ހިތިގަހަކީ ހައްދަންޖެހޭ ގަހެއް! ފަތުން ކުރާ ފައިދާތައް ވަރަށް ގިނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ހިތިގަހަކީ ހައްދަންޖެހޭ ގަހެއް! ފަތުން ކުރާ ފައިދާތައް ވަރަށް ގިނަ!

އެފްރިކާގެ ޤައުމުތަކުގައި ހުރިހާ ބައްޔަކަށް ފަރުވާކުރަން 2 ފަތެއް ބޭނުން ކުރެއެވެ. އެއީ މުރަނގަފަތާއި ހިތިފަތެވެ. 

ހޯމް ޑޮކްޓަރުގެ ނަމުން ނަންދީފައިވާ މި 2 ފަތުގެ ތެރެއިން ހިތިފަތަކީ މަދިރިވެސް ދުރުކޮށްދީ ރޯގާޖެހުންވެސް ދުރުކޮށްދޭ ފަތެކެވެ. ހިތިފަތުގައި އެންޓިބައިޓިކް އެކުލެވޭކަން ވަނީ ހާމަވެފައެވެ.

ފާނަބަސަންދުފަދަ ބަލިތައް ޖެހުމުން ހިތި ފަތް ބޭނުންކުރުމުން ލުއި ލިބި އުނދަގޫތައް ކުޑަވެ އަވަހަށް ފަސޭހަވާކަން އެއީ އެކަން އަންގައިދޭ ކަމެކެވެ. 

ރާއްޖެއަށް ބަލައިފިނަމަ ބައެއް ރަށްރަށުގެ ސްކޫލްތަކުގައި ހިތިގަސް ހައްދާފައި ހުރެއެވެ. އެކަމުގެ ސަބަބުން މިބުނި ފައިދާތައް ކުރާކަމަށް ބައެއް ސްކޫލްތަކުން ވަނީ ބުނެފައެވެ. 

ހިތިގަސް ހެއްދުމަކީ އުނގޫކަމެއް ނޫނެވެ. ރޯގާތައް މިހައިގިނަވެފައި މަދިރީގެ އުނދަގުލުން ސަލާމަތްވުމަށް ހިތިގަސް ހައްދަން މަސައްކަތްކުރުން މުހިންމެވެ. 

ތަޖުރިބާއިން އެނގޭ ގޮތުގައި ހިތިފަތަކީ ބްލްޑަޕްރެޝަރ ތިރިކޮށްދީ އަދި ބޭރަށް ހިންގުން ފަދަ ކަންކަމަށްވެސް ލުއިލިބޭ ފަތެކެވެ.  

 

މިއަދު އޮންލައިން