ޒަކާތަށް ހުންނަ ފައިސާއިން 2 ފައިދާ ލިބިގަނެވޭނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
ޒަކާތަށް ހުންނަ ފައިސާއިން 2 ފައިދާ ލިބިގަނެވޭނެ ގޮތް-

ގާތްތިމާގެ މީހުންގެ ތެރެއިން ފަޤީރުންނަށް ޒަކާތުގެ ފައިސާއިން ދެވިދާނެއެވެ. އޭރުން އެކަން ވެގެންދާނީ ޞަދަޤާތަކަށާއި ރަޙިމުގެ ގުޅުން ޤާއިމު ކުރުމުގެ ތެރެއިންނެވެ. އެހެނީ އެކަމާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم އާ ސުވާލު ދެންނެވުމުން، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. 

«إِنَّ الصَّدَقَةَ عَلَى الْمِسْكِينِ صَدَقَةٌ، وَعَلَى ذِي الرَّحِمِ اثْنَتَانِ صَدَقَةٌ وَصِلَةٌ» [رواه النسائي (2582) وحسنه الألباني في الإرواء (883)].

މާނައީ: "ހަމަކަށަވަރުން މިސްކީނަކަށް ކުރާ ޞަދަޤާތަކީ (ހަމައެކަނި) ޞަދަޤާތެކެވެ. އަދި (ފަޤީރު) ތިމާގެ މީހެއްގެ މައްޗަށް ކުރާ ޞަދަޤާތަކީ ޞަދަޤާތަކާއި ރަޙިމުގެ ގުޅުން ޤާއިމު ކުރުމެވެ." 

އެހެންކަމުން އެއީ ފަޤީރެއްކަމުގައި ވާނަމަ، ތިބާގެ އަޚާއަށް ނުވަތަ ބައްޕަ ފަރާތު ނުވަތަ މަންމަ ފަރާތު ބޮޑުބޭބެއަށް ޒަކާތު ފައިސާއިން ދެވިދާނެއެވެ. ނުވަތަ ޞަދަޤާތެއްގެ ގޮތުގައިވެސް ދެވިދާނެއެވެ. 

އެހެނަސް އެމީހެއްގެ ބައްޕައަށް ނުވަތަ ކާފައަށް ނުވަތަ މަންމައަށް ނުވަތަ މާމައަށް ޒަކާތުން ނުދެވޭނެއެވެ. އެހެނީ އެއީ އެބައެއްގެ މައްޗަށް އޭނާ ޚަރަދުކުރުން ލާޒިމުވާ މީހުންނެވެ.

އަދި ހަމަ އެފަދައިން އޭނާގެ ދަރިންނާއި ދަރިންގެ ދަރިންނަށްވެސް ޒަކާތުން ނުދެވޭނެއެވެ. އެހެނަސް އެބައިމީހުންގެ މައްޗަށް ޚަރަދުކުރަންވާނެއެވެ. 

އެހެނީ މަންމައާއި ބައްޕައަށް (އަމިއްލައަށް ޚަރަދުތައް ކުރާނެ ފައިސާ ހޯދުމުގެ) ކުޅަދާނަކަން ލިބިފައި ނުވާނަމަ، އެބައިމީހުންގެ މައްޗަށް ޚަރަދުކުރުމަކީ ދަރިފުޅުގެ މައްޗަށްވާ ޙައްޤެކެވެ. 

އެހެންކަމުން މަޤްޞަދަކީ: މައިންބަފައިން ދަރިންނަށް ޒަކާތު ފައިސާއިން ނުދިނުމެވެ. އަދި ކިއެއް ހެއްޔެވެ. އެއީ ފަޤީރު ބައެއްކަމުގައިވާނަމަ (ބޮޑުވުމަށް ފަހުގައިވެސް) މައިންބަފައިން އެބައިމީހުންނަށް ޚަރަދުކުރާނީއެވެ. އަދި މައިންބަފައިންނާއި ކާފައިންނާއި މާމައިންވެސް އެފަދަ އެވެ. އެބައިމީހުންނަށް ޒަކާތު ފައިސާއިން ނުދޭނީއެވެ. އެހެނަސް އެ ނޫން މުދަލުން އެބައިމީހުންނަށް ހޭދަކުރާނީއެވެ.  

ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒު رحمه الله

ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ

 

- މަސްދަރު: ދިސަލަފިއްޔާ 

މިއަދު އޮންލައިން