ކެތްތެރިކަމާ ނަމާދުކުރުމަށްވުރެ އިސްކަންދޭންވީ އެއްވެސް ކަމެއް ނެތްކަން ޔަޤީންކުރާ މީހަކަށް ދެދުނިޔެ ކާމިޔާބުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ކެތްތެރިކަމާ ނަމާދުކުރުމަށްވުރެ އިސްކަންދޭންވީ އެއްވެސް ކަމެއް ނެތްކަން ޔަޤީންކުރާ މީހަކަށް ދެދުނިޔެ ކާމިޔާބުވާނެ! އިން ޝާ ﷲ

ނަމާދުކުރުމުން އެމީހަކަށް އިރުގެ އަލިކަން ފަދަ ނޫރެއް ދެއްވަވަތެވެ. އެ ނޫރު ލިބުނު މީހަކަށް ދުނިޔއާއި އާޚިރަތުގައި އަލިކަން ލިބިގެންދެއެވެ. ހަމައެއާއިއެކު ކެތްތެރިވާ މީހާއަށް ފާފަނުކޮށް ހުރުމަށް ބޭނުންވާ ބާރު ދެއްވަވަތެވެ. ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤް ދެއްވަވަތެވެ. އިން ޝާ ﷲ

ފާފަނުކޮށް ހުންނަން ބޭނުންވި ނަމަވެސް އެކަން ކުރެވޭނީ އެކަން ކުރުމުގެ ބާރު އެމީހަކަށް ލިބިގެންނެވެ. އެބާރަކީ ހަމަހުއްޓައި ލިބޭނެ ބާރެއް ނޫނެވެ. އެބާރު ލިބިގެންދާނީ އެބާރު ހޯދަން ގަދައަޅައި މަައްކަތްކުރުމުންނެވެ.

ވީމާ ނަމާދުނުކުރާ އަދި ކެތްތެރިނުވާ މީހަކަށް ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ކާމިޔާބީ ލިބުމެއް ނުވެއެވެ. ކެތްތެރިކަމާއިއެކު ނަމާދުކުރުމުން ވާގިއެދެން ވަޙީކުރައްވަވާފައިއެއޮތީ މިދެކަންތައް ފުރިހަމަނުކޮށް ދެ ދުނިޔެވެސް ކާމިޔާބުނުކުރެވޭނެތީއެވެ.

ކެތްތެރިވާން ބުނެފިނަމަ އަޑުއަހަންވެސް ގިނަ ބައަކު ބޭނުމެއް ނުވެއެވެ. ކޮންމެ ޙާލެއްގައިވީ ނަމަވެސް ފަރުޟް 5 ނަމާދަށް ރައްކައުތެރިވާން ބުނެފިނަމަ އާނއެކެވެ ބުނެއެވެ. ނަމަވެސް ޢަމަލުކުރަނީ މަދު މީހެކެވެ. އެއިރުން އެމީހަކަށް ސުވަރުގެ ވަދެވޭނެ ގޮތެއް އޮތްކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން