ﷲ ތަޢާލާއަށް ޝުކުރުވެރިވުމަކީ ކޮބާ؟ ޝުކުރުވެރިވާން ކުރަންވީ ކޮންކަމެއްތަ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ﷲ ތަޢާލާއަށް ޝުކުރުވެރިވުމަކީ ކޮބާ؟ ޝުކުރުވެރިވާން ކުރަންވީ ކޮންކަމެއްތަ؟: މުފްތީ މެންކް

ﷲ ތަޢާލާއަށް ޝުކުރުވެރިވުމަށް ކުރަން އޮތް ފުރަތަމަ ކަމަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ފުރިހަމަގޮތުގައި ކިޔަމަންތެރިކަން އަދާކުރުމެވެ. ވީހާ ގިނައިން އަޅުކަން ކުރުމާއި ނަހީކުރައްވަވާފައިވާ ކަންކަމުން ދުރުހެލިވެ ހުރުމެވެ.  

ފަރުޟްތައް އަދާކުރާށެވެ! ސުންނަތް ނަމާދުތައްކުރުމާއި ސުންނަތް ރޯދަތައް ހިފުން ގިނަކުރާށެވެ. ހޯމް ދުވަހާއި ބުރާސްފަތިދުވަހު ރޯދަހިފާށެވެ. 13،14، 15 ގައިވެސް ރޯދަހިފާށެވެ. މިހެންގޮސް އެމީހަކަށް ކުރެވުނުހައި ގިނައިން އަޅުކަންކުރާށެވެ. ފަރުޟް ނަމާދުތަކުގެ އިތުރުން ޟުޙާނަމާދާއި ތަހައްޖުދްނަމާދާއި ރަވާތިބް ސުންނަތްތައްވެސް ކުރަމުންގެންދާށެވެ.  

ޛިކުރުކުރުން ގިނަކުރާށެވެ. ސުބްހާނަﷲ، އަލްޙަމްދުލިﷲ، ﷲ އަކްބަރު ފަދަ ކަލިމަތައް ވީހާ ގިނައިން ކިޔަމުން ގެންދާށެވެ. އަދި އެނޫންވެސް ޛިކުރުތައް ކުރަމުން ގެންދާށެވެ.  

ޢަމަލުތަކުން މިކަންކަން ކުރަމުން ދުލުންވެސް ޝުކުރުއަދާކުރާށެވެ. ޝުކުރުއަލްޙަމްދުލިﷲ ފަދަ ކަލިމަތައް ކިޔަމުން ގެންދާށެވެ. އަދި ފާފައެއް ކުރެވިއްޖެނަމަ އަވަހަށް ތައުބާވެ ހެޔޮ ޢަމަލުތައް ކުރަމުން ގެންދާށެވެ.  

ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމަކީ ކުރެވޭ ފާފަތައް ނެތިކޮށްލައިދޭނެ ކަމެކެވެ. ވީމާ ފާފައެއް ކުރެވުނަސް އަޅުކަންކުރުމުގައި ފަހަތަށް ނުޖެހޭށެވެ. އަޅުކަންކުރުން ގިނަކުރިވަރަކަށް ތެދުމަގުގައި ޘާބިތުވެ ހުރުމުގެ ތައުފީޤް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން