ތިބާ އާ އެކު މަޖާ ކޮށް ސަކަރާތް ޖެހި އެތައް ބަޔަކު ގަބުރުސްތާނަކު ނުވޭތަ؟.
ގަބުރުސްތާނެއް ފެނުމުން ކީކޭތަ ހިތަށް އަރަނީ؟.
އަހަރެން ބުނީތީވެސް ގަބުރުސްތާނެއް ކައިރީ 5 ވަރަކަށް މިނިޓެ ހުއްޓި ލައިގެން ހުރެ ގަބުރުސްތާނާށް ވަރަށް ރަންގަޅަ ނަޒަރު ހިންގާލަބަލާށެވެ!
ގަބުރުސްތާނު ފުރިފަ އެވަނީ ކޯޗަކުންތަ؟.
ތިބާ ދަންނަ ކިތައް މީހުން މިތަ އެބަވޭތަ؟.
ތިބާއަށް އެ މީހުންނަށް ޒިޔާރައިކޮށް އެމީހުންނަށް ޓަކާ ހެޔޮ ދުޢާ ކުރެވޭތަ؟.
މިއީ ހަމަ އަހަރެމެން ކޮންމެއް މީހަކުވެސް އަންނަން ޖެހޭ މަންޒިލެވެ.
އަހަރެންވެސް އަދި ތިބާވެސް މިތަނަށް ވަރަށް އަވަހަށް އަންނަން ޖެހިދާނެއެވެ.
ބައެއް މީހުން ގަބުރުސްތާނެއް ފެނިޖެ ނަމަ ވަރަށް ބިރު ގަންއެވެ.
ގަބުރުސްތާނު ދެކެ ކިތަންމެ ބިރު ގަތަސް މިއީ ހަމަ ހަގީގަތެވެ.
އެހެން ކަމުން މިއަދު އޮތީ މިދުވަސް އައުމުގެ ކުރިން ކޮންމެމީހަކުވެސް އަވަހަށް މިކަމަށް ތަތްޔާރުވެގެން ތިބުމެވެ.
ހަޔާތަކީ ވަރަށްވެސް ކުރު އެއްޗެއްކެވެ.
ތިބާގެ ވަގުތު ހަމަވުމުގެ ކުރިން އަވަހަ ތައުބާވާށެވެ.
މަލަކުލްމައުތުގެފާނު ހަމަ ކޮންމެ ވަގުތަކުވެސް ވަޑައި ގަންފާނެއެވެ.
އަދިވެސް ތިބާއަށް ފުރުސަތު އެބަ އޮތެވެ.
ނަމަވެސް ފުރުސަތު އޮތީ ކިހާ ވަގުތެއް ވަންދެން ކަމެއް ހަމަ އެކަކަށްވެސް އިގިގެންނެއް ނުވެއެވެ.
ތިބާ ގާތު މީހަކު މާ ގިނަ ދުވަހު ދުނިޔޭގަ ތިބާ ނުހުންނާނެ ކަމަށް ބުނެފި ނަމަ ތިބާގެ ދިރި އުޅުމަށް ގެންނާނެ ހެޔޮ ބަދަލުތައް މިހާރުން ފަށައިގެން ގެނައުމަށް އަޒުމް ކަންޑަ އަޅާށެވެ.
އާދޭހާއެކު ބުނަމެވެ. ތިބާގެ ކަށްވަޅު އުޖާލާ ވާން ބޭނުން ނަމަ ﷲ އަށް ޛިކުރުކޮށް އެކާލާނގެ ހަންދުމަ ކުރުމުގައި ވީހާވެސް ގިނަ ވަގުތެއް ހޭދަ ކުރަށެވެ.
އަދި ހެޔޮ ކަމުގެ ތިލަފަތް ބަރު ކުރުމަށް ގަދަ އަޅާ މަސަތްކަތް ކުރާށެވެ.
ތިބާ ދުނިޔެ ދޫކޮށްފަ ދާ އިރު ގެންދެވޭނީ ދުނިޔެ މަތީގަ ކޮށްފައިވާ ހެޔޮ އަމަލެއް އެކަންޏެވެ.
(މިއީ މިއަދުނޫހަށް ލިޔެދެއްވާ ޚާއްޞަ ލިޔުންތެރިޔާ (ލޯފަން ލިޔުންތެރިޔާ) އޭނާގެ އަމިއްލަ ޢިބާރާތުން ލިޔެފައިވާ ލިޔުމެކެވެ.)