ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ގޮވާލައްވަވައި ސުވަރުގެ ވައްދަވާނީ ހާދަފަސޭހައިން ކުރެވެން އޮތް، ހާދަކުޑަކުޑަ ޢަމަލެއް ކުރިބައަކުކަން އެނގޭތަ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ގޮވާލައްވަވައި ސުވަރުގެ ވައްދަވާނީ ހާދަފަސޭހައިން ކުރެވެން އޮތް، ހާދަކުޑަކުޑަ ޢަމަލެއް ކުރިބައަކުކަން އެނގޭތަ؟: މުފްތީ މެންކް

ޤިޔާމަތް ދުވަހު ގޮވައިލެއްވޭނެތެވެ! '"ދަތިޙާލުގައާއި އުފާވެރިކަމުގައިވެސް ﷲ ތަޢާލާއަށް ޙަމްދުކުރި މީހުން ކޮބައިހެއްޔެވެ؟" ދެން އެމީހުން ކުރިއަށްދާނެތެވެ. އެމީހުން ވާހުށީ އެންމެ ފުރަތަމަ ސުވަރުގެ ވައްދަވާނެ އަޅުންގެތެރެއިންނެވެ.  

ހިތްދަތިކަމުގައިވެސް އަދި އުފާވެރިކަމުގެ ވަޤުތުގައިވެސް އަލްޙަމްދުލިﷲ ކިޔައި ﷲ ތަޢާލާއަށް ޙަމްދުކުރަންޖެހޭ ސަބަބަކީ މިއެވެ. އެމީހަކަށް ދުނިޔޭގައިވެސް ހެޔޮގޮތްތައް މިންވަރުކުރެއްވެވުމުގެ އިތުރުން އާޚިރަތްދުވަހު ލިބެން އޮތް ބޮޑު އުފާވެރިކަމެވެ. އެމީހުންނަށް ލައްވަވާނެ ބޮޑު ރަޙްމަތެވެ. 

ކުރިން މި ބަޔާންކުރީ އެކަމުގެ ވާހަކައެވެ. ނިކަން ބުނެބަލާށެވެ! އެންމެހައި މީސްތަކުންގެ ތެރެއިން ނެރުއްވަވައިގެން ގެންދަވައި އެންމެ ފުރަތަމަ ސުވަރުގެ ވެއްދެވުމަށްވުރެ ބޮޑު ރަޙްމަތަކީ ކޮބައިހެއްޔެވެ؟ އެއަށްވުރެ ބޮޑު ރަޙްމަތެއް އޮންނާނެ ހެއްޔެވެ؟  

ކޮންމެ މީހަކުވެސް ދުނިޔޭގައި އުޅެން ބޭނުންވާނީ އެންމެ އުފަލުގައެވެ. އެންމެ ތަނަވަހުގައެވެ. އެންމެ އަރާމުގައެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް އެ ނިޢުމަތްތައް ލިބޭނީ ﷲ ތަޢާލާ ދެއްވެވި މިންވަރަކަށެވެ. އެއީ ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް އެއްވެސް މީހަކަށް އަމިއްލައަށް ލިބިގަނެވޭނެ ކަންކަމެއް ނޫނެވެ. ކޮންމެ ޙާލަތެއްގައިވެސް އަލްޙަމްދުލިﷲ ކިޔައި ﷲ ތަޢާލާއަށް ޙަމްދުކުރެވޭނީ މިކަންކަން ޤަބޫލުކުރާ މީހަކަށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން