ޘަވާބު ލިބުމުގެ ބޭނުމުގަ ނަބީބޭކަލުންގެ ޤަބުރުފުޅުތައް ކަމަށްބުނާ ތަންތަނަށް ޒިޔާރަތްކުރާ މީހުންނަށް އެނގެންޖެހޭ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ޘަވާބު ލިބުމުގެ ބޭނުމުގަ ނަބީބޭކަލުންގެ ޤަބުރުފުޅުތައް ކަމަށްބުނާ ތަންތަނަށް ޒިޔާރަތްކުރާ މީހުންނަށް އެނގެންޖެހޭ ބައެއް ކަންކަން-

އަވަށްޓެރި ޤައުމުތަކުގެ މިސްކިތްތަކަށް ދިއުމުންވެސް މުސްލިމުން ޤަބޫލުކޮށްގެން ނުވާނެ ެތައް ކަމެއް ފެންނާނެއެވެ. މިޘާލަކަށް ކޮންމެވެސް މާތް މީހެއް ކަމަށް ބެލެވޭ މީހެއްގެ މަޤްބަރާ ވަރަށް ރީތިކޮސް ހަދާފައި ހުރެދާނެއެވެ. އެތާކައިރިއަށް ގޮސް ރޮއި ކަންކަމަށް ޢާދޭސްކުރެއެވެ. ތިމާގެ ތަނަވަސްކަން އިތުރުވުން އެދިގެން އެތަންތަނަށް ފައިސާވެސް ދެއެވެ. 

މިފަދަ އެއްވެސް ކަމަކީ މުސްލިމުންނަށް ކުރުން ހުއްދަ ކަންކަމެއް ނޫނެވެ. މަރުވެފައިވާ އެއްވެސް މީހަކަށް އެއްވެސް މީހަކަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތްކަން އެއީ މުސްލިމުން ޔަޤީންކުރަންޖެހޭނެ ކަމެކެވެ. 

ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުން ވަރަށް ގިނަ މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ  

އެތަންތަނުގައި ބައެއް ނަބީބޭކަލުންގެ ޤަބުރުފުޅުތައް ހުރިކަމަށް ބުނާ ތަންތަނާމެދު ދެކެވޭ ވާހަކަތަކުގެ ޙަޤީޤަތް- 

ބައެއް ޤައުމުތަކުގައި އެޤަމުގެ ވަކިތަންތަން ފާހަގަކޮށް އެތަންތަނުގައި ނަބީބޭކަލުންގެ ޤަބުރުފުޅުތައްވާކަމަށް ބުނެ އެދައްކާ ވާހަކަތަކަކީ އެމީހުންގެ ކޮންމެވެސް އަމިއްލަ ބޭނުމެއް ޙާޞިލުކުރަން ދައްކާ ވާހަކަތަކެކެވެ. އެއީ އެއްވެސް އަޞްލެއް ނެތް ދޮގު ވާހަކަތަކެކެވެ. ވީމާ ޤައުމުތަކަށް ޒިޔާރަތްކޮށްއުޅޭއިރު ދައްކާ މިބާވަތުގެ ވާހަކަތަކަށް ސަމާލުކަން ދޭންވާނެއެވެ. 

ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ، ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒު رحمه الله މިފަތުވާއިން އެކަން އެނގިގެންދެއެވެ. 

ބައެއް މީހުން ދަޢުވާކުރާ ގޮތުގައި، އަޅުގަނޑުމެން ޤައުމުގައި (އޮމާން ގައި) ނަބީބޭކަލުންތަކެއްގެ ޤަބުރުފުޅުތައްވެއެވެ. އަދި ވަކިން ޚާއްޞަކޮށް މިޤައުމުގެ ދެކުނުގައިވާ ޞަލާލާ ސަރަޙައްދުގައި، އެކި ނަބީބޭކަލުންގެ ނަންފުޅުން ނަންދެވިފައިވާ ޤަބުރުފުޅުތަކެއްވެއެވެ. މިއީ ތެދު ވާހަކައެއް ހެއްޔެވެ؟  

ނަބީބޭކަލުންގެ ޤަބުރުފުޅުތަކެއް އޮމާންގައި ނުވަތަ އެނޫން ޤައުމެއްގައިވެސް ވާކަމުގެ ދަޢުވާ ކުރާ މީހަކު އެދައްކަނީ ތެދުވާހަކައެއް ނޫނެވެ. އެއީ ދޮގެކެވެ. މަދީނާގައިވާ ނަބިއްޔާ  ގެ ޤަބުރުފުޅާ ފަލަސްޠީނުގެ ޚަލީލު އޭ ކިޔުނު ސަރަޙައްދުގައިވާ އިބްރާހީމުގެފާނުގެ ޤަބުރުފުޅު ފިޔަވާ އެހެން ޤަބުރުފުޅުތައް ވީތަނެއް ކަނޑައެޅިގެން ބުނާކަށް ނޭނގޭނެއެވެ. އެގޮތުން ނޫޙުގެފާނާއި ހޫދުގެފާނާއި ޞާލިޙުގެފާނު عليهم السلام އަދި އެނޫން ބޭކަލެއްގެ ޤަބުރުފުޅުވެސް ވީތަނެއް ކަނޑައެޅިގެން ނޭނގެއެވެ. 

އެހެންކަމުން މުޙައްމަދުގެފާނާއި އިބްރާހީމުގެފާނު ފިޔަވާ އެހެން އެއްވެސް ނަބީބޭކަލެއްގެ ޤަބުރުފުޅުވީތަނެއް ނޭނގޭނެއެވެ. މުޙައްމަދު  މަދީނާގައި ފަސްދާނުލެވިފައިވާކަމަށް މުސްލިމުންވަނީ އިޖުމާޢުވެފައެވެ. އަދި އެއީ އެންމެންވެސް ރަނގަޅަށް ދަންނަކަމެކެވެ. ހަމައެފަދައިން އިބްރާހީމްގެފާނުގެ ޤަބުރުފުޅުވެސް، އަލްޚަލީލޭ ކިޔުނު ސަރަޙައްދުގައިވާ ހޮހޮޅައިގައި ވާކަމީ އެނގޭކަމެކެވެ. އެދެބޭކަލުން ފިޔަވާ އެހެން ބޭކަލުންގެ ޤަބުރުފުޅުތައް ވީތަނެއް ނޭނގޭކަމަށް ޢިލްމުވެރިންވަނީ ކަނޑައެޅިގެން ވިދާޅުވެފައެވެ.

 

- މަޢުލޫމާތު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން