ހާރުދަމުގެ ވަގުތުގައި ރޭއަޅުކަން ކުރުމަށް ތެދުވާށެވެ! އެވަގުތަކީ ރަޙްމަތްލެއްވުމާ ގުޅިފައިވާ ވަގުތެކެވެ!: އިބްނުލް ޖައުޒީ ރަޙިމަހުﷲ

މިއަދު
ކިޔުމަށް ހޭދަވާނީ 38ސ
ހާރުދަމުގެ ވަގުތުގައި ރޭއަޅުކަން ކުރުމަށް ތެދުވާށެވެ! އެވަގުތަކީ ރަޙްމަތްލެއްވުމާ ގުޅިފައިވާ ވަގުތެކެވެ!: އިބްނުލް ޖައުޒީ ރަޙިމަހުﷲ

އިބްނުލް ޖައުޒީ رحمه الله ވިދާޅުވިއެވެ. 

"ކީރިތި ޤުރުއާން ކިޔެވުމުން މޫނު އަނބުރާލައި، ކުޅިމަޖަލުގައި މަޝްޣޫލުވެފައިވާ މީހާއެވެ! މީސްތަކުން ގެއްލެނިވާ ދުވަހު ހިތާމަކުރާ މީހުން ތިބާއަށް އެނގިބަޔާންވެގެން ދާނެއެވެ.

ފާއިތުވެފައިވާ ކަންކަން ހޯދައި ގަނެވޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި ހާރުދަމުގެ ވަގުތުގައި ރޭއަޅުކަން ކުރުމަށް ތެދުވާށެވެ. އެހެނީ ހާރުދަމުގެ ވަގުތަކީ ރަޙްމަތްލެއްވުމާ ގުޅިފައިވާ ވަގުތެކެވެ.  

އަދި އެމީހެއްގެ އިސްވެގޮސްފައިވަ ކަންކަން ޢަފޫކޮށްދެއްވުން އެދި ދަންނަވާށެވެ." 

[التبصرة لابن الجوزي (ص: ٣٨١)] 

- ޑރ. ޢިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން