ކީރިތި ޤުރްއާން ކިޔަވަން ފަރުވާކުޑަކުރަން ހެޔޮނުވާނެ ސަބަބު-: އެމީހަކަށް ކިޔެވޭ އެންމެ ރީތި ރާގުގަ ޤުރްއާން ކިޔަވަން މަސައްކަތްނުކުރާ މީހަކީ، މިއުންމަތުގެ މީހެއް ނޫންކަން ޙަދީޘުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ކީރިތި ޤުރްއާން ކިޔަވަން ފަރުވާކުޑަކުރަން ހެޔޮނުވާނެ ސަބަބު-: އެމީހަކަށް ކިޔެވޭ އެންމެ ރީތި ރާގުގަ ޤުރްއާން ކިޔަވަން މަސައްކަތްނުކުރާ މީހަކީ، މިއުންމަތުގެ މީހެއް ނޫންކަން ޙަދީޘުން-

ތެދުބަހުން ބުނާނަމަ ބުނަންޖެހޭނީ ގިނަ ބައަކު ބަލަނީ، ކީރިތި ޤުރްއާން ކިޔަވަނީ ކިޔެވިކަމަށް ހަދަންވެގެން ކަމަށެވެ. ދޭންޖެހެ ސަމާލުކަމެއް ނުދެއެވެ. ރިވެތި ރާގަކަށް ކިޔަވަން މަސައްކަތެއްވެސް ނުކުރެއެވެ. ކިޔަވަނީ ކިޔެވުނު އެންމެ އަވަހަކަށެވެ. ބޭނުންވަނީ ވީހައި އަވަހަކަށް ކިޔަވާލާފައި އެހެންކަމަކަށް އަވަހަށް އެނބުރޭށެވެ!

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ޤުރްއާން ކިޔަވާ މީހުންނެވެ. ހެނދުނާއި ހަވީރު ސޫރަތްތައްވެސް ކިޔަވައެވެ. ނަމަވެސް އެއިގެތެރެއިން އެމީހަކަށް ކިޔެވޭ އެންމެ ރިވެތި ރާގަށް ޤުރްޢާންކިޔަވަން މަސައްކަތްކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟

ބަލައިލަންވީ މި ޙަދީޘްފުޅަށެވެ.

"ރީތި ރާގުގަ ކީރިތި ޤުރްއާން ނުކިޔަވައިފި މީހަކީ، ތިމަންމެންގެތެރެއިންވާ މީހެއް ނޫނެވެ." (އެބަހީ: ތިމަންކަލޭގެފާނުގެ ގޮތުގައިވާ މީހެއް ނޫނެވެ." (ރިޔާޟުއްޞާލިޙީން: 1007)

އަޑުމަޚްރަޖައިގެ ރިވެތިކަން އެކި މީހުންނަށް ދެއްވަވާފައިވަނީ އެކި މިންވަރަށެވެ. ރިވެތިކޮށް ކިޔެވުމުގެ ކުޅަދާނަކަމާއި ދޫފަސޭހަކަން އެކި މީހުންނަށް ދެއްވަވަނީ ވެސް އެކި މިންވަރަށެވެ. އެހެންކަމުން ކޮންމެ މީހަކަށްވެސް އޮތީ އެމީހަކަށް ކިޔެވުނު އެންމެ ފުރިހަމައަކަށް ކިޔަވަން މަސައްކަތްކުރުމެވެ. ކިޔެވޭހައި ރިވެތި ރާގަށް ކިޔެވުމެވެ. ތަޖުވީދުމަގުން ކިޔެވުމަކީ ވާޖިބެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން