ދަރިން ނުލިބޭނަމަ ދުޢާކުރުމުގެ އިތުރުން ބޭސްފަރުވާ ކުރާށެވެ! އެއީ ހުއްދަ ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 44ސ
ދަރިން ނުލިބޭނަމަ ދުޢާކުރުމުގެ އިތުރުން ބޭސްފަރުވާ ކުރާށެވެ! އެއީ ހުއްދަ ކަމެކެވެ!

ﷲ ތަޢާލާ ދަރިން ދެއްވަވާނީ އިރާދަކުރައްވަވާ އަޅުންނަށް ކަމަސް އޮތުމަކީ ދަރިއަކު ހޯދަން މަސައްކަތް ނުކުރަން އޮތް ސަބަބެއް ނޫނެވެ. ބޭސްފަރުވާ ކުރުމުން ދަރިން ދެއްވަވާކަން އެއީ މިބަހަށް އޮތް ދަލީލެކެވެ. ކިތަންމެ ވަރަކަށް ބޭސްފަރުވާ ކުރިޔަސް ދަރިން ލިބޭނީ ﷲ ތަޢާލާ ދެއްވެވުމުންކަންވެސް ޤަބޫލުކުރަންވާނެއެވެ.  

ވީމާ މިބާވަތުގެ ކަންކަން މީހުންނަށް އޮޅޭ ގޮތަށް ދީނުގެ ވާހަކަ ކިޔައިނުދޭށެވެ. ދޭންވާނީ ޞައްޙަ މަޢުލޫމާތެވެ! އެއްވެސް ކަމަކަށް އެދި ދުޢާކޮށްފައި އަތްއުރާލައިގެން ތިބުމެއް ނެތެވެ. އެކަމެއް ޙާޞިލުކުރަން އެމީހަކަށް ކުރެވެން އޮތް މަސައްކަތެއް ކުރަންވާނެއެވެ. އެންމެ މުހިންމު ކަމަކީ ދީނުގައި ޘާބިތުވެ ހުރެގެން މަސައްކަތްކުރުމެވެ.  

ތިރީގައިވާ ސުވާލުތަކާއި ޖަވާބުތަކުން ވަރަށް ގިނަ މަޢުލޫމާތު ލިބިލައްވާނެއެވެ!  

އަޅުގަނޑުގެ ކައިވެންޏަށް މިހާރު 5 އަހަރުވެއްޖެއެވެ. ނަމަވެސް އަދި ދަރިއަކު ނުލިބެއެވެ. މިކަމުގައި ޑޮކްޓަރީ ފަރުވާ ހޯދުމަކީ ކޮންކަހަލަ ކަމެއްތޯ؟ އަދި މިކަމގައި ދެން އަޅުގަނޑު ކަންތައް ކުރާނީ ކިހިނެއް؟ 

ބަލިވެއްޖެނަމަ ބޭސް ކުރުމަށް އިސްލާމްދީނުގައިވަނީ އަންގަވާފައެވެ. ވީމާ، ދަރިޔަކު ނުލިބުމުގެ ސަބަބުން ޑޮކްޓަރީ ބޭސްކޮށްގެން ދަރިޔަކު ހޯދުމަށް މަސައްކަތްކުރުމަކީ ހުއްދަ ކަމެކެވެ.  

. އިސްލާމް ދީނުގައި ކުދިން ހޯދުމަށް ވަކި އުމުރެއް އޮވޭތޯ؟

2. ދިރިއުޅުމުގައި ހުރި އުދަޤޫ ތަކެއްގެ ސަބަބުން ދެމަފިރިއަކަށް ކުދިން ނުހޯދާ ލަސްކުރެވިދާނެތޯ؟

3. ކުދިންގެ ނަމުގެ ފަހަތަށް މަންމަގެ ނަން ލެވިދާނެތޯ؟  

އިސްލާމްދީނުގައި ކުދިން ހޯދުމަށް ވަކި ޢުމުރެއް ނުވެއެވެ.

ދިރިއުޅުމުގެ ހުރި އުދަގޫ ތަކެއްގެ ސަބަބުން ދެމަފިރިން ކުދިން ނުހޯދާ ލަސްކޮށްލުމަކީ ހުއްދަ ކަމެކެވެ.

ކުދިންގެ ނަމުގެ ފަހަތަށް ލާން ޖެހޭނީ ބައްޕަގެ ނަމެވެ. والله أعلم. 

ޒަވާޖީ ޙަޔާތާ ގުޅުންހުރި ބައެއް ސުވާލާ ޖަވާބު:   

ދެމަފިރިން ޖިމާޢުވާއިރު ޤުރުއާންޖަހާފައި ބެހެއްޓުމަކީ ކޮންކަހަލަކަމެއްތޯ؟ 

ޖިމާޢުވާ ގަޑީގައި ގުރްއާން ޖަހާފައި ބެހެއްޓުން ރަގަޅެއް ނޫނެވެ. ސަބަބަކީ ގުރްއާން ޖަހާފައި ހުންނަނަމަ އެޔަށް ކަނުލާ އަޑުއަހަން ޖެހޭނެއެވެ. ނަމަވެސް ޖިމާޢުވާ ގަޑިއަކީ އެފަދަ ގަޑިއަކަށް ނުވާނެތީވެ، އެގަޑީގައި ގުރްއާން ޖެހުމަކީ ރަގަޅު ކަމެއް ނޫނެވެ. والله أعلم. 

މިސާލަކަށް ފިރިމީހާ ބުނަނީ ތިމަންނައަށް ރަނގަޅީ ނުވަތަ ރީތީ ޖުއްބާއޭ މިކިޔާފާޑުގެ ހެދުމުގައި ފާޑުފާޑުގެ ރޭނދާ އަޅާފަ ލިއްޔާއޭ. އެހެންވީމާ ދެން ހަރުވާޅު ހެދުން ބަދަލުކުރާށޭ. އެހެންނަމަ އަނބިމީހާ ފިރިމީހާ ބުނާ ގޮތަށް ޖުއްބާ ލުން އެއީ ރަނގަޅު ކަމެއްތާ؟  

ﷲ އަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި ފިރިމީހާ އަށް ކިޔަމަންތެރި ވުމަކީ އަނބިމީހާގެ މައްޗަށް ވާޖިބު ކަމެކެވެ. ވީމާ، ފިރިމީހާ ޖުއްބާ ލާން އެދިއްޖެނަމަ އެގޮތަށް ހެނދުން ބަދަލު ކުރަން ޖެހޭނެއެވެ.والله أعلم. 

އަޅުގަޑުގެ ޒަވާޖީ ހަޔާތައް 14އަހަރުވަނީއެވެ. ނަމަވެސް މިހާރުފިރިމިހާ ބޭނުންވަނީ އަޅުގަޑާއި ވަކިވާށެވެ. އެއީ އަޅުގަޑަކީ ރުޅިގަދަމީހަކަށްވެފައި ދަރިންގެ ކުރިމަތީގަވެސް އޭނާއާ ދިމާއަށް އެއްޗެތި ބުނެވޭތީ އޭގެސަބަބުން ދަރިން އޭނާއަށްކުރާ އިހްތިރާމް ނުކުރާނެކަމަށް ބުނެއެވެ. ނަމަވެސް އަޅުގަޑު މިކަމާ ދެރަވެ ދަރިންނަށްޓަކައި މައާފަށް އެދި ރުޅިއަންނަނީ ފިރިމީހާގެ އަޅާލުން ނުލބޭތީކަމަށް ބުނީމެވެ. ނަމަވެސް އޭނާ ބުނާގޮތުގައި މިމައްސަލައިގެ ހައްލަކީ ދެމީހުން ވަރިވުން ކަމަށެވެ. މިކަމަށް ހައްލެއް ހޯއްދަވާ ދެއްވާށެވެ. 

ތިޔަ މައްސަލަ ޙައްލުކުރުމަށް ދެފަރާތުގެ ޢާއިލާ އިން މަންދޫބަކު ހޯދައިގެން އެމީހުންގެ އެހީތެރިކަން ހޯދުން މުހިންމު ކަމުގައި ދެކެމެވެ. والله أعلم. 

އަނބިމީހާ ވަރިކުރުމައްފަހު އިއްދާގައި  އިންނަ ދުވަސްވަރު އެމީހާއާ ރޭކުރެވިދާނެތޯ؟ 

ރަޖްޢީ ވަރިޔަކުން ވަރިކޮށްފައިވާނަމަ ޢިއްދާގެ ދުވަސްވަރުގައި އަނބިފިރިކަމުގެ ގުޅުން ހިންގިދާނެއެވެ. މިގޮތަށް ގުޅުން ހިންގައިފިނަމަ ކައިވެނި އަލުން ރުޖޫޢަވާނެއެވެ. والله أعلم. 

ފިރިމީހާއަށް ޝައްކުކުރުމަކީ ކޮންކަހަލަކަމެއް؟ 

އެއްވެސް މީހެއްގެ މައްޗަށް ޙައްގަކާ ނުލާ ޝައްކު ކުރުމަކީ ރަގަޅު ކަމެއް ނޫނެވެ.والله أعلم. 

ބައިވެރިޔާ އެދޭނަމަ ޖިންސީ ގުނަވަން ބޮޑުކުރަން ފަރުވާ ހޯދުމަކީ ކޮންކަހަކަމެއްތޯ؟  

ޞިއްޙީ ގޮތުން ގެއްލުމެއް ނުވާނަމަ މައްސަލަ އެއް ނެތެވެ. والله أعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

މިއަދު އޮންލައިން