ކިތަންމެ ކުޑަ ކަމަކުން ނަމަވެސް ނިކަމެތިންނަށް އެހީތެރިވެދެއްވާ! އެއީ ފުރިހަމަ މުސްލިމަކަށްވާންވެސް ކުރަންޖެހޭ ކަމެއް!:ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކިތަންމެ ކުޑަ ކަމަކުން ނަމަވެސް ނިކަމެތިންނަށް އެހީތެރިވެދެއްވާ! އެއީ ފުރިހަމަ މުސްލިމަކަށްވާންވެސް ކުރަންޖެހޭ ކަމެއް!:ޑރ. ޔާސިރު ޤާޟީ

މީސްތަކުންނޭވެ! ހަމައެކަނި މިސްކިތަށް ގޮސް ނަމާދުކުރުމަކުން އެމީހަކީ ރަނގަޅު މުސްލިމަކަށް ނުވެވޭނެއެވެ. ރަނގަޅަށް ދަންނާށެވެ! ތިމާއަކީ އަމިއްލަ އެދުންތަކުން ފުރިގެންވާ އެއްވެސް މީހަކީ އަދި އެމީހެއްގެ ކިބައިގައި ދަހިވެތިކަން ހުރި އެއްވެސް މީހަކީ ރަނގަޅު މުސްލިމެއް ނޫނެވެ. އެފަދަ މީހަކަށް ރަނގަޅު މުސްލިމަކަށް ނުވެވޭނެއެވެ.  

ވިސްނާށެވެ! ނަމާދު ފަރުޟުކުރެއްވެވުމާއި ޒަކާތް ވާޖިބުކުރެއްވެވުމާއި ދެމެދުގައި އަހަރުތަކެއް ފާއިތުވެގެންދިއައެވެ. ނަމާދު ފަރުޟު ކުރެއްވެވުނީ 13/14 އަހަރުފަހުންނެވެ. ޒަކާތް ފަރުޟުކުރެއްވެވުނީ 15 އަހަރު ފަހުންނެވެ. ޙައްޖު ފަރުޟު ކުރެއްވެވުނީ އެއިގެފަހުންނެވެ.  

ނަމަވެސް މީސްތަކުންނަށް ކާންދިނުމަށް އެންގެވުނީ ކުރިން ބުނިފަދައިން ފުރަތަމަ  ކަންތަކުގެ ތެރޭގައެވެ. ނިކަންބުނެބަލާށެވެ! ދަހިވެތިކަން ހުރެގެން އެކަން ކުރެވޭނެ ހެއްޔެވެ؟ އަމިއްލައެދުން ބޮޑު މީހަކަށް އެކަން ކުރެވޭނެ ހެއްޔެވެ؟  

ކީރިތި ޤުރްއާނަށްބަލާށެވެ! މުއްމިނުންސިފަތައް ބަޔާންކުރައްވަވާފައިވާ އާޔަތްތަކަށްބަލާށެވެ! ދަތިޙާލުގައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ އެމީހުންނަށް ކާންދޭން އަންގަވާފައިވާ އެންގެވުންތަކަށް ބަލާށެވެ.  

ދެން ބުނެލަން ބޭނުންވަނީ ނިކަމެތިންނަށް ކާން ދިނުމުގެ މާނައަކީ ހަމައެކަނި ކާނެ އެއްޗެއް ދިނުން ނޫންކަމަށެވެ. ދަތިޙާލުގައިވާ މީހާގެ ބޭނުންތައް ފުއްދައިދިނުމާއި މުޖުތަމަޢުއަށް ހުރި ދަތިތައް ފިލުވައިދިނުމާއި އެހެން ގޮތްގޮތުންވެސް އެމީހަކަށް ވެވުނު ވަރަކުން ދަތިޙާލުގައިވާ މީސްތަކުންނަށް އެހީތެރިވުންވެސް ހިމެނިގެންވަނީ ފަޤީރުންނަށް ކާންދިނުމުގެ މާނައިގައެވެ.

 

- ޑރ، ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން