ބައިވެރިޔާ ބޭވަފާތެރިވާނަމަ ދެލޯ މަރާލާފައިވެސް ވަކިވާންޖެހޭނެ ޙާލަތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ބައިވެރިޔާ ބޭވަފާތެރިވާނަމަ ދެލޯ މަރާލާފައިވެސް ވަކިވާންޖެހޭނެ ޙާލަތު!

ބައިވެރިޔާ ބޭވަފާތެރިވުމުން ނަޞޭޙަތްދިނީއެވެ. އެކަމަކުވެސް ޤަބޫލުނުކޮށް އަނެއްކާވެސް ބޭވަފާތެރިވީއެވެ. އަނެއްކާވެސް ބޭވަފާތެރިވީއެވެ. އެކަން ތަކުރާރުވަނީއެވެ

މިޙާލަތުގައި ބައެއް މީހުން އަވަސްވެގަންނަނީ ކޮންމެވެސް މީހަކު މެދުވެރިކޮށް އޭނާއަށް ނަޞޭޙަތް ދިނުމަށެވެ. އެއީއަކީވެސް މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ ގިނަފަހަރު މީހެއްގެ ގާތަށް ގެންދަން ޖެހުމުންނެވެ.  

އެއިރުންވާގޮތަކީ ގިނަފަހަރު އެމީހާއަށް ވިސްނޭނީ މައްސަލަ ޖެހިގެން އުޅެނީ ތިބާއަށް ކަމަށެވެ. އެހެންވެ ފަރުވާދޭންޖެހޭ މީހާ އޮޅޭނެއެވެ. ފަރުވާދޭންޖެހޭ މީހާ ދައްކާ ވާހަކަ ޤަބޫލުކުރެވި ތިބާ ކުށްވެރިކުރެވެން ފަށާނެއެވެ. 

އެކަން އެގޮތަށް މެދުވެރިވާ ސަބަބަކީ ތަކުރާރުކޮށް ބޭވަފާތެރިވާއިރުވެސް ފިޔަވަޅު ނުއަޅައި ފަރުވާކުރަން މަސައްކަތްކުރެވޭތީއެވެ. ތަކުރާރުކޮށް ބޭވަފާތެރިވާނަމަ ފުރަތަމަ ކުރަން އޮތް ކަމަކީ އަމިއްލައަށް ނަޞޭޙަތް ދިނުމެވެ. ތަކުރާރުކޮށްފިނަމަ ފިޔަވަޅު އަޅަންޖެހޭނެއެވެ. ދެވަނަ ފަހަރު ތަކުރާރުކޮސްފިނަމަ އިތުރު ފިޔަވަޅު އަޅަންވާނެއެވެ. މީހެއްގެ ގާތަށް ނަޞޭޙަތްދޭން ގެންދަންވާނީ އެއިގެ ފަހުންނެވެ. އެމީހާގެ ނަޞޭޙަތްވެސް ޤަބޫލުނުކޮށް ތަކުރާރުކޮށްފިނަމަ އެއިގެ މާނައަކީ ތިބާ މުހިންމެއް ނޫނެވެ. އެހިސާބުން އޮންނާނީ ދެލޯމަރާލާފައިނަމަވެސް އެމީހަކާއި ވަކިވުމެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން