ވިސްނައި ބޯތަޅަންވީ ދަރިން ނުބައި މަގުން ދާންފެށުމަކުން ނޫން! ސަމާލުކަންދޭންވީ ދެމަފިރިން ރޭކުރާއިރު ކިޔަން އޮތް މިދުޢާ ކިޔުމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 16ސ
ވިސްނައި ބޯތަޅަންވީ ދަރިން ނުބައި މަގުން ދާންފެށުމަކުން ނޫން! ސަމާލުކަންދޭންވީ ދެމަފިރިން ރޭކުރާއިރު ކިޔަން އޮތް މިދުޢާ ކިޔުމަށް!

ހިތާމައާއިއެކުވެސް މިއަދު ބުނަން މިޖެހެނީ ދަރިން ލިބުމަކީ ކިތަންމެ ބޮޑު ނަޞީބެއް ނަމަވެސް ދަރިން ބޮޑެތިވުމުން ކަންބޮޑުވެ ހިތާމަކުރަން ނުޖެހޭ މައިންބަފައިންގެ ޢަދަދު މިދަނީ މަދުވަމުންނެވެ. 

ކޮންމެ ކަމަކުންވެސް ރައްކައުތެރިވެވޭނެ މަގު ﷲ ތަޢާލާ ވަނީ ދައްކަވައިފައެވެ. ޤުރްއާނުންނާއި ސުންނަތުން ފެންނަން އެބައޮތެވެ. އަހަރެމެންނަށް އެކަން ބަލައި ގަނެ ޢަމަލު ނުކުރެވެނީއެވެ. 

ދަރިން ލިބެނީ ދެމަފިރިން އެއްދާންކުރުމުންނެވެ. އެހެންކަމަށްވާއިރު ނިކަން ބުނެބަލާށެވެ! ދެމަފިރިން އެއްދާންކުރާއިރު މިފަދަ ދުޢާއެއް ކިޔަނީ ކިތައް މީހުން ބާވައެވެ!   

بِاسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا  

މިދުޢާއަކީ ފިރިހެނާ އޭނާގެ އަނބިމީހާއާ ރޭކުރުމަށް އެދޭއިރު ކިޔުމަށް ޝަރުޢުކުރެވިފައިވާ ދުޢާއެވެ. އިބްނު ޢައްބާސް رضي الله عنهما ރިވާކުރައްވާފައިވާ ޙަދީޘްގައިވެއެވެ. 

(لَوْ أَنَّ أَحَدَكُمْ إِذَا أَرَادَ أَنْ يَأْتِىَ أَهْلَهُ قَالَ بِسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا فَإِنَّهُ إِنْ قُضِيَ بَيْنَهُمَا وَلَدٌ فِى ذَلِكَ لَمْ يَضُرَّهُ الشَّيْطَانُ أَبَدًا). 

"متفق عليه، ورواه أصحاب السنن وغيره" 

މާނައީ: "ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ."  

"ހަމަކަށަވަރުން ތިއަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަނބިމީހާއާ ޖިމާޢުވުމަށް ބޭނުންވެއްޖެ ހިނދު މިފަދައިން ބުނެފިނަމަ "އޭ މާތްﷲއެވެ. އަޅަމެން ޝައިތާނާ އާ ދުރުކޮށްދެއްވާނދޭވެ. އަދި އަޅަމެންނަށް ދެއްވާ ރިޒްޤުންވެސް (އެބަހީ: ދަރީންގެ ކިބައިން) ޝައިޠާނާ ދުރުކޮށް ދެއްވާނދޭވެ." ހަމަކަށަވަރުން އެދެމީހުންގެ ފަރާތުން ދަރިއެއް ލިބުމަށް މިންވަރު ކުރެވިފައިވާނަމަ އެކުއްޖާއަށް އެއްގޮތަކަށްވެސް ޝައިޠާނާގެ އުނދަގޫ ނުފޯރާނެއެވެ"  

އަންހެންމީހާ އެދުޢާ ކީ ނަމަވެސް އެއީ މައްސަލައެއްނޫނެވެ. އެހެނީ އަޞްލަކީ [އެކަމަކީ ވަކިބަޔަކަށް] ޚާއްޞަކުރެވިފައިވާކަމެއްކަމުގައި ނުވުމެވެ.

 

- ޙަދީޘްގެމާނަ: ދިސަލަފިއްޔާ

 

 

މިއަދު އޮންލައިން