ގިނަބައެއްގެ ދިރިއުޅުމަށް ނުބައި އަސަރުތައްކުރާ އެންމެ ބޮޑު އެއް ސަބަބަކީ އެމީހެއްގެ އެކުވެރިންނާއި އަވަށްޓެރިން ކަމަށް ބެލެވެއެވެ. އެހެންވީމާ އެކަމަށް ހޭލުންތެރިވެ ތިބެން އެބަ ޖެހެއެވެ. ހޭލުންތެރިވެ ތިބުމަކީ ރައްކައުތެރިވެ ތިބުމެވެ. ރައްކައުތެރިވެ ތިބެން ކުރަން އޮތް ކަމަކީ ﷲ ތަޢާލާއަށް ދުޢާކުރުމެވެ. އެކަލާނގެ ޙަޟްރަތުން ވާގިހޯދަން މަސައްކަތްކުރުމެވެ.
މިއީ ނުބައި އެކުވެރިންނާއި ނުބައި އަވަށްޓެރިންގެ ކިބައިން ސަލާމަތްކަން އެދިގެން ކުރެވިދާނެ ދުޢާއެކެވެ. މިދުޢާގެ މާނައިގައިވަނީ:
"ޔާ ﷲ! ނުބައި ދުވަސްތަކުންނާއި ނުބައި ރޭތަކާއި ނުބައި ގަޑިތަކާއި ނުބައި އެކުވެރިންނާއި މިއަޅާ ދިރިއުޅޭ ގޭގެ ވަށައިގެންވާ ނުބައި އަވަށްޓެރިންގެ ކިބައިން މިއަޅާއަށް ސަލާމަތްކަން ދެއްވަވައިފާނދޭވެ!"
Dua to be protected from all types of evil:
|
Dua to be protected from Evil |
|
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ يَوْمِ السُّوءِ، وَمِنْ لَيْلَةِ السُّوءِ، وَمِنْ سَاعَةِ السُّوءِ، وَمِنْ صَاحِبِ السُّوءِ، وَمِنْ جَارِ السُّوءِ فِي دَارِ الْمُقَامَةِ |
|
Translation |
|
O Allah, I seek refuge in You from bad days, bad nights, bad hours, bad companions, and bad neighbors in my place of residence. |
Sources: Mu‛jam Al-Tabaraani No# 810