ޤުރްޢާނާ ކިޔަވާ މީހަކަށް އޭނާގެ ހުރިހާ ކަމެއް ފަސޭހަވެގެންދާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ޤުރްޢާނާ ކިޔަވާ މީހަކަށް އޭނާގެ ހުރިހާ ކަމެއް ފަސޭހަވެގެންދާނެ!: މުފްތީ މެންކް

ނުބައި ނިޔަތެއް ނެތި މިސްކިތަށް ވަދެއްޖެނަމަ ކާފިރުްނނަށްވެސް ބަދަލުތަކެއް އައުދެއެވެ. ބައެއް މީހުން އިސްލާމްވާ ސަބަބަކަށްވެސް އެކަން ވެއެވެ. އެހެންވެ ބައެއް ޤައުމުތަކުގެ ބައެއް މިސްކިތްތައް ޚާއްޞަ ދުވަސްތަކުގައި އެހެންދީންތަކުގެ މީހުންނަށްވެސް ހުޅުވާލައެވެ. އެދުވަހު ކާފިރުންވެސް މިސްކިތައް ވަދެއެވެ. އެގޮތަށް ވަދެފައި ނުކުތް މީހެއްގެ ގާތުގައި މިސްކިތަށް ވަނުމުން ކުރެވުނު އިޙްޞާޞްތަކާއިބެހޭގޮތުން ނިކަން ސުވާލުކޮށްބަލާށެވެ!  

އެއްވެސް ޖެހިލުމެއް ނެތި ޖަވާބުގައި ކޮންމެ މީހަކުވެސް ބުނާނީ (ތެދުހަދާނަމަ) ހިތްހަމަޖެހުން ލިބުނު ކަމަށެވެ. ވީމާ މިސްކިތަށް އެރުމުން އަހަރެމެން މުސްލިމުންނަށް ހިތްހަމަޖެހުން ނުލިބެންވީ ކީއްވެގެން ހެއްޔެވެ؟ ލިބޭނެއެވެ. އިން ޝާ ﷲ  

ލޮބުވެތި އަންހެނުންނޭވެ! ތިއަކަނބަލުން ޛިކުރުކުރަން މުސައްލަ މަތީގައި ޛިކުރުކުރަން ނިކަން ވަޤުތު ހޭދަކޮށްބަލާށެވެ! ހިތްހަމަޖެހުން ލިބޭނެއެވެ.  

ބައެއް މީހުން ސުވާލުކުރެއެވެ. "ޤުރްއާން ކިޔަވަން އެންމެ ރަނގަޅީ ކޮން އެއްޗަކުން ހެއްޔެވެ؟"  

އަހުރެންގެ ޖަވާބަޚީ މީސްތަކުންނޭވެ! މުޞްޙަފުންވިޔަސް، ފޯނުންވިޔަސް އަދި އެހެން ވަސީލަތަކުންކަމަށްވިޔަސް ޤުރްޢާން ކިޔަވަންވީއެވެ. އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް ކެރިކުޅަދާނަވީ ވަރަކުން މުޞްހަފް ބަލައިގެން ކިޔަވާށެވެ!  

މިބުނަނީ އެހެން އެއްޗަކުން ނުކިޔަވާކަށް ނޫނެވެ. ނަމަވެސް އެހެން އެއްޗެތީގައި އަތްލަން ވުޟޫކުރާކަށް ނުޖެހެއެވެ. ނަމަވެސް މުޞްޙަފްގައި އަތްލާނަމަ ވުޟޫކުރަން ޖެހޭނެއެވެ. އެހެންވީމާ މުޞްހަފްގެ ދަރަޖަ އުފުލިގެން އެބަދެއެވެ. ވީވަރަކުން މުޞްޙަފުން ކިޔަވަން މިބުނަނީ އެހެންވެގެންނެވެ.  

މީސްތަކުންނޭވެ! އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބައަކަށް މިއުޅެވެނީ ޤުރްއާނާއި ތަންކޮޅެއް ދުރުގައެވެ. އަނެއްބައަކަށް މާބޮޑަށް ދުރުގައެވެ. އެކަން އިޞްލާޙްކޮށްލާށެވެ! ކޮންމެ ނަމާދަކަށްފަހު 2 އާޔަތް ނަމަވެސް ކިޔަވައިލާށެވެ. މާނަކިޔައިލާށެވެ. ހަފްތާއަކު 2،3 ފަހަރު ނަމަވެސް ތަފްސީރުން ފަސޭހަ މިންވަރެއް ކިޔައިލާށެވެ.  

ވަކިކަމަކަށް ނޫނެވެ. ދިރިއުޅުމުގެ ހުރިހާ ކަންކަމަށް އަންނަ ހެޔޮބަދަލުތައް ފެންނަން ފަށާނެއެވެ. ހިތްދަތިކަން ފިލަންފަށާނެއެވެ. އުފާވެރިކަން ލިބެން ފަށާނެއެވެ. އިން ޝާ ﷲ ދަލީލަކަށް ކުރިން ބަޔާން ކުރި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ދުޢާ ފުދޭނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން