"ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ޢަޛާބަކީ، އަންނާނެ އެއްޗެއްކަން ކަށަވަރެވެ. އެޢަޛާބް (އެއުރެންގެ ކިބައިން) ދުރުކޮށްދޭނޭ އެއްވެސް ފަރާތެއް ނުވެއެވެ." (އައްޠޫރު:7،8)
އިމާމް ޙަސަން (ރޢ) ވިދާޅުވެފައިވެއެވެ. ޢުމަރުގެފާނު އިމާމްވެ ނަމާދުކުރައްވަމުން ޠޫރު ސޫރަތުގެ މި 2 ޢާޔަތް ވިދާޅުވުމަށްފަހު ކީރިތި ކުރެއްވެވި ވަރުން ދެލޯފުޅު ދުޅަވިއެވެ.
މި 2 އާޔަތް ކިތަންމެހައިވެސް ކުރެވެ. ނަމަވެސް މާނައަށް ވިސްނައިލުމުން ބިރުން ތުރުތުރު ނުއަޅާނީ ﷲ ތަޢާލާއަށް އީމާންވެގެންހުރި ކާކު ހެއްޔެވެ؟
ސުވާލަކީ ޢުމަރުގެފާނު ނަމާދުގައި ކިޔަވައިވިދާޅުވުމަށްފަހު ދެލޯފުޅު ދުޅަވަންދެން ކީރިތި ކުރެއްވެވި އާޔަތަށް މިއަދު އަހަރެމެން އެއްވެސް ބިރެއް ގަންނަމުހެއްޔެވެ؟ ލޮލުން ކަރުނަ ތިއްކެއް ވައްޓައި ނުލެވޭތަނުގައި ޤިޔާމަތް ދުވަހުގެ ޢަޛާބުގެ ވާހަކަތައް ބަޔާން ކުރައްވަވާފައިވާ މިފަދަ އާޔަތްތަކުގެ އަޑު އިވުމުން ހިތަށް އެއްވެސް ވަރެއްގެ ވަރެއްގެ ބިރުވެރިކަމެއް ވަދޭ ހެއްޔެވެ؟ ހިތަށް އެއްވެސް އަސަރެއް ކުރޭ ހެއްޔެވެ؟ ޢުމަރުގެފާނު ކީރިތި ކުރެއްވެވި ވަރަށް އަހަރެމެންނަށް ނުރޮވިދާނެއެވެ. ނަމަވެސް އަހަރެމެންގެ ހިތަށް އެންމެ ކުޑަމިނުން ބިރުވެރިކަން ނުވަންނަ ނަމަ އަހަރެމެންގެ ކިބައިގައި ވަނީ ކޮން އީމާންތެރިކަމެއް ހެއްޔެވެ؟
"އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ކަލޭގެފާނުގެ މޮޅިއާއި، ހިތާމައިގެ ޝަކުވާ ދަންނަވާކަން ކަށަވަރީ، ހަމައެކަނި ﷲ އަށެވެ. އަދި ތިއަބައި މީހުންނަށް ނޭނގޭ ކަންތައްތަކެއް، ﷲ ގެ ޙަޟްރަތުން ތިމަން ކަލޭގެފާނަށް އެނގިވަޑައިގަނެއެވެ." (ޔޫސުފް- 86)
ޢަބްދުﷲ ބިން ޝައްދާދް (ރޢ) ވިދާޅުވެފައިވެއެވެ. ޢުމަރުގެފާނު އިމާމްވެވަޑައިގެން ނަމާދުކުރައްވަމުން ޔޫސުފް ސޫރަތުގެ މި އާޔަތް ކިޔަވައި ވިދާޅުވުމަށްފަހު ކީރިތި ކުރެއްވެވިވަރުން ފަހަތްޕުޅުގައި ތިއްބެވި ބޭކަލުން އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާވަރަށް ކީރިތި ކުރެއްވެވިއެވެ.
ޢުމަރުގެފާނު އެހައި ބޮޑަށް ކީރިތި ކުރެއްވެވި މިއާޔަތުގައިވެސް އެވަނީ ހަމަ އެއްކަންކަމެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުން އަތުވެދާނެ ގަދަފަދަ ކޯފާ އާއި ޢަޛާބުގެ ވާހަކައެވެ. އެކަންކަން އަހުރެމެންނަށް ނުއެނގެނީއެވެ. އެހެނަސް ﷲ ތަޢާލާ އެކަންކަން ބަޔާންކޮށްދެއްވެވި ރަސޫލް ބޭކަލުންނަށް އެކަން އެނގިވަޑައިގަންނަވައެވެ.
Anas ibn Malik reported: The Messenger of Allah, peace and blessings be upon him, said, “Paradise and Hellfire were shown to me and I have never seen such good or evil as I have today. If you knew what I know, you would laugh little and weep often.” Source: Ṣaḥīḥ Muslim 2359
Grade: Sahih (authentic) according to Muslim
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘްފުޅުން އެނގިގެންދަނީ އެމީހަކަށް ނަރަކަ ޢާއި ސުވަރުގެ ފެނިއްޖެ މީހާ ސުވަރުގެދާން މަސައްކަތްކުރާނެ ވަރެވެ. އަދި ނަރަކައިން ސަލާމަތްވާން މަސައްކަތްކުރާނެވަރުމެއެވެ. އަދި އެމީހަކު ހީނ ސަކަރާތްޖަހައި އުފާކުރުމުގެ ބަދަލުގައި ކަރުނަ އަޅައި ރުއިން ގިނަކުރާނެ ކަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން