އިބިލީހުގެ 5 ދަރިންނާ އެއެއްޗެތިންނާ ޙަވާލުކުރެވިފައިވާ މަސައްކަތްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އިބިލީހުގެ 5 ދަރިންނާ އެއެއްޗެތިންނާ ޙަވާލުކުރެވިފައިވާ މަސައްކަތްތައް-

ކީރިތި ޤުރުޢާނުގެ އެކިއެކި ތަފްސީރުތަކުގައިވާގޮތުން، އިބިލީސްގެ 5 ދަރިން ތިބެއެވެ. އަދި އެއްޗެއްސަށްވަނީ ތަފާތު މަސައްކަތްތައްވެސް ޙަވާލުކޮށްފައެވެ.  

· ދާސިމް

ދާސިމްއަށް ހަވާލުކުރެވިފައިވާ މަސައްކަތަކީ ދެބަސްވުންތައް އުފެއްދުމެވެ. އެތި އުޅޭނީ އާއިލާތަކުގެ ތެރޭގައި ކައިބޮއި، އަނބިމީހާ އާއި ފިރިމީހާއާއި ދެމެދު މައްސަލަ ޖެއްސަމުންނެވެ.  

· އަޢުވަރު

މިއީ ޒިނޭއާއި ބަދު އަޚުލާޤީ ޢަމަލުތައް މީސްތަކުންގެ މެދުގައި ފެތުރުމަށް މަސައްކަތްކުރާ އިބިލީސްގެ ދަރިއެވެ. އޭތި މިކަން ހާސިލްކުރަނީ، އެފަދަ ޢަމަލުތަކަކީ ރީތި، ރަނގަޅު ޢަމަލުތަކެއްގެ ގޮތުގައި މީސްތަކުންނަށް ދައްކައިދީގެންނެވެ.   

· މިސޫޠު

މިދަރީގެ މަސައްކަތަކީ މީސްތަކުންގެ ތެރޭގައި ދޮގު ޚަބަރު ފަތުރާ އަޑުގަދަކޮށްއުޅުމެވެ.   

· ޘަބަރު

ޘަބަރުގެ މަސައްކަތަކީ އިސްލާމްދީނުގެ ރިވެތި އުސޫލުތައް މީސްތަކުންގެ ކިބައިން ހަނދާންނައްތާލާ، އިސްލާމްދީނުގެ ކުރިން އޮތް ޒަމާނުގެ ނުބައި އާދަތައް މިސްތަކުންގެ ތެރޭގައި އާއްމުކުރުމެވެ.  

· ޒަލަންޕޫރު

މިއީ އެކި އެކި މަސައްކަތްތައްކުރާ އިބިލީސްގެ ދަރިއެކެވެ. ދެމަފިރިންގެ މެދުގައި ޢަދާވާތްތެރިކަން އުފައްދުވައި ފިތުނަވެރިކުރުވުމާއި އެގޮތުން މީސްތަކުންގެ ދެމެދު ދޭތެރެޖެއްސުން ހިމެނެއެވެ.  

މަޢުލުމާތު:   

https://lifeinsaudiarabia.net/5-children-of-iblis-shaitan

 

މިއަދު އޮންލައިން