އެހެން މީހަކަށް ރީތި ބައިވެރިއަކު ލިބުމުން ހަސަދަވެރިނުވެ އުފާކޮށް ހެޔޮދުޢާކުރުމަކީ އެދުޢާގެ ސަބަބުން ތިބާގެ ބައިވެރިޔާގެ ރީތިކަން އިތުރުވެގެންދާނެ ސަބަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އެހެން މީހަކަށް ރީތި ބައިވެރިއަކު ލިބުމުން ހަސަދަވެރިނުވެ އުފާކޮށް ހެޔޮދުޢާކުރުމަކީ އެދުޢާގެ ސަބަބުން ތިބާގެ ބައިވެރިޔާގެ ރީތިކަން އިތުރުވެގެންދާނެ ސަބަބެއް!

ހިތުގައި އެހެން މީހުންގެ މައްޗަށް ޙަސަދަވެރިކަން އުފެދެނީ ތިމާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢުމަތްތަކާއި އެހެން މީހުންނަށް ދެއްވަވާފައިވާ ނިޢުމަތްތަކާއި އަޅުވައި ވިސްނޭތީއެވެ. ފުރަތަމަ ކަމަކަށް އެފަދަ ގޮތަކަށް ވިސްނުމަކީވެސް ކުރެވޭ ފާފައެކެވެ.  

ޙަދީޘްފުޅުގައި އޮތީ އެހެން މީހުންނަށް ދެއްވަވާ ނިޢުމަތްތަކަށް ނުބެލުމަށެވެ. ތިމާއަށްވުރެ ގިނައިން ދެއްވަވާފައިވާ މީހުންނަށް ދެއްވަވާފައިވާ ނިޢުމަތްތަކާއިމެދު ނުވެސް ވިސްނުމަށާއި ތިމާއަށްވުރެ މަދުން ދެއްވަވާފައިވާ މީހުންނާއިމެދު ވިސްނުމަށެވެ.  

ޙަސަދަވެރިވެ އެސްފީނާ ލެވެނީ މިޙަދީޘްފުޅަށް ޢަމަލުނުކުރެވޭތީއެވެ. މީސްތަކުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެކުވެރިންގެ މެދުގައި އޮންނަންޖެހޭ ގުޅުންތައް ނެތެމުން މިދަނީވެސް މިޙަދީޘްފުޅަށް ޢަމަލުނުކުރެވޭތީއެވެ.  

އެހެން މީހަކަށް ރީތި، ތަނަވަސް ބައިވެރިއަކު ލިބުނަސް އުފާކޮށް ހެޔޮދުޢާކުރާށެވެ! އެދުޢާގެ ސަބަބުން ތިބާގެ ބައިވެރިޔާގެ ރީތިކަން އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ  

އެކަން މެދުވެރިވާ ގޮތްވެސް ކިޔައިދޭނަމެވެ. ތިބާގެ ބައިވެރިޔާގެ ސިފައަށް ބަދަލު ނައިސް ހުރި ސިފައިގައި ހުރިނަމަވެސް ތިބާއަށް ބައިވެރިޔާ ފެނުމުން ލިބޭ އުފާވެރިކަމާއި ހިތްހަމަޖެހުން އިތުރުވެގެންދަނީއެވެ. އެއިރުން އެއޮތީ މައްސަލަ ޙައްލުވެފައި ނޫން ހެއްޔެވެ؟  

ދެން އޮތީ އެކުވެރިއަކަށް ތަނަވަސްކަން އިތުރުވުމެވެ. ހަމަގައިމުވެސް އެއްވެސް މީހަކަށް ތަނަވަސްކަން އިތުރުވެގެން ތިބާއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތެވެ. ކުރިއްޔާ ކުރާނީ ފައިޑާއެކެވެ. އެހެންކަމަށްވާއިރު މީހަކަށް ތަނަވަސްކަން އިތުރުވެގެން ތިބާ ކަންބޮޑުވެ ޙަސަދަވެރިވާންވީ ކީއްވެގެން ހެއްޔެވެ؟

 

- މަޢުލުމާތު މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން