ޢާއިޝަތު ރަފާޙް ޢަލީ
އެސްފީނާ ޖެހިފައިވާކަން ދެނެގަތުން:
އެސްފީނާއަކީ އިންސާނަކު، އޭނާގެ ސިފަތަކަށް ނުބަލައި، ގަސްތުގައި ނުވަތަ ނުކޮށް، އެހެން މީހެއްގެ ކިބައިގައިވާ ރަނގަޅު ސިފައަކާމެދު ތަޢުރީފުކުރުމުގެ ސަބަބުން އެ ތަޢުރީފުކުރެވުނު ފަރާތަށް ޖެހިދާނެ ކަމެކެވެ.
މިސާލަކަށް: މީހަކު ފެންސީ ކާރެއް ދުއްވަނިކޮށް ދެކެ، "މާޝާﷲ، ކިހާ ރީތި ކާރެއްހޭ" ބުނުން.
ޖިމްގައި މީހަކު ތަމްރީނުކުރަނިކޮށް ދެކެ، "ސުބުޙާނަﷲ! އޭނާ އުފުލާ ބަރުދަނަށް ބައްލަވާ! އެއީ ވަރަށް ބާރުގަދަ މީހެކޭ" ބުނުން.
މިފަދަ ޙާލަތްތަކުގައި ތަޢުރީފުކުރާ މީހާގެ ނިޔަތަކީ އަނެކާއަށް ގެއްލުމެއް ދިނުމެއް ނޫނެވެ. ނަމަވެސް، އިންސާނީ ނަފްސުގައިވާ ނުބައި ސިފަތައް ނޭނގި ހާމަވެދާނެއެވެ. (މާނައަކީ ދުލުން ހެޔޮކުރަމުން ބަސްބުނިނަމަވެސް ހިތްނިޔަތް ނުބައި ނުބައިވެއްޖެނަމަ އެސްފީނާ ޖެހިދާނެ ކަމެވެ.)
އެސްފީނާއަކީ ޙަޤީޤަތެކެވެ. އެހެންނަމަވެސް، އަމިއްލައަށް ޖިންނީންގެ އުނދަގޫ، އެސްފީނާ، ސިޙުރު، ނުވަތަ ޙަސަދަ ޖެހިފައިވާކަމަށް ޤަބޫލުކުރާ މީހުންގެ 95% އަކީ އެކަމާމެދު އޮޅުންއަރާފައިވާ ބައެކެވެ. ގިނަ މީހުން މިފަދަ ކަންކަމަށް ތުހުމަތުކުރަނީ އާދައިގެ ދިރިއުޅުމުގެ ހާދިސާތަކާ ގުޅިގެންނެވެ.
މިސާލަކަށް:
އަނބިމީހާ ރުޅިއައުން: ޖިންނި އަވަލުން
ދަރިފުޅު އިމްތިޙާނުން ފެއިލްވުން: އެސްފީނާ
ދަރިފުޅު ބަލިވުން: ޙަސަދަ
ވަޒީފާ ގެއްލުން: ސިޙުރު
ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އަންނަނިވި ކަންތައްތަކަކީ އެސްފީނާ ޖެހުމުގެ އަލާމާތްތަކެއް ކަމުގައި ވެދާނެއެވެ:
· ކުއްލިއަކަށް ޞިއްޙީ މައްސަލަތައް ދިމާވުން (ބޮލުގައި ރިއްސުން، ބަނޑުގައި ރިއްސުން، ހުން އައުން) އަދި ޑޮކްޓަރުންނަށް ސަބަބު ނޭނގުން
· އާދަޔާ ޚިލާފަށް ގިނައިން ދާހިއްލުން ނުވަތަ ކުޑަކަމުދިއުން
· ތުރުތުރު އެޅުން
· ނުބައި ހުވަފެންތައް ފެނުން
· ހަމުގެ ކުލަ ބަދަލުވުން
· ޤުރުއާން ކިޔެވުމުން ނުވަތަ އަޑުއެހުމުން އުނދަގޫވުން
މި ހުރިހާ ކަމެއްގެ ޙަޤީޤަތް އެންމެ ރަނގަޅަށް ދެނެވޮޑިގެންވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ.