންމެ މީހެއްގެ ކިބައިގައިވެސް ހުރުން ކޮންމެހެން ލާޒިމް ސިފަތަކެއްވެސް އެބަހުއްޓެވެ. އެއީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށްޓަކައި އެމީހެއްގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތެކެވެ. އެސިފަތައް ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. އަދި ތިމާއާއިއެކު އެސިފަތައް ދެމެހެއްޓުމަށްވެސް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.
ﷲ ތަޢާލާ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށްއަށް ޤުރްއާނުގެ ފުރަތަމަ އާޔަތްތައް ބާވައިލެއްވެވުމުން އިތުރު ޞާޙިބާ އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގެންނެވި ވަޤުތު ހަނދުމަކުރާށެވެ.
ﷲ ތަޢާލާ، ރަސޫލް ﷺ ނިކަމެތި ނުކުރައްވަވާނެކަމާއި ދޫކޮށް ނުލައްވަވާނެ ކަމާއި ބަޔާންކުރައްވަވައި ޚަދީޖަތުގެފާނު ވިދާޅުވި ބަސްފުޅު އެއޮތީ ޞަޙީޙް ޙަދީޘްފުޅުން ފެންނާށެވެ. އަދި އެކަމުގެ ސަބަބުތައްވެސް އެއޮތީ އެނގޭށެވެ! މާނައަށް ރަނގަޅަށް ވިސްނާށެވެ. އެނގިގެންދާނީ މިކަންކަމެވެ.
1 ތިބާއަކީ ޢާއިލާ އާއި އެންމެ ރަނގަޅު ގޮތުގައި ގުޅުން ބާއްވަވާ ޢާއިލާއަށް ހެޔޮ ބޭކަލަކީމެވެ.
2 ތިބާއަކީ ކޮންމެ ކަމެއްގައިވެސް ތެދުވެރި،
3 ތިބާއަކީ ފަޤީރު ޙާލުގައިވާ މީހުންނަށާއި ޔަތީމުންނަށް އެހީތެރިކަން ފޯރުކޮށްދެއްވަވަވައި ކާންދެއްވަވައި، މެހްމާނުންނަށް ކަމޭ ހިއްތަވާ ދީލަތި ބޭކަލަކީމުއެވެ.
4 ތިބާއަކީ މުޖުތަޢުގައި ޙާލުގައި ޖެހޭމީހުންނަށް އެހީތެރިވެޑައިގަތުމުގައި އެންމެ ކުރީގައި ހުންނަވާ ބޭކަލަކީމުއެވެ.
ތަފްސީރަށް ރަނގަޅަށް ބަލައިފިނަމަ މިކަންކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ.
“----Then he told her the story. Khadija said, "Nay! But receive the good tidings! By Allah, Allah will never disgrace you, for by Allah, you keep good relations with your Kith and kin, speak the truth, help the poor and the destitute, entertain your guests generously and assist those who are stricken with calamities."
މިހަތުރު ސިފައިގެ ތެރެއިން ފުރަތަމައަށް މިބަޔާންކުރީ ޙަދީޘްފުޅުގައިވެސް ފުރަތަމައަށް ބަޔާންވެގެންވާ ސިފައެވެ. އެއީ ޢާއިލާއަށް ހެޔޮކޮށް ހިތުމެވެ. ޢާއިލާއަށް ހެޔޮކޮށް ހިތުމަކީ ހަމައެކަނި ޚަރަދުކުރުމެއް ނޫނެވެ. ޚަރަދުކުރުމަކީވެސް މުހިންމު ކަމެވެ. ނަމަވެސް އެއިގެ ކުރިއަށް ނެރެންޖެހޭ ކަމެއް އެބައޮތެވެ. އެއީ އޯގާތެރިކަމެވެ. ލޯބިދިނުމެވެ. ހިނިތުންވުމެވެ. ހެޔޮބަސްތައް ބުނުމެވެ. އެކަންކަން ނުކުރެވޭނަމަ ކުރާ ޚަރަދަކުން ކުރާނެ ފައިދާއެއް ނެތެވެ.
ގެއަށް ވަންނަންވާނީ ކުނިމޫނު ހަދައިގެނެއް ނޫނެވެ. ހިނިތުންވަމުންނެވެ. ބަސްބުނެ ވާހަކަދައްކަންޖެހޭނީ ލޯބިންނެވެ. އޯގާތެރިކަމާއިއެކުގައެވެ. ޢާއިލާއަށް ހެޔޮމީހަކަށްވެވޭނީ އެއިރުންނެވެ.
ހަމައެފަދައިން ކަމަކު އެދިގެން މީހަކު އައިނަމަވެސް ކުނިމޫނު ނުދައްކާށެވެ! އޯގާތެރިވާށެވެ! ވެވެން އޮތްވަރަކުން ދީލަތިވާށެވެ! ހެޔޮބަސްތައް ބުނެ ހިތްވަރުދޭށެވެ. އެމީހާގެ ހިތުގައި ޖެހޭނެ ފަދަ އެންމެ ބަހެއްވެސް ނުބުނާށެވެ. މި ޙަދީޘްފުޅުގައިވާ ސިފަތައް ލިބިގަނެވޭނީ އެއިރުންނެވެ.
މި 4 ސިފަ އެމީހެއްގެ ކިބައިގައި ހުރެއްޖެނަމަ ﷲ ތަޢާލާ އެމީހަކު ނިކަމެތި ނުކުރައްވަވާނެތެވެ. އެމީހަކު ދަތިޙާލުގައި ނިކަމެތިވާން ދޫކޮށް ނުލައްވަވާނެތެވެ. އިން ޝާ ﷲ
- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން