އަނބިމީހާއާ ވަރިޙަވާލުކުރަންވާނީ ވަރަށް ޘާބިތުކަމާއެވެ! އެއީ ކުޅޭކުޅިވަރަކަށް ނުހެދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
އަނބިމީހާއާ ވަރިޙަވާލުކުރަންވާނީ ވަރަށް ޘާބިތުކަމާއެވެ! އެއީ ކުޅޭކުޅިވަރަކަށް ނުހެދޭނެ!

ކިތަންމެ ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވިޔަސް ހަރުދަނާ ފިރިން ވަރިކުރުމުގެ ވާހަކައެއް ނުދައްކާނެއެވެ. އެކަން ބާއްވާފައި އޮންނަނީ އެންމެ ފަހުން ބޭނުންކުރާ ހަތިޔާރަކަށެވެ. ނަމަވެސް އަނެއް ބައަކު އނބިމިހާ ދެރަކޮށް ނިކަމެތިކޮށްލުމުގެ ގޮތުންވެސް ވަރި އަނބިމީހާއާއި އެބަ ޙަވާލުކުރެއެވެ.  

މިޘާލަކަށް އަނބިމީހާ ކުރަން ބޭނުންވާ ކަމަކަށް ހުރަސްއަޅައި ދެރަކޮށްލުމުގެ ގޮތުން އަނބިމީހާ އެކަންކޮށްފިނަމަ ވަރިވާނެކަމަށް އެބަ ބުނެއެވެ. އެޙާލަތުގައި އަނބިމީހާ އޭނާއަށް ކެރޭކަން ދައްކާލަން އެކަންކުރަނީއެވެ.  

އެހިސާބުން ފިރިމީހާއަށް ހެދުނު ގޯސްވިސްނި ދެން މިބުނަނީ އެއީ އެނިޔަތުގައި ބުނި ބަހެއް ނޫން ކަމަށެވެ. ވަރިކުރެވުނުކަމަށް ޤަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. މިމައްސަލައިގައި ބައެއް ކިޔުންތެރި ކުރައްވާ ސުވާލުގެ ޖަވާބަކަށް މިގެނެސްދެނީ އެކަމުގެ ޙުކުމް އޮތް ގޮތެވެ.  

އަނބިމީހާގެ ގާތުގައި ވަކިކަމެއް ކުރުމުން ވަރިވާނެ ކަމަށް ފިރިމީހާ ބުނެފައިވަނިކޮށް އެކަން އަނބިމީހާއަށް ކުރެވިއްޖެނަމަ ވަރިވާނެތޯ؟  

ޢިލްމްވެރިންނާއި ތިއަބާވަތުން ކުރެވޭ ސުވާލަތަކަށް ދެއްވަވަނީ ދާދި އެއްކަހަލަ ޖަވާބެކެވެ. މިގޮތުން ހަމަ ތިއަ ފަދަކަމެއްގައި ޑރ. އިޔާޟް ދެއްވާފައިވާ ޖަވާބަށް ބައްލަވައިލައްވާށެވެ!  

"އަޅުގަނޑުމެންގެ މުޖުތަމައުގައި ވަރަށް ފަސޭހަކަމާއިއެކު ވަރަށް އާދައިގެ ކަންކަމުގައި އަނބިމީހާ ވަރިއާއި އަޅުވަމުންދެއެވެ. މިއީ ވަރަށް ނުރައްކައުތެރި ކަމެކެވެ. ވަރިއަކީ ސަމާސާއަށް  ކުރެވޭ ކަމެއް ނޫނެވެ. (ވަރިކުރުމަކީ ސަމާސާއަށް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. މާމުހިންމު ކަމެކެވެ.) ވީމާ ކޮންމެހެން ވަރިކުރަން ބޭނުންވެގެން ނޫނީ މިބަސް (ވަރި) ބޭނުން ނުކުރެއްވުމަށް އިލްތިމާސް ކުރަމެވެ."   

"އަނބިމީހާ މާގިނައިން ވަރިއަށް އެދޭތީ އިތުރަށް 3 ފަހަރު ވަރިއަށް އެދިއްޖެ ނަމަ ވަރިވާނެ ކަމަށް ފިރިމީހާ ބުނެފައިވަނިކޮށް އަނބިމީހާ 3 ފަހަރު ވަރިއަށް އެދި ބުނެފި ނަމަ އެހާލަތުގައި ވަރިވާނެ"  

"ކޮންމެހެން ވަރިވާން ބޭނުން ވެގެން ނޫނީ ވަރިއަށް ނުއެދޭށެވެ!"   

ޝައިޚުގެ ޖަވާބުން އެނގިގެން އެދިއައީ ވަރިއާއި އަޅުވައި ަބހެއް ބުނެފައިވަނިކޮށް އެކަން އަނބިމިހާކޮށްފިނަމަ ވަރިވާނެކަމެވެ. ވީމާ އަނބިމީހާ އާއި ވަރިޙަވާލުކުރުމަކީ އެއްގޮަތަކަށްވެސް ކުރަން ރަނގަޅުކަމެއް ނޫނެވެ. އެބަސް އަނބުރާ ނުގެންދާހައި ހިނދަކު ވަރިވުމުގެ ބާރު އެއިރުން އެއޮތީ އަނބިމީހާގެ އަތްމަތީގައެވެ.

 

 

 

މިއަދު އޮންލައިން