ގޭގެ އެންމެން އެއް މަޖިލީހެއްގަ ކެއުމަކީ ވަރަށް ގިނަ ފައިދާތައް ކުރާނެ ކަމެއް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ގޭގެ އެންމެން އެއް މަޖިލީހެއްގަ ކެއުމަކީ ވަރަށް ގިނަ ފައިދާތައް ކުރާނެ ކަމެއް!

ޢާއިލީ ގުޅުން ބަދަހިކުރުމަށް އިސްލާމް ދީން ވަރަށް ބޮޑަށް އަޅައެވެ. އެގޮތުން އާއިލާގެ އެންމެންވެސް އެއްވަގުތެއްގައި ކާމޭޒުދޮށުގައި ތިބެގެން ކެއުމާއި އެވަގުތަކީ އާއިލާގެ އެންމެން ގުޅުން ބަދަހިކޮށްލާ، ވާހަކަތައް ހިއްސާކުރާ ވަގުތަކަށް ހެދުމަކީވެސް ކެއުމުގެ އަދަބުތަކުގެތެރެއިންވާ ކަމެކެވެ.  

ރިވެތި އަޚުލާޤައި ސިފަތަކުން ޒީނަތްތެރިވުމަކީ އަހަރެމެންގެ ދީން ވަރަށް ބޮޑަށް ބާރު އަޅުއްވާ ކަމެކެވެ. އެގޮތުން ކެއިންބުއިމުގައިވެސް އަހަރެމެން ގެންގުޅެންޖެހޭ މުހިއްމު އާދަތަކަކާއި އަދަބުތަކެއްވެއެވެ. 

ކެއުމުގެ އަދަބުތަކުގެ ތެރެއިން ބައެއް އަދަބުތަކަކީ:

·      އަބަދުވެސް ބިސްމީގެ ބަރަކާތުން ފެށުން

·      އަތުން ކާނަމަ ތިން އިނގިލި ބޭނުންކޮށް، ކުޑަ އެތިއެތިކޮޅުން ކެއުން

·      ކާއެއްޗެހި ހަފާއިރު އަނގަ ހުޅުވާ ބޭކާރު އަޑު ނެރުމުން ދުރުހެލިވުން

·      އާއިލާގެ އެންމެންވެސް އެއްވަގުތެއްގައި ކާމޭޒުދޮށުގައި ތިބެގެން ކެއުން

·      އެވަގުތަކީ އާއިލާ އެންމެން ގުޅުން ބަދަހިކޮށްލާ، ވާހަކަތައް ހިއްސާކުރާ ވަގުތަކަށް ހެދުން

·      ކެއުމަށްފަހު އެކަލާނގެއަށް ޝުކުރުވެރިވުން

·      ކާންހުރި ތަކެއްޗައް ފާޑުކިޔާނުހެދުން

·      ކެއުމަކަށް ދަޢުވަތު ލިބިއްޖެނަމަ، ދަޢުވަތު ދިން މީހާއަށް ހެޔޮ ދުޢާކޮށްދިނުން

·      އިސްރާފުވާވަރަށް ތަށްޓަށް ކާތަކެތި ނޭޅުން

·      ބަނޑުފުރޭވަރަށް ނުކެއުން

·      ރަނާއި ރިހިން ހަދާފައިވާ ވަޞީލަތްތައް ކެއުމުގައި ބޭނުންނުކުރުން

·      ކާތަކެތި އިސްރާފުނުކުރުން

·      ކެއުމުގެ ކުރިންނާއި ފަހުން އަތް ދޮވުން

·      ކެއުމަށްފަހު އަނގަދޮވުން

 

 

 

https://www.ahlanwasahlan.co.uk/good-etiquette-and-manners-of-eating-in-islam/

މިއަދު އޮންލައިން