ކީރިތި ޤުރުޢާނުގެ ސޫރަތްތައް ވަކިން ލިޔެފައި ހުންނަ ފޮތްތަކުގައި އަތްލާއިރު ވުޟޫކުރަންޖެހޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ކީރިތި ޤުރުޢާނުގެ ސޫރަތްތައް ވަކިން ލިޔެފައި ހުންނަ ފޮތްތަކުގައި އަތްލާއިރު ވުޟޫކުރަންޖެހޭނެތަ؟

ކީރިތި ޤުރުޢާނުގެ ސޫރަތްތައް ވަކިން ލިޔެފައި ހުންނަ ފޮތްތަކުގައި އަތްލާއިރުގައި ވެސް ވުޟޫކޮށްގެން އަތްލުމަކީ އެންމެ ރައްކާތެރިކަން ބޮޑު ގޮތެވެ. والله أعلم. 

އިތުރު ސުވާލާ ޖަވާބު: 

އަސްތަޣްފާރު ކުރުމަކީ ކޮބާ؟ އަސްތަޣްފާރު ކުރާއިރު ކިޔާނީ ކީކޭ؟ 

އަސްތަޣްފާރު ކުރުމަކީ ފާފަ ފުއްސެވުން އެދި ﷲ އަށް ދެންނެވުމެވެ. ކޮންމެ ބަހަކުން ކޮންމެ ޢިބާރާތަކުންނަމަވެސް ފާފަ ފުއްސެވުން އެދި ދަންނަވައިފިނަމަ އެޔަށް ކިޔާނީ އަސްތަޣްފާރު ކުރުމެވެ.والله أعلم.

އަޅުގަނޑުގެ ހިތުގައި ކީރިތި ޤުރުއާން ހިތު ދަސް ކުރުމުގެ ޝައުގު އުފެދިފައިވާތީ އެކަން ކުރުމަށް ﷲގެ ވާގިފުޅާލައިގެން ފަށައިފީމެވެ. އަޅުގަނޑުގެ ސުވާލަކީ ކީރިތި ޤުރުއާން ހިތުދަސް ކުރެވެންދެން އެކަމުގައި ސާބިތުވޭތޯ ކުރަން ވަކި ދުއާ އެއް އޮވޭތޯ؟ އެހެން މި ދެންނެވީ ކުރީ ފަހަރެއްގަވެސް ހިތު ދަސްކުރަން ފަށާފަ އެކަން ހުއްޓިފަ އަނެއްކާވެސް އެކަމަށް ހިތް ޖެހިފަވާތީވެ. 

ގުރްއާން ހިތުދަސް ކުރުމަކީ ވަރަށް މާތް މަތިވެރި ކަމެކެވެ. އެކަން ފަށައިގަތުމުގެ ކުރިން ކުރަން ވަކި ޚާއްޞަ ދުޢާ އެއް ސުންނަތުގައި ވާރިދުވެފައެއް ނުވެއެވެ. ނަމަވެސް ކޮންމެ ކަމަކަށްވެސް ބޭނުންވެއްޖެނަމަ ދުޢާ ކުރަންވީއެވެ. އެމީހެއްގެ ބަހުން، އެމީހެއްގެ އަމިއްލަ ޢިބާރާތުންނެވެ.  والله أعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން