ހަނދާންނެތުމުގެ މައްސަލައަކީ ސިޙުރުގެ ސަބަބުންވެސް ކުރިމަތިވާކަމެއް! އަމިއްލައަށް ރުޤްޔާކުރަން މިއާޔަތްތައް ކިޔެވުމުން ފައިދާކުރާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 21ސ
ހަނދާންނެތުމުގެ މައްސަލައަކީ ސިޙުރުގެ ސަބަބުންވެސް ކުރިމަތިވާކަމެއް! އަމިއްލައަށް ރުޤްޔާކުރަން މިއާޔަތްތައް ކިޔެވުމުން ފައިދާކުރާނެ! އިން ޝާ ﷲ

އަޅުގަނޑަކީ އަދި ޢުމުރުން ދުވަސްވީ މީހެއް ނޫނެވެ. އަދި ސިކުނޑިއަށް ބާރުބޮޑުވާވަރަށް ކަންކަމުގައި ވިސްނާ މީހެއްވެސް ނޫނެވެ. އެކަމަކު ވަރަށް ފަސޭހައިން ހަނދާންނެތުމުގެ މައްސަލަ ވަރަށް ބޮޑަށް އެބަކުރިމަތިވެއެވެ. އެހެންވެ ބައެއް މީހުން ބުނަނީ ސިޙޫރަކުންވެސް އެކަން މެދުވެރިވެދާނެ ކަމަށެވެ. މިޙާލަތުގައި ރުޤްޔާކުރަން އަމިއްލައަށް ކުރެވިޑާނެ ކަމެއް ބުނެދީބަލަ! މީހުން ލައްވާ ރުޤްޔާކުރެވޭވަރަށް ތަނަވަސްކަން ނެތީމަ. 

ތިރީގައިވާ ލިޔުމުން ކިޔުންތެރިޔާއަށް އެހީތެރިކަން ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. 

ސިޙުރުގެ ސަބަބުން ކުރިމަތިވާ ކަންކަމުގެ ތެރޭގައި ހަނދާން ނެތުންވެސް ހިމެނެއެވެ. ޖެހޭ ސިޙުރެއްގެ ސަބަބުން ވަރަށް ޒުވާން ޢުމުރުގައިވެސް ހަނދާން ނެތޭގޮތް މެދުވެރިވެއެވެ. މީގެ ތެރޭގައި ދަސްކުރާ ފިލާވަޅުތައްވެސް ހިމެނެއެވެ. އަދި ކުރަން އުޅޭ ކަންކަމާއި ދެން ކުރަން ޖެހޭ ކަންކަންވެސް ހިމެނެއެވެ. 

ކޮންމެއަކަސް އެއްވެސް ޞިއްޙީ ސަބަބެއް ނެތި މިބުނި ފަދައިން ކަންކަމުގައި ހަނދާން ނެތޭނަމަ މި ޢާޔަތްތައް ކިޔަވަން ބައެއް ޢިލްމްވެރިން ވިދާޅުވެއެވެ. އަދި ޝިފާ ދެއްވެވުން އެދި ދުޢާކުރަމުން ގެންދާށެވެ. 

(1) ﴿77﴾ وَابْتَغِ فِيمَا آتَاكَ اللَّهُ الدَّارَ الْآخِرَةَ ۖ وَلَا تَنسَ نَصِيبَكَ مِنَ الدُّنْيَا ۖ وَأَحْسِن كَمَا أَحْسَنَ اللَّهُ إِلَيْكَ ۖ وَلَا تَبْغِ الْفَسَادَ فِي الْأَرْضِ ۖ إِنَّ اللَّهَ لَا يُحِبُّ الْمُفْسِدِينَ 

"އަދި ތިބާޔަށް ﷲ ދެއްވި ތަކެތިން (ހެޔޮގޮތުގައި ހޭދަކުރުމުން) އާޚިރަތުގެ ގޮވައްޗަށް އެދޭށެވެ! (އެބަހީ: އާޚިރަތުގެ ދިންނެވުމާއި، ރަޙްމަތާއި، ޘަވާބަށް އެދޭށެވެ!) އަދި ދުނިޔެއިން ތިބާޔަށް ލިބެންވީބައި ހަނދާން ނައްތައިނުލާށެވެ! އަދި ﷲ، ތިބާޔަށް އިޙްސާންތެރިވެވޮޑިގަތް ފަދައިން، ތިބާވެސް (ﷲގެ އަޅުތަކުންނަށް) އިޙްސާންތެރިވާށެވެ! އަދި ބިމުގައި ފަސާދަ އުފެއްދުމަށް ތިބާ އެދިނޫޅޭށެވެ! ހަމަކަށަވަރުން، ފަސާދަ ކުރާ މީހުންދެކެ، ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ."

(އަލް ޤަޞަޞް: 77) 

(2) ﴿23﴾ وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا 

"އަދި ކަލޭގެފާނު އެއްވެސްކަމަކާ ދޭތެރޭގައި، ހަމަކަށަވަރުން، ތިމަންކަލޭގެފާނު މާދަމާ އެކަމެއް ކުރައްވާނަމޭ ވިދާޅުނުވާހުށިކަމެވެ!" 

﴿24﴾ إِلَّا أَن يَشَاءَ اللَّهُ ۚ وَاذْكُر رَّبَّكَ إِذَا نَسِيتَ وَقُلْ عَسَىٰ أَن يَهْدِيَنِ رَبِّي لِأَقْرَبَ مِنْ هَٰذَا رَشَدًا 

"އިރާދަކުރެއްވިއްޔާއޭ ވިދާޅުވެފައި މެނުވީއެވެ. އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަނދުމަ ކުރައްވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ މިއަށްވުރެ ކައިރި ތެދުމަގަކަށް މިއަޅާއަށް މަގުދައްކަވައިފާށިއެވެ!"

(އަލް ކަހްފް: 23،24) 

(3) ﴿63﴾ قَالَ أَرَأَيْتَ إِذْ أَوَيْنَا إِلَى الصَّخْرَةِ فَإِنِّي نَسِيتُ الْحُوتَ وَمَا أَنسَانِيهُ إِلَّا الشَّيْطَانُ أَنْ أَذْكُرَهُ ۚ وَاتَّخَذَ سَبِيلَهُ فِي الْبَحْرِ عَجَبًا

 

" އެ ޚާދިމު ދެންނެވިއެވެ. ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟ (ދެކަނޑު ގުޅުނުތާ އޮތް) ބޮޑު ހިލައިގެމަތީގައި ތިމަންމެން މަޑުކޮށްލިހިނދު، ހަމަކަށަވަރުން، ތިމަން އެ މަހުގެމަތިން ހަނދާންނެތުނީއެވެ. އަދި އެ މަހުގެމަތިން ތިމަން ހަނދާންކުރުން ހަނދާންނެތިކޮށްލީ، ޝައިޠާނާ ފިޔަވައި އެހެން އެއްޗެއްނޫނެވެ. އަދި އެ މަސް ޢަޖާއިބެއްފަދަ ގޮތަކަށް ކަނޑުގެ ތެރެއިން އޭގެމަގު ހޯދައިގެން ހިނގައްޖެއެވެ."

(އަލް ކަހްފް: 63)

 

(4)          ﴿6﴾ سَنُقْرِئُكَ فَلَا تَنسَىٰ

 

" ތިމަންރަސްކަލާނގެ، ކަލޭގެފާނު ކިޔަވައިވިދާޅުވާ ބޭކަލަކު ކަމުގައި ލައްވާހުށީމެވެ. ފަހެ، ކަލޭގެފާނު (އެ ޤުރްއާން) ހަނދުމަފުޅެއް ނުނެތޭނެތެވެ."

(އަލް އަޢްލާ: 6)

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން