ނުބައި މީހަކާ ކައިވެނިކުރެވިގެން ނަމަވެސް ދަރިން ނިކަމެތިވެ ޙާލުގައި ޖެހޭ ދުވަހު ބާކީކޮށްނުލާށެވެ! ބާކީކުރީމާ ގިނަފަހަރު އެކަންވަނީ ދަރިފުޅު ނަރަކައަށް ފޮނުވައިލުން ފަދަ ކަމަކަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ނުބައި މީހަކާ ކައިވެނިކުރެވިގެން ނަމަވެސް ދަރިން ނިކަމެތިވެ ޙާލުގައި ޖެހޭ ދުވަހު ބާކީކޮށްނުލާށެވެ! ބާކީކުރީމާ ގިނަފަހަރު އެކަންވަނީ ދަރިފުޅު ނަރަކައަށް ފޮނުވައިލުން ފަދަ ކަމަކަށެވެ!

އަހުރެމެން ކޮންމެ މީހަކީވެސް ހަމަ އިންސާނެކެވެ. ކުށްތައް ކުރެވޭނެއެވެ. ދަރިންނަށްވެސް އަދި މައިންބަފައިންނަށްވެސް ކުށް ކުރެވޭނެއެވެ. އެހެނަސް ﷲ ތަޢާލާ އިންސާނުން އުފައްދަވާފައި މިވަނީ ކުރެވޭ ކުށަކާއި ގުޅިގެން ލޭގެ ގުޅުން ކަނޑައިލެވޭނެ ގޮތަކަށް ނޫނެވެ. އަދި ކަނޑާލައިގެން ވާނެ ގޮތަކަށްވެސް ނޫނެވެ. ރަޙިމުގެ ގުޅުން ކެނޑުމަކީ ޤިޔާމަތް ދުވަހު ﷲ ތަޢާލާ އެމީހަކަށް ބައްލަވައިވެސް ނުލައްވަވާނެ އެއްކަންތަކެވެ.

ކައިވެންޏަށްފަހު އަނބިމީހާ ނުވަތަ ފިރިމީހާގެ ކިބައިން ފެންނަ ކަންކަން މުޅީން ތަފާތުކަމަށް ބުނެ ކުރާ ޝަކުވާތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ކައިވެނިނުކޮށް އެކުގައި ވަގުތުގައި ހޭދަކުރުމާއި ޙަރާމް ކުރައްވަވާފައިވާ ޢަމަލުތައް ކުރުމަކީ ޙަރާމްކަމެއް ނަމަވެސް އެމީހުން ބުނަނީ އެކަންކަން ކުރެވިފައިވާ ކަމަށެވެ. އެތައް ދުވަހެއް ވަންދެން ކުރެވުނު ކަމަށްވެސް ބުނެއެވެ.

މިވަގުތު ދައްކަން މިއުޅެނީ ކުރި ޙަރާމް ކަންކަމުގެ ވާހަކައެއް ނޫނެވެ. ކައިވެންޏަށްފަހު މުޅިން ތަފާތު މީހެއްގެ ގޮތުގައި ބައިވެރިޔާ ފެނުމުގެ މައްސަލައިގެވާހަކައެވެ. އެކަންއެހެން ވުމަށް މެދުވެރިވާ ސަބަބަކީ ޙަރާމް ގޮތުގައި ގުޅުން ބޭއްވި ދުވަސްވަރު އޭނާގެ ނުބައިކަން ވަންހަނާކޮށްފައިބާއްވާތީއެވެ. ކައިވެންޏަށްފަހު އެކުގައި ދިރިއުޅެން ފެށުމުން އޭނާގެ ޙަޤީޤީ ސޫރަ ފެނިގެންދާތީއެވެ.

މިފަދަ ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް ވެއްޓިގެން އެދަނީ ކައިވެނީގެ ކުރިން ބަލަންޖެހޭ ކަންކަން ބަޔާންކުރައްވަވާފައިވާ ޙަދީޘްފުޅުގައިވާ ކަންކަމަށް ނުބަލައި ގުޅުން އުފައްދާތީއެވެ. އެކަންކަމަށް ބަލާފައި ކައިވެނީގެތެރެއިން ގުޅުން އުފައްދާނަމަ ޖެހޭ މައްސަލަތައް މަދުވާނެއެވެ.

ބެލެނިވެރިންނަށް ދޭން އޮތް ނަޞޭޙަތަކީ ތިމާގެ ދަރިއަކަށް މިފަދަ ޙާލަތެއް ކުރިމަތިވެއްޖެ ނަމަ ބާކީކޮށްނުލާށެވެ! ދަރިފުޅަށް އެކަންކަން މެދުވެރިވީ އޭނާ ކުރިން އުޅުނު ނުބައި ގޮތުންކަމަށް ބުނެ ދަރިފުޅު މަގުމައްޗަށް އެއްލައިނުލާށެވެ! އެއިރުން ގިނަފަހަރު ދަރިފުޅު ބަދަލުވެގެންދާނީ އަދި ވަކިން ނުބައިކަން ބޮޑު ކުއްޖަކަށެވެ. ފަހުން އަނބުރާހޭރިޔާކޮށްގެން ވެސް އަތުލައި ނުގަނެވިދާނެ ފަދަ ނުބައި ޢަމަލުތައްކުރާ ކުއްޖަކަށެވެ. އެއީ ޢަމަލުކުރަން އޮތް ގޮތް ނޫންނަމަވެސް "ދެން އެހެން ގޮތެއް ނެތް" ކަމަސް ވިސްނި ފާފަތައްކުރަންފަށާ އަންހެނުން މަދެއް ނޫނެވެ. މިޙާލަތުގައި ދަރިން ބާކީކުރުމަކީ ނަރަކައަސް ފޮނުވައިލުން ފަދަ ކަމެއް ކަމަށް މިބުނަނީ އެހެންވެގެންނެވެ.

ވީމާ ދަރިންވެސް މައިންބަފައިންވެސް މި ނަޞޭހަތުގައި ހިފެހެއްޓުމަށް އެދެމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން