އަނބިމީހާއަށް ދޭންޖެހޭ ޤަދަރުދީ މި 4 ކަންތައް ފުރިހަމަކުރާނަމަ ކޮންމެ ޙާލެއްގަވެސް އެފިރިއަކާއެކު ކެތްތެރިވާނެ! ދޭ ޚިދުމަތްތައްވެސް ބޮޑުތަނުން ފުރިހަމަވާނެ!: ދިރާސާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
އަނބިމީހާއަށް ދޭންޖެހޭ ޤަދަރުދީ މި 4 ކަންތައް ފުރިހަމަކުރާނަމަ ކޮންމެ ޙާލެއްގަވެސް އެފިރިއަކާއެކު ކެތްތެރިވާނެ! ދޭ ޚިދުމަތްތައްވެސް ބޮޑުތަނުން ފުރިހަމަވާނެ!: ދިރާސާ

މިހައިތަނަށް ކުރެވިފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި އަންހެނުންނަކީ ހަށިގަނޑުން ފިރިހެނުންނަށްވުރެ ބަލިކަށިބައެއް ނަމަވެސް ގިނަ އަންހެނުންނަކީ ވިސްނުން ތޫނުކަމުގައި މާކުރީގައި ތިބޭބައެކެވެ. އަދި އަންހެނުން އެންމެ އުފާވާނީ އޭނާއަށް ޤަދަރުކުރާނަމައެވެ.  

މިކަނަ ގިނަ ފިރިހެނުންނަށް އެނގޭތީ ގޭތެރޭގައި ޤަދަރުކުރާކަމަށް ދައްކައެވެ. އެކަމަކު ގެއިން ބޭރުގައި އަގުވައްޓާލައެވެ. މީގެ މާނައަކީ އެޗެތިގޮވާ ވާހަކައެއް ނޫނެވެ. އަދި އަނބިމީހާގެ ނުބައި ވާހަކަ ދެއްކުމެއްވެސް ނޫނެވެ. ގޭތެރޭގައި އަނބިމީހާއަށް ޤަދަރުކުރާކަން ދައްކާފައި ބޭރަށް ނުކުމެ ހިލޭ އަންހެނުންނާއި ގުޅުންހިންގާ ވާހަކައެވެ. މިޙާލަތުގައި އަނބިމީހާ ދެކޭނީ އޭނާގެ ޤަސަދރު ވައްޓައިލީ ކަމަށެވެ.  

އަހުރެން ބުނިތީ ގޮތްބަލަންވެސް ނިކަން މިމަގުން ޢަމަލުކޮށްބަލާށެވެ!  

ފުރަތަމަ ކަމަކަށް ގޭގެ ކަންކަމުގައި ވެރިއަކީ އަނބިމީހާކަން އަނބިމީހާއަށް ދައްކައިދޭށެވެ. ކަމަކަށް ފާޑުިކިޔާނަމަވެސް އަނބިމީހާގެ ނިންމުން ރަނގަޅު ނޫންކަމަށް ބުނުމުގެ ބަދަލުގައި ގެންނަން ފެންނަ ބަދަލު ބުނެދޭށެވެ. އެބަދަލު ގެނައުމުން ކުރާ ފައިދާ އިތުރުވާނެ ކަމަށް ވިސްނޭކަމަށް ބުނެލާށެވެ! 

ދެވަނަ ކަމަކަށް އަނބިމީހާއަށް މަކަރުނުހަދާށެވެ. ބޭވަފާތެރިނުވާށެވެ.  

ތިންވަނަ ކަމަކަށް އަނބިމީހާ ކަމަކަށް އެދުމުން އެކަންކޮށްނުދެވި ލަސްވާނަމަ، އެދުވަހު ގެންދަންޖެހޭ އެއްޗެއް ނުލައި ދެވުނުނަމަވެސް އެކަމާއި ސުވާލުކުރުމުގެ ކުރިން އަވަހަށް މާފަށް އެދޭށެވެ.  

ހަތަރުވަނަކަމަކަށް ކޮންމެހެން ބޭނުމެއް ޖެހިގެން ނޫނީ ރޭގަނޑު އަނބިމީހާއާއި ވަކިން ބޭރަށް ނުދާށެވެ. ވަކިން ބޭރަށްދާންޖެހުނަސް ދާތަނަކާއި ކުރަންދާ ކަންތައް ބުނެލާށެވެ. އެނބުރި އައުދެވޭނެ ވަޤުތުވެސް ބުނެލާށެވެ! އެވަޤުތަަށްވުރެ ލަސްވާންޖެހިއްޖެނަމަ ގުޅާލާފައި ބުނާށެވެ. މެސެޖެއް ކުރުމަށްވުރެ ރަނގަޅުވާނީ ގުޅައިލިއްޔާއެވެ.  

ހަމައެކަނި މި 4 ކަންތައް ފުރިހަމަކުރާނަމަވެސް ވަރަށް މަދު އަންތބަކު ނޫނީ އެމީހަކާއި އަނބިމީހާ ވަކިނުވާނެއެވެ. ކިތަންމެ ދަތިޙާލުގައިވެސް ކެތްތެރިވާނެއެވެ. އިންނާނީވެސް ވަރަށް އުފަލުންނެވެ. ދޭ ޚިދުމަތްތައްވެސް ބޮޑުތަނުން ފުރިހަމަވާނެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން