ކޮންމެ ދުވަހަކުވެސް ތިމާގެ ވަޤުތުތައް ހޭދަކުރެވޭ ގޮތާއިމެދު ނުވިސްނާމީހަކަށް ގާތީ އާޚިރަތް ނުލިބުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ކޮންމެ ދުވަހަކުވެސް ތިމާގެ ވަޤުތުތައް ހޭދަކުރެވޭ ގޮތާއިމެދު ނުވިސްނާމީހަކަށް ގާތީ އާޚިރަތް ނުލިބުން!

ދިރިއުޅުމުގެ ކޮންމެ ކަމަކަށްބެލިނަމަވެސް އެންމެ މުހިންމީ ވަޤުތުކަން ޔަޤީންކުރެވޭ ސަބަބުތައް ބައިވަރެވެ. ގެއްލިއްޖެނަމަ އަނބުރާ ނުހޯދޭނެ އެއްޗަކީ ވަޤުތުކަމަށްވުމަކީ އެންމެ ބޮޑު ސަބަބެވެ. ހަމަ އެއާއިއެކު އެންމެ ކާމިޔާބު އަދި އެންމެ އުފާވެރި ދިރިއުޅުމެއް ލިބެނީ ވަޤުތަށް ސަމާލުކަންދޭ މީހުންނަށްކަމަށްމަކީ ދެވަނަ ސަބަބެވެ.

މީސްތަކުން އެންމެ ބޮޑަށް އިހްމާލްވެ ފަރުވާ ކުޑަކުރާ އެއްކަމަކީ ވަޤުތެވެ. އެހެންވެ ވަޤުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފެނީ ވަރަށް މަދުމީހަކަށެވެ. ހެޔޮ ގޮތް ކަމަށް މިބުނަނީ ދުނިޔެއާއި އާޚިރަތުގައިވެސް ފައިދާކުރާނެ ގޮތެވެ.

އަހަރެމެން ކޮންމެ މީހަކުވެސް ގަޑި ބަލަމުއެވެ. ސިކުންތު، މިނިޓް ގަޑިތައް ފާއިތުވަމުންދާކަން އެނގެއެވެ. ދުވަސްތައް ވެސް ފާއިތުވަމުންދާކަން އެނގެއެވެ. މަސްތަކާއި އަހަރުތައްވެސްމެއެވެ.

ފުރަތަމަ ސުވާލަކީ ސަމާލުކަން ދެވެނީ ކޮންކަމަކަށްހެއްޔެވެ؟

ސުވާލުގެ ޖަވާބަކީ ގިނަބައަކު ސަމާލުކަންދެނީ ފައިސާ އިތުރުކުރަން ކަމަށެވެ.

ދެވަނަ ސުވާލަކީ ދެންވާނީ ކިހިނަކުން ހެއްޔެވެ؟

ސުވާލުގެ ޖަވާބަކީ ދުނިޔެވެސް އާޚިރަތްވެސް ގެއްލުމުގެ ބިރު ބޮޑެވެ!

އެހެނީ ދުނިޔެއަށް ކޮންމެ މީހަކުވެސް ފޮނުއްވެވެނީ ދުނިޔޭގައި ހުރެވޭނެ ވަގުތު ކަނޑައަޅުއްވަވައިފައެވެ. އުފަންވާފަހުން ހިނގާ ކޮންމެ ސިކުންތަކީވެސް މިނިޓަކީވެސް ގަޑިއަކީވެސް ދުވަހަކީވެސް ޢުމުރުން މަދުވެގެންދާ އެއްޗެކެވެ.

ބޮންގޮއްވާމީހުން ގަޑިސެޓުކުރެއެވެ. ސިކުންތު ހިނގަމުން ގޮސް ގަޑިޖެހުމާއިއެކު ބޮންގޮވައެވެ.

އަހަރެމެންގެ ޙަޔާތަކީވެސް ހަމަ އެފަދަ އެފަދައެއްޗެކެވެ. ވަގުތު ފާއިތުވަމުންގޮސް ގަޑިޖެހުމާއިއެކު ދުނިޔެ ދޫކުރަންޖެހެއެވެ. ބޮން ގޮވާ އުޞޫލުން ދުނިޔޭގެ ޙަޔާތުގެ ކަންކަންވެގެންދެއެވެ.

މިވާހަކަކޮޅު ހިއްޞާމިކުރީ ފާއިއތުވާ ކޮންމެ ސިކުންތަކަށްވެސް ފަރުވާތެރިވެ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަޞޭހަތްތެރިވުމަށެވެ. ނޫންނަމަ އެމީހަކަށް ދުނިޔެއާއި އާޚިރަތްވެސް ގެއްލިގެން ހިނގައިދާނެތެވެ! ވަގުތަށް ސަމާލުކަން ދިނުމަކީ އެވަގުތަކު ތިމާކުރަންޖެހޭ އަޅުކަން ކުރުމަށް އަވަސްވެގަތުމެވެ. އެންމެ ހިނދުކޮޅެއްވެސް ލަސްނުކުރުމެވެ. ޚާއްޞަކޮށް ފަރުޟު ނަމާދުތަކަށް އެންމެ ފުރިހަމައަށް ރައްކައުތެރިވުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން