ފަތިސްނަމާދަށާ ޢަޞްރު ނަމާދަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ސަބަބުތަކުގެ ތެރެއިން ޙަދީޘްފުޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ފަތިސްނަމާދަށާ ޢަޞްރު ނަމާދަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ސަބަބުތަކުގެ ތެރެއިން ޙަދީޘްފުޅެއް!

މާތް ﷲ އެކަލޭގެފާނަށް ރުއްސުން ލެއްވެވި އަބޫޒުހައިރު، ޢުމާރަތު ބުނު ރުވައިބާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލް ޙަދީޘްފުޅު ކުރައްވަވާތީ ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވެވިއެވެ.  

"{އިރުއެރުމުގެ ކުރީގައްޔާއި އިރުއޮއްސުމުގެ ކުރީގައި (އެބަހީ: ފަތިސްނަމާދާއި ޢަޞްރުނަމާދު) ކުރުމަށް އާދަކޮށްފި އެއްވެސް މީހަކު (ދަންނާށެވެ!) ހަމަކަށަވަރުން، އެމީހަކު ނަރަކައިގެ އަލިފާނުގެތެރެއަށް ނުވަންނަހުއްޓެވެ.}

ރިޔާޟުއްޞާލިޙީން: 1048

މިއީ މިދެ ނަމާދުގެ މަތިވެރިކަން ބަޔާންކޮށްދޭ ޙަދީޘްފުޅުތަކުގެ ތެރެއިން ޙަދީޘްފުޅެކެވެ. ހަމައެކަނި މިދެނަމާދުކުރުމުން ފުދެނެކަމުގެ ދަލީލެއް ނޫނެވެ. މުސްލިމުންނަށް އޮތީ ފަރުޟް 5 ނަމާދުކުރުމެވެ. 5 ނަމާދުން އެންމެ ނަމާދެއް ނުކުރާނަމަވެސް އެމީހަކީ ނަމާދު ޤާއިމުކުރާ މީހަކަށް ނުވާނެއެވެ. މުސްލިމުންނަށް ވާންޖެހޭނީ ނަމާދު ޤާއިމުރާ ބައަކަށެވެ.  

އެކަން އޮޅުވާލައި އެމީހަކަށް ފަސޭހައިން ކުރެވޭ ނަމާދުތައް ކުރާ ބައަކު އުޅެއެވެ. ދުވާލަކު 2، 3 ނަމާދުކުރާ މީހުންވެސް އުލެއެވެ. އެއިން އެއްވެސް މީހަކީ ނަމާދު ޤާއިމުކުރާ މީހަކަށް ނުވެވޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން