ދަރިންނަށްޓަކައިވެސް އަދި ކިތަންމެ ބޮޑު ކަމެއް ކުރިމަތިވިނަމަވެސް މިދުޢާކުރާށެވެ! ސަލާމަތްވެވޭނެ މަގެއް ދައްކަވާނެތެވެ! އިން ޝާ ﷲ: ޝައިޚް މުޙައްމަދު ބާޖައުރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ދަރިންނަށްޓަކައިވެސް އަދި ކިތަންމެ ބޮޑު ކަމެއް ކުރިމަތިވިނަމަވެސް މިދުޢާކުރާށެވެ! ސަލާމަތްވެވޭނެ މަގެއް ދައްކަވާނެތެވެ! އިން ޝާ ﷲ: ޝައިޚް މުޙައްމަދު ބާޖައުރު

އަހުރެމެން ދިރިއުޅެމުން މިއަންނަނީ އެތަނަކަށް ދުނިޔެ ކީނަމަވެސް ޝައިޠޯނާގެ މަރުކަޒުގައެވެ. އެހެންވެ ޝައިޠޯނާގެ ޢަމަލުތައް މީސްތަކުންނަށް ޒީނަތްތެރިވަނީއެވެ. ބޮޑެތި ފާފަތައް ކުރެވެނީއެވެ.  

އަހުރެމެންގެ ދަރިންގެ ގައަށް (ހިތަށް) ޝައިޠޯނާ އެގެންދަނީ ކޮންމެ ދުވަހަކު އެތައް ބައިވަރު ބޮޑެތި ބޮންތަކެއް އަޅަމުންނެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ގިނަ ދަރިން އެދަނީ މަގުފުރެދެމުންނެވެ. މިޙާލަތުގައި އަހުރެމެންނަށް އޮތީ ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެން ދުޢާކުރުމެވެ.  

ހަމައެކަނި ދަރިންނަށްޓަކައެއްވެސް ނޫނެވެ. ކުރިމަތިވެފައިވާ މައްސަލައަށާއި މައްސަލައިގެ ބޮޑުމިނަށް ނުބަލާށެވެ! އެއީ ފައިސާގެ ދަތިކަންކަމަށްވީނަމަވެސް ޞިއްޙީ މައްސަލައެއް ކަމަށްވީނަމަވެސް އަދި އެހެން މައްސަލައަކަށްވީނަމަވެސް މިފަދައިން ދުޢާކުރާށެވެ! އެމީހަކަށް ރަޙްމަތުގެ ދޮރުކޮޅުތައް ﷲ ތަޢާލާ ހުޅުއްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ  

رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا 

"އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ޙަޟްރަތުން އަޅަމެންނަށް ރަޙްމަތެއް ދެއްވާނދޭވެ! އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ!"

(އަލްކަހްފު: 10) 

 

- ޝައިޚް މުޙައްމަދު ބާޖޫރުގެ ދަރުސަކުން

މިއަދު އޮންލައިން