ތިބާގެ ޙަޔާތާ ދުރުވެފައިވާ މީހަކު އަނބުރާ ގެންނަނަމަ ޢަމަލުން ނުދައްކަނީސް ކުރިން ކުރިވަރަށް އިތުބާރުކުރަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ތިބާގެ ޙަޔާތާ ދުރުވެފައިވާ މީހަކު އަނބުރާ ގެންނަނަމަ ޢަމަލުން ނުދައްކަނީސް ކުރިން ކުރިވަރަށް އިތުބާރުކުރަން ހެޔޮނުވާނެ!

އެއީ ތިބާ އެމީހަކު ދެކެ ލޯބިވެގެން އުޅުނު މީހަކު ނަމަވެސް އަދި ކައިވެނިކޮށްގެން އުޅުނު މީހަކު ނަމަވެސް އަދި ގާތް އެކުވެރިންގެ ތެރެއިން މީހަކުނަމަވެސް ތިބާގެ ޙަޔާތާއި ދުރަށް ގޮސްފައި އެނބުރި އަންނަނަމަ ނުވަތަ އަނބުރާ ގެންނަނަމަ ޢަމަލުން ނުދައްކަނީސް ކުރިން ކުރިވަރަށް އިތުބާރުކުރަން ހެޔޮނުވާނެއެވެ.  

މޮޅު ވާހަކަ ދެއްކުމަކީ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. ކުރަން އުނދަގޫކަމަކަށްވަނީ ތެދުވެރިވުމެވެ. ތިމާ ދައްކާ ވާހަކަ އާއި އެއްގޮތަށް ޢަމަލުކުރުމެވެ. މިއަދު މަދުވެގެން މިއުޅެނީ ބަހާއި ޢަމަލު އެއްގޮތް މީހުން ވީމައެވެ. އެއީ މިއަދު ވަރަށް މަދު ބައެކެވެ.  

ދެވަނަ ފުރުޞަތު ނުދޭކަށް ނުބުނަމެވެ. ކުރަން މިބުނާ ކަމަކީ ކުރީގެ ތަޖުރިބާއަށް ބަލައި ހޭލުންތެރިވުމެވެ. "މިހާރު ވިސްނިއްޖެ! ވަރަށް ދެރަވެއްޖެ! ދެން އެފަދަ ކަމެއް ނުކުރާނަން! ޢުމުރަށް ތެދުވެރިވާނަން! ދުވަހަކުވެސް ދެރައެއް ނުވާނެ ކަމެއް ނުކުރާނަން!" މިހުންނަނީ ގިނަ ބައަކު ވަރަށް ފަސޭހައިން ބުނެލާ އަތްމަތީ ބަސްތަކެކެވެ. ނަމަވެސް އެބުނާ ބަސްތަކަށް ޢަމަލުކުރާނީ ވަރަށް މަދު މީހެކެވެ.  

ދެވަނަ ފުރުޞަތު ދިނުމުން މަދު ޙާލަތުގައިވެސް ފައިދާކުރެއެވެ. ނަމަވެސް އެއީ ނެގޭ ބޮޑު ރިސްކެކެވެ. އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ އެމިހާ ޢަމަލުކުރާ ގޮތް ބެލުމެވެ. ބުނިގޮތާ އެއްގޮތަށް ކަންކަން ކުރާކަން ޢަމަލުން ފެންނަންދެން ރައްކައުތެރިވެގެން އުޅުމެވެ. ނޫންނަމަ ލިބޭ ދެރަ އޮންނަނީ ގިނަ ފަހަރު މާބޮޑުވެފައެވެ.

 

- ތަޖުރިބާކާރު ޢިލްމުވެރިއެއްގެ ވާހަކަފުޅަކުން

 

މިއަދު އޮންލައިން