އާއްމު ގޮތެއްގައި އެސްފީނަ ޖެހުފައިވާ މީހުންގެ ކިބައިން ފެންނާނެ ބައެއް ޢަލާމާތްތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
އާއްމު ގޮތެއްގައި އެސްފީނަ ޖެހުފައިވާ މީހުންގެ ކިބައިން ފެންނާނެ ބައެއް ޢަލާމާތްތައް!

އެސްފީނާ ޖެހި އެކަމުގެ އުނދަގޫތައް އުފުލަންޖެހޭ މީހުން ވަރަށް ގިނަވެއްޖެއެވެ. ދަނީވެސް ގިނަވަމުންނެވެ. އެހެންކަމުން އެސްފީނާގެ ޢަލާމާތްތައް ދެނެގަނެ، ރުޤްޔާކޮށް ސަލާމަތާއި ރައްކާތެރިކަން ވީހާވެސް އަވަހަކަށް ހޯދުމަކީ ވަރަށް މުހިއްމުކަމެކެވެ. އެކަމަށް ފަރުވާ ނުކޮށްފިނަމަ، އެސްފީނައިގެ އަސަރު މުޅި އުމުރުދުވަހު އެމީހަކަށް ކުރުމަކީ މެދުވެރިވާ ކަމެކެވެ.

އާއްމު ގޮތެއްގައި އެސްފީނަ ޖެހުފައިވާ މީހުންގެ ފަރާތުން ފެންނާނެ ބައެއް ޢަލާމާތްތައް: 

·      ގިނަގިނައިން އާފުރުން

·      ގައި ހިރުވުން

·      ވައިލެވުން ގިނަވުން

·      ހަށިގަނޑަށް ކުއްލިކުއްލިއަށް ހޫނުކަން ނުވަތަ ފިނިކަން އިހުސާސްވުން

·      ބައްޔެއް ނެތި ކިނބިހިއެޅުން ގިނަވުން

·      ހަށިގަނޑުގެ ތަންތަން ފާރުވުމާއި ފިތްނެގުން

·      މޫނުން ލޮލުގެ ދަށްބައި ކަޅުވުން

·      ވަރަށް ބޮޑަށް ކަންބޮޑުވެ ދެރަވުމާއި ބިރުގަތުން ގިނަވުން

·      މެއަށް ބާރުކުރުން

·      ގިނަގިނައިން ބޮލުގައި ރިއްސުން

މިއިން ކޮންމެ ކަމެއްވެސް ވަނީ ސިއްޙީ އެއްވެސް މައްސަލައަކާއި ނުލާ، ހަމަ ކުއްލިއަކަށް ކަމުގައި ވަނީ ނަމަ އެއީ އެސްފީނާގެ ޢަލާމާތެކެވެ. މިފަދަ ޢަލާމާތްތައް ފެންނަނަމަ ރުޤްޔާއިންނާއި ކީރިތި ޤުރުޢާނުން ޝަފާޢަތްތެރިކަން ހޯދާށެވެ. އަދި ހެނދުނާއި ހަވީރުގެ ޛިކުރުތައް ކޮންމެ ދުވަހަކުވެސް ކިޔައި، އެސްފީނަ އާއި ސިހުރާއި، އެނޫންވެސް ބަލިމަޑުކަމުން ސަލާމަތްކޮށްދެއްވާ ރައްކާތެރިކުރެއްވުމަށް އެދި ދުޢާ ދަންނަވާށެވެ. އެކަލާނގެއީ ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ދުޢާ ޢިޖާބަ ކުރައްވަވާ ޝިފާ ދެއްވަވާ ރަސްކަލާނގެއެވެ.

 

https://aboutislam.net/spirituality/never-belittle-any-good-deed/

 

 

މިއަދު އޮންލައިން