ފަތިސްނަމާދަށް ނުހޭލެވޭ މީހުން ވަރަށް ގިނައެވެ. އަދި ފަތިސްނަމާދަށް ހޭލެވޭ މީހުންގެ ތެރެއިން މީހަކަށްވެސް ފަތިސްނަމާދަށް ނުހޭލެވިވެސް ހިނގައިދާނެއެވެ. މިފަދަ ގޮތެއް މެދުވެރިވެގެން ލަހުން ހޭލެވިއްޖެނަމަ ގިނަ ބައަކަށް ވިސްނެނީ މެންދުރުނަމާދަށް ތަންކޮޅެއްކުރިން ގޮސް ފަތިސްނަމާދު ޤަޟާކޮށްލުމަށެވެ.
މިއީ ވަރަށް ނުރައްކައުތެރި ނިންމުމެކެވެ. މިނިންމުމަކީ ސީދާ ޝައިޠޯނާގެ ކެހިވެރި ރޭވުންތަކުގެ ތެރެއިން ޖަހާ ވަރަށް ނުބައި މަޅިއެކެވެ.
ފުރަތަމަ ކަމަކީ އެކަންކުރަން އޮތް ގޮތާއި ޚިލާފްވެވޭކަމެވެ. ސަބަބަކީ ސުންނަތުގައި އޮތީ ފުރަތަމަ ކަމަކަށްވެސް އިހުސުންނަތާއި ފަތިސްނަމާދު ޤަޟާކުރުމެވެ.
ދެވަނަ ކަމަކީ ދެނަމާދު އެއްކުރަން ނިޔަތްގަނެގެން ތިބޭ ގިނަ ބައަކަށް އެކިއެކި ކަންކަން ދިމާވަމުންގޮސް ގިނަ ފަހަރަށް ނަމާދަށް އެރޭނީ އެންމެ އަވަހަށްވެސް މެންދުރުނަމާދުގެ ބަންގިއަށެވެ. އެއިރުން މެންދުރު ނަމާދުގެ އިހުސުންނަތް ކުރުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. ފަތިސްނަމާދު ޤަޟާކުރަން ޖެހޭނެތީއެވެ.
ބަންގިގޮވުމުން ފަތިސްނަމާދުގެ އިހުސުންނަތާއި ފަތިސްނަމާދުގެ އިހުސުންނަތް ޤަޞާކޮށްފިނަމަ މެންދުރުނަމާދުގެ އިހުސުންނަތުގެ 4 ރަކްޢަތް ގެއްލިގެންދާނެއެވެ. ދެން އޮތީ ފަތިސްނަމާދުގެ އިހުސުންނަޓާއި މެންދުރުނަމާދުގެ އިހުސުންނަތުން 2 ރަކްޢަތް ކުރުމެވެ. އެއިރުން ފަތިސްނަމާދުގެ އިހު ސުންނަތާއި މެންދުރުނަމާދުގެ އިހުސުންނަތުން 2 ރަކްޢަތް ގެއްލިގެން ދިއައީއެވެ. ފަހުން އޮންނާނީ ޤަޞާ ނުކުރެވިފައެވެ.
އުޚުތުންނަށް މެދުވެރިވާނެ ގޮތަކީ ގިނަ ނަމާދުތަކެއް އެއްފަހަރާ ކުރަންވުމުން އޮންނާނީ ނުކުރެވިފައެވެ. އެއީ ގޭތެރޭގެ މަސައްކަތާއި ދަރިންބެލުމުގެ ކަންކަން ކުރަންޖެހޭނެތީއެވެ.
ވީމާ އެންމެ ސަލާމަތްކަން ބޮޑު ގޮތަކަށް އޮތީ ސުންނަތުގައިވާ ފަދައިން ހޭލެވުނުހައި އަވަހަކަށް ތިމާކުރާ ފުރަތަމަ ކަމަކީ ފަތިސްނަމާދުގެ އިހުސުންނަތާއި ފަތިސްނަމާދު ޤަޟާކުރުން ކަމުގައި ހެދުމެވެ. ޝައިޠޯނާގެ ކެހިވެރިމަޅިތަކުން ސަލާމަތްވެވޭނީ އެއިރުންނެވެ. އަދި ތިމާއަށް އެންމެ ބޮޑަށް ފައިޑާކުރާނީވެސް އެއިރުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން