ލޮނުމިދުގަ ވަރަށް ގިނައިން ބެކްޓީރިއާތަކާ ކެންސަރަށް މަގުފަހިވާ ތަކެތި ނައްތާލަދޭ މާއްދާތައްހުރޭ! އިތުރުންވެސް ވަރަށް ގިނަ ބޮޑެތި ފައިދާތައް ކުރޭ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 43ސ
ލޮނުމިދުގަ ވަރަށް ގިނައިން ބެކްޓީރިއާތަކާ ކެންސަރަށް މަގުފަހިވާ ތަކެތި ނައްތާލަދޭ މާއްދާތައްހުރޭ! އިތުރުންވެސް ވަރަށް ގިނަ ބޮޑެތި ފައިދާތައް ކުރޭ!

މުޅި ދުނިޔެއަށް ބެލިނަމަވެސް ގިނަބައަކު ލޮނުމިދު ބޭނުންކުރަނީ އަނގައަށް މީރުވެގެންނަކުން ނޫނެވެ. ކެއުމުން ލިބޭ ފައިދާތައް ގިނަކަމުންނެވެ. މިޘާލަކަށް ރާއްޖެއަށް ބަލާނަމަ ދާދިފަހަކާއި ޖެހެންދެން ދަރިއަކު ލިބިއްޖެނަމަ ދަރިފުޅު ރީތިކުރާ ފޮށީގައި ލޮނުމިދުތެޔޮފުޅިއެއް އަބަދުވެސް އޮންނާނެއެވެ. ބަނޑުގައި އުނގުޅައިލުމުން ކުރާ ފައިދާތައް ގިނަކަމުންނެވެ. ބަނޑުގަރިހުމާއި ވައިގެ އުނދަގުލުންވެސް ކުދިންނަށް ޝިފާލިބޭތީއެވެ.

އެއީ އެދުވަހެވެ. މިހާރުގެ ވިސްނުމުން ލޮނުމިދާއިމެދު ބަލައިލަމާ ހިނގާށެވެ!

ކެންސަރާއި އެހެންވެސް ނުރައްކާތެރި ބަލިތައް މިދަނީ އިތުރުވަމުންނެވެ. މިޙާލަތުގައި އޮތީ ބަލިތަކުން ސަލާމަތްވާން މަސައްކަތްކުރުމެވެ. ޝިފާ ހޯދެންހުރި ތަކެތި ކައި ބޮއި ހެދުމެވެ. އެގޮތުން ލޮނުމިދަކީވެސް ވަރަށް ގިނަ ފައިދާތައް ލިބޭ އެއްޗެކެވެ.

ހުސްބަނޑާހުރެ ލޮނުމިދު ކެއުމުން ތިމާގެ ސިއްޙަތަށާއި އާއްމު ދިރިއުޅުމަށް އެތައް ފައިދާތަކެއްކުރާނެއެވެ. އެގޮތުން ލިބޭ ބައެއް ފައިދާތައް:

ބަރުދަން ލުއިކުރުމަށް އެހީތެރިވުން:

ތިބާގެ ހަށިގަނޑުގައިވާ ބޭކާރު ސަރުބީތަށް އަންދާލުމަށް ބޭނުންވާ ބައެއް މާއްދާތައް ލޮނުމިދުގައި ހިމެނެއެވެ. އަދި ހަޖަމުކުރުމުގެ މަސައްކަތް ހަލުވިކޮށްދިނުމަށްވެސް އެހީތެރިވެދޭކަމަށް ދިރާސާތަކުންދައްކައެވެ.

• ލޭގައިހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލްކުރުމަށް އެހީވުން

ލޮނުމިދުގައި ' އަލިސިން' ނަމަކަށް ކިޔާ މާއްދާއެއް ވަރަށް ގިނައިން ހުންނާނެއެވެ. އެއީ ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އަދި ލޮނުމިދު ޗިސްކުރުމުން އެމާއްދާ އިތުރުވެގެންދެއެވެ. ކޮންމެ ދުވަހަކުވެސް ދެފަހަރު، ލޮނުމިދު ޗިސްކޮށް ރޮލާކެއުމުން، ހަށިގަނޑުގެ ލޭގައި ހަކުރުހުރި މިންވަރު ކޮންޓްރޯލްކުރަން އެހީތެރިވެދޭނެއެވެ.

• ޑިޕްރެޝަން އާއި ހަނގުރާމަކުރަން ފަސޭހަވުން

ލޮނުމިދުގައި، ގުދުރަތީ ގޮތުން އެކުލެވޭ ބައެއް މާއްދާތަކުގެ ސަބަބުން މޫޑް ރަނގަޅުކުރުމަށް އެހީތެރިވެދެއެވެ. ހަށިގަނޑުގައި ހުންނަ ކެމިކަލްތަށް ހަމަހަމަކޮށްދޭ ކާނާއެއްގެ ގޮތުގައި ލޮނުމިދުވާއިރު، އޭގެ ތެރޭގައި ސިކުނޑީގައި އުފައްދާ ކެމިކަލްތަށްވެސް ހިމެނެއެވެ.

• ކެންސަރުން ސަލާމަތްވުމަށް އެހީވުން:

ލޮނުމިދުގައި ވަރަށް ގިނައިން ބެކްޓީރިއާތަށް ނައްތާލަދޭ މާއްދާތަކާއި ކެންސަރަށް މަގުފަހިވާ ތަކެތި ނައްތާލަދޭ މާއްދާތައްހުރެއެވެ. އެހެންކަމުން، ހެނދުނު އެންމެ ފުރަތަމަ ހޭލާގޮތަށް ހުސްބަނޑާހުރެ ލޮނުމިދު ކެއުމުން ބައެއް ބާވަތްތަކުގެ ކެންސަރުތައް ޖެހުމުން ދުރުކޮށްދެއެވެ.

• އިންފެކްޝަންތަކުން ހަށިގަނޑު ރައްކާތެރިކުރުން

• ލޭގެ ޕްރެޝާރ ރަނގަޅުވަރެއްގައި ދެމެހެއްޓުމަށް އެހީވެދިނުން

ލޭގެ ޕްރެޝާރ މަތީގައި ހުންނަ ފަރާތްތަކުން ދުވާލަކު ހުސްބަނޑާހުރެ ލޮނުމެދު ކެއުމަށް ޑޮކްޓަރުން އިރުޝާދުދެއްވައެވެ. އަދި ކޮލެސްޓްރޯލް މަދުކޮށްދިނުމަށްވެސް ލޮނުމިދު އެހީތެރިވެދެއެވެ.

• ލޭ ސާފުކޮށްދިނުން

• ކާތަކެތި ހަޖަމްކުރުމަށް އެހީވެދިނުން

• ފުއްޕާމޭ ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އެހީވެދިނުން

ކޮންމެދުވަހަކުވެސް ލޮނުމިދު ކެއުމުގެ ސަބަބުން ފުއްޕާމެއަށްޖެހޭ ބަލިތަކުން ސަލާމަތްވުމަށް އެހީތެރިވެދެއެވެ. އަދި ފުއްޕާމޭ ދުޅަހެޔޮކޮށްބަހައްޓާ، ހަށިގަނޑުގައި ހުންނަ އޮކްސިޖަންގެ މިންވަރު ރަނގަޅުކުރުމަށް އެހީވެދެއެވެ. އަދި ރޯގާ ފަދަ ބަލިތަކަށްވެސް ރަނގަޅު ފަރުވާއެއްގެ ގޮތުގައި ލޮނުމިދުވެއެވެ.

ލޮނުމިދު ރޮލާއި ކެވޭނެ ބައެއް ގޮތްތައް:

• ލޮނުމިދު ޗިސްކުރުމަށްފަހު ހެނދުނުގެ ނާސްތަގެކުރިން ކެއުން

• ލޮނުމިދު ޗިސްކުރުމަށްފަހު ސަޔާއިއެކު ގިރުވުމަށްފަހު ބުއިން

• އެއްވެސް އެއްޗަކާއި އެއްނުކޮށްވެސް ލޮނުމިދު ހުހާ ކެވިދާނެއެވެ.

• ބަޓަރާއި އެކު ތެލުލުމަށްފަހު ބިސްގަނޑު އަޅާއިރު ބޭނުންކުރުން

 

މިއަދު އޮންލައިން