ވިސްނައިފި މީހަކަށް ފައިދާކުރާނެ ކަންކަމުގެ ތެރެއިން ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 33ސ
ވިސްނައިފި މީހަކަށް ފައިދާކުރާނެ ކަންކަމުގެ ތެރެއިން ބައެއް ކަންކަން-

އިސްލާމް ދީނާއިމެދު ހިތުގައި ލޯބި އުފެދުން އިތުރުކުރެވޭނީ ދީނުގެ ކަންކަން އެނގި އޮޅުންފިލާ މިންވަރަކުންނެވެ. ހިތާމައަކީ އެކަންކަން އޮޅުންފިލުވައިލުމުގެ ޝައުޤުވެރިކަން ކުޑަވަމުން އަންނަ ކަމެވެ. ދީނަށް ލޯބިކުޑަވެ ދީނާއި ދުރަށް ޖެހެވޭ އެއް ސަބަބަކީވެސް ހަމައެއީއެވެ.

ހިރާ ފަރުބަދަ އާ ފުރަތަމަ ވަޙީ ބާވައިލައްވަވަން ފެށުން-

މީލާދީ ސަނަތުން 610 ވަނަ އަހަރުގެ ރޭ ތަކުގެ ތެރެއިން ރެއެކެވެ. ރަސޫލާ އިންނެވީ 634 މީޓަރު މަތީގައި ހިރާ ހޮހޮޅައިގައެވެ. އެއީ އޭރު މައްކާގެ މީހުން ދިރިއުޅުނު ސަރަހައްދާއި 4 ކިލޯމީޓަރު ދުރުގައި ހުރި ހޮހޮޅައެކެވެ. ރަސޫލާ މާތް ﷲގެ ކުޅަދުންވަންތަކަމާއިމެދު ވިސްނާ ފިކުރުކުރައްވަނީއެވެ.

މިހެން އިންނަވަނިކޮށް 600 ވަރަފުޅު ލިބިގެންވާ ބިޔަ މަޚްލޫޤެއް މުޅި އުދަރެސް ބައްދާލައިފިއެވެ. އެ ވަރަފުޅުތަކުން މުތާއި އަލިމަހުގެ ވިދުމުން އަރާފަދަ ކުލަތައް އަރަމުން ދިޔައެވެ. އެ އާދަޔާޚިލާފު މަޚްލޫޤަކީ ޖިބްރީލް عليه السلام އެވެ. އުޑުތަކުގެ އަމީން، ޖިބްރީލް عليه السلام އެކަލޭގެފާނުގެ ގައިކޮޅުގައި ބާރަށް ބައްދަވާ ފިއްތަވާލެއްވުމަށްފަހު ވިދާޅުވިއެވެ. 

"اقرأ ކިޔަވާށެވެ".  އެހިނދު ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. ما أنا بقارئ ތިމަންކަލޭގެފާނީ ކިޔަން ދަންނަ ބޭކަލެއްނޫނެވެ. އަނެއްކާ އެއަށްވުރެ ބާރަށް ބައްދަވާ ފިއްތަވާލެއްވުމަށްފަހު ވިދާޅުވިއެވެ. "اقرأ ކިޔަވާށެވެ". އެހިނދު ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. ما أنا بقارئ ތިމަންކަލޭގެފާނީ ކިޔަން ދަންނަ ބޭކަލެއްނޫނެވެ. ތިންވަނަ ފަހަރުވެސް ޖިބްރީލް عليه السلام ވިދާޅުވިއެވެ. "اقرأ ކިޔަވާށެވެ". އެހިނދު ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. ما أنا بقارئ ތިމަންކަލޭގެފާނީ ކިޔަން ދަންނަ ބޭކަލެއްނޫނެވެ. އެހިނދު ޖިބްރީލްގެފާނު ނަބިއްޔާ އަށް މާތްﷲގެ ވަޙީ ބަސްފުޅު ފޯރުކޮށްދެއްވިއެވެ. 

1﴾ اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ 

" ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ." 

2﴾ خَلَقَ الْإِنسَانَ مِنْ عَلَقٍ

" ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ." 

﴿3﴾ اقْرَأْ وَرَبُّكَ الْأَكْرَمُ

" ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ." 

4﴾ الَّذِي عَلَّمَ بِالْقَلَمِ

" އެކަލާނގެއީ، ޤަލަމުން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ." 

﴿5﴾ عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ

"އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ." 

މިއީ ކީރިތި ޤުރްއާނުން އެންމެ ފުރަތަމަ ޞާވައިލެއްވުނު އާޔަތްތަކެވެ. މިއާޔަތްތަކުން އެނގޭ ގޮތުގައި މާތް ﷲ އިންށާނުންނަށް ދެ ބާވަތެއްގެ ޢިލްމު ދެއްވެވިއެވެ. އެންމެ ފުރަތަމަ އާޔަތުގައި އެވަނީ އިސްލާމީ ޢަޤީދާ ޢާއި ޝަރީޢަތުގެ ޢިލްމުގެ ވާހަކައެވެ. 3 ވަނަ ޢާޔަތާއި 4 ވަނަ އާޔަތުގައި ދުނިޔަވީ ޢިލްމުތަކަށް އިޝާރާތްކުރެވޭ ކަމުގައި ބައެއް މުފައްސިރުން ވިދާޅުވެއެވެ. 

ޢިލްމުގެ މިދެބާވަތުގައި ސަލަފުއް ޞާލިޙުން ކުރިއަރައިގޮސް އިންސާނީ ޙަޟާރަތުގައި ކުރިއަރައިގޮސް ކުރިބޯއްޓަށް ވާޞިލްވިއެވެ. މިއީ މާތް ﷲ ގެ ވަޙީބަސްފުޅު "އިޤްރައު ގެނެސް ދެއްވި އަލިވިލުމެވެ.

 

- ޝައިޚް މުޙައްމަދު މައޫން ޝަރީފް

 

ގުޅުން ހުރި ވީޑިއޯ:

 

 

 

މިއަދު އޮންލައިން