ވުޟޫކޮށްގެން ހުރެ ދަރިން ތާހިރުކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ވުޟޫކޮށްގެން ހުރެ ދަރިން ތާހިރުކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަން-

މިއީ މައިންނަށް ވަރަށް ގިނައިން ކުރިމަތިވާ ކަމެކެވެ. މިބުނެވުނީ ނަމާދަށް އަރަން ވުޟޫކޮށްގެން ހުއްޓައި ދަރިފުޅު ކުޑަކަމު ދިއުމުން ތާހިރުކުރަންޖެހޭ ވާހަކައެވެ. އެކަމުގެ ސަބަބުން ވުޟޫ ގެއްލޭނެތޯ ނުވަތަ އެކަން ކުރިޔަސް ވުޟޫ ޞައްޙަވާނެތޯ އަލުން ވުޟޫނުކޮށް ނަމާދުކުރެވިދާނެތޯ ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ.  

ޖަވާބަކީ: 

ކުޑަދަރިފުޅުގެ ހީސްދޮއްވީ އަތަށް ހުރަހެއް އަރުވައިގެން ނަމަ،  ނުވަތަ ދޮއްވުމުގެ ތެރޭގައި ދަރިފުޅުގެ ކުރިމަތީފަރާތުގައި އަތް ނުޖެހޭނަމަ ވުޟޫ އެއް ނުގެއްލޭނެއެވެ.  

އެހެންނަމަވެސް ހުރަހަކާ ނުލާނަމަ ވުޟޫ ގެއްލޭނެތޯ ނުވަތަ ނޫންތޯ މިކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުއްޓެވެ.  

އެންމެ ރައްކާތެރިކަން ބޮޑު ގޮތަކީ ޚިލާފުން ބޭރުވުމަށް ޓަކައި ވުޟޫ އާ ކުރުމެވެ. والله أعلم 

ޢުޛުރުވެރިން ވުޟޫ ކުރާނީ ކިހިނެއްތޯ؟ އަދި ޢުޛުރު ވެރިންނަކީ ކޮބައިތޯ؟ 

ވުޟޫ ކުރުމަށް ޢުޛުރުވެރިވާ މީހުންނަކީ ފެން ބޭނުން ކޮށްފިނަމަ އޭގެ ސަބަބުން އެމީހަކަށް ގެއްލުމެއް ލިބިދާނެ ކަމަށް ލަފާ ކުރެވޭ މީހުންނެވެ. މިފަދަ މީހުން ވުޟޫ ކުރުމުގެ ބަދަލު ގައި ތަޔައްމުމް ކުރުމުން ފުދޭނެއެވެ. والله أعلم

 

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން