ރުޅިއައުމުން ވާހަކަ ނުދައްކައި ހުރުމަކީ އެއްޗެތި ގޮވުމަށްވުރެވެސް ބޮޑު އަނިޔާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ރުޅިއައުމުން ވާހަކަ ނުދައްކައި ހުރުމަކީ އެއްޗެތި ގޮވުމަށްވުރެވެސް ބޮޑު އަނިޔާއެއް!

ބައެއް މީހުން ރުޅިއައުމުން ބައިވެރިޔާއަށް އެއްޗެތި ގޮވައެވެ. އަނެއް ބައަކު އަނގައިނުބުނެ އެތައް ދުވަހެއްވަންދެން ތިބެއެވެ. މިދެކަމަކީވެސް ބައިވެރިޔާއަށް ދެވޭ އަނިޔާއެކެވެ. ސުވާލަކީ މިތަނުން ބޮޑީ ކޮން އަނިޔާއެއް ހެއްޔެވެ؟  

މިފަދަ މައްސަލަތައް ކުރިމަތިވެގެން ލަފާ ހޯދަން އަންހެނުންނާއި ދެކެވޭ ވާހަކަތަކުން އެނގޭ ގޮތުގައި ގިނަ ބައަކަށް ބޮޑު އަނިޔާއަކަށްވަނީ ރުޅިއައުމުން ވާހަކަ ނުދައްކައި ހުރުމެވެ. އެކަން ގިނަ އަންހެނުން ސިފަކުރަނީ ދިރޭ ޤަބުރަކާއިއެކު ދިރިއުޅެން ޖެހުން ފަދަ ކަމެއްގެ ގޮތުގައެވެ.  

ގިނަ އަންހެނުން ބުނަނީ ރުޅިއައުމުން ހަރުކަށިބަސްތައް ބުނާ ފިރިން ބޭރަށް ނުކުމެލާފައި އަންނައިރު ނުވަތަ ނިދާލާފައި ތެދުވާއިރު ކުރިން ބުނި ބަސްތަކުގެ މަތިން ހަނދާންވެސް ނުހުންނަ ކަމަށެވެ. ވީމާ އެކަމުގެ އަނިޔާގައި ހޭދަކުރަންޖެހެނީ ވަރަށް މަދު ވަޤުތުކޮޅެއް ކަމަށެވެ.  

ނަމަވެސް ބައެއް ފިރިން ރުޅިއައުމުން އެތައް ދުވަހެއްވަންދެން އަނގައިން ނުބުނެ ތިބޭތީ އެހުރިހާ ދުވަހު ހުންނަންޖެހެނީ އެކަމުގެ ކަންބޮޑުވުމުގައި ކަމަށާއި އެކަމުން ލިބޭ އަނިޔާ މާބޮޑު ކަމަށްވެސް ބުނެއެވެ.  

ދެން މިކަމުގައި ޚިޔާލު ތަފާތުވާނެ ބައަކުވެސް ތިބޭނެއެވެ. ވީމާ މިއީ އަހުރެން ކުރި ޙުކުމެއް ނޫނެވެ. އަހުރެން އެނގިފައިވާ ކަމެއް އެނގިފައިވާ ގޮތަށް ބުނެލީއެވެ. އަހުރެންގެ ސުވާލަކީ ރުޅިއައިނަމަވެސް އެއްޗެތި ނުގޮވިއްޔާ ވާނީ ކީއްހެއްޔެވެ؟ މަޝްވަރާކޮށް އެކަން ޙައްލުކޮށްލައި ދެމީހުން ވާހަކަދައްކައި އެކުގައި އުޅެން މަސައްކަތްކުރިއްޔާ ވާނީ ކޮންކަމެއް ހެއްޔެވެ؟ ޔަޤީންކަމަކީ ދިރިއުޅުން އުފާވެރިކުރުވޭނީ އެއިރުން ކަމެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން