ތަނަވަސްކަންހުރުމުން ރީތި ފޭރާން ކިތަންމެ ގިނަނަމަވެސް ފަޤީރުވެ އަތުގަ ހެދުން މަދަސް މިއަދަބުތަކުގަ ހިފެހެއްޓީމާ ފައިދާކުރާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
ތަނަވަސްކަންހުރުމުން ރީތި ފޭރާން ކިތަންމެ ގިނަނަމަވެސް ފަޤީރުވެ އަތުގަ ހެދުން މަދަސް މިއަދަބުތަކުގަ ހިފެހެއްޓީމާ ފައިދާކުރާނެ! އިން ޝާ ﷲ

ފޭރާން ލުމުގައި ސަމާލުކަންދޭންވީ ކަންކަމާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަންކަން އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ 

ދުނިޔޭގެ ކަންކޮޅުތަކަށް ބަލާށެވެ! ލާނެ ފޭރާން ނެތިގެން އަޢުރަ ނިވާނުކުރެވޭ ޙާލުގައި އެތައް މިލިއަން ބައަކު އެބަ ތިއްބެވެ. އެހެންކަމަށްވާއިރު ތިބާއަށް ފޭރާން ދެއްވެވިކަން އެއީވެސް ކޮންފަދަ މަތިވެރި ނިޢުމަތެއް ހެއްޔެވެ؟ އަދި ތިބާ ލާން ބޭނުންވާ ފެންވަރެއްގެ ފޭރާން ދެއްވަވައިފިނަމަ އެއީ ވަކިން ބޮޑު ނިޢްމަތަކަށް ނުވަނީހެއްޔެވެ؟   

އަހުރެމެން ލާ ފޭރާމަކީވެސް ﷲ ތަޢާލާ ދެއްވާ ނިޢުމަތެއްކަން ދަނެ އެކަލާނގެއަށް  ޙަމްދުކުރާށެވެ. ފޭރާން ދެއްވެވުމުން ފޭރާންލުމާއި، ޒީނަތްތެރިވުމުގައި ބޮޑާކަމާއި ކިބުރުވެރިކަމާއި، އިސްރާފު ކުރުމުން އެއްކިބާވާށެވެ. މިއަދަބުތަކުގައި ހިފަހައްޓާށެވެ. 

އުނުފޭރާމާއި ޒީނަތްތެރިވުމުގެ އަދަބުތައް:  

·      ފޭރާމުގެ ސާފްތަހިރުކަމަށް ސަމާލުކަން ދިނުން.

·      ފޭރާން ލުމުގައި ކަނާތްފަރާތް އިސްކުރުމާއި، ފޭރާން ބޭލުމުގައި ވާތް އިސްކުރުން.

·      ފޭރާން ލާހިނދުގައްޔާއި، އާފޭރާން ލާހިނދުގައްޔާއި، ފޭރާންބާލާހިނދު ދުޢާކިޔުން.

·      ފިރިހެނުން ފަށުވި ފޭރާންލުމާއި، ރަނުގެ ގަހަނާ އެޅުން މަނާވުން.

·      އަންހެނުން ފިރިހެނުންނަށް ޚާއްޞަ ފޭރާން ލުމާއި، ފިރިހެނުން އަންހެނުންނަށް ޚާއްޞަ ފޭރާންލުމުން މަނާވުން.

·      ފޭރާމަކީ އައުރަ ނިވާވާ ފޭރާމުގެ ޝަރުޢީ މިންގަނޑުތަކަށް ފެތޭ ހެދުމަކަށް ވުން.

ޝުހުރަތުގެ ފޭރާން ނުލުން (މަޝްހޫރުވުމުގެ ނިޔަތުގައި މުޖްތަމަޢުގެ ޢާއްމު އާދަކާދަ އާއި ޚިލާފަށް މަޝްހޫރުވާން ހެދުން ނޭޅުން). 

·      ބާޠިލް ދީންތަކަށް ޚާއްޞަ ހެދުންތަކާއި، އެދީންތަކުގެ ޝިޢާރުތައް ރަމްޒުކޮށްދޭ ހެދުންތަކާއި، ފުރާނަވާ ޖަނަވާރުންގެ ކުރެހުންތައް ހުންނަ ފޭރާން ލުމުން އެއްކިބާވުން.

·      މިނިކާ ޖަނަވާރާއި، ކެއުން ޙަރާމް ޖަނަވާރުތަކުގެ ހަމުންވާ ފޭރާން ނުލުން.

·      ފިރިހެނުންގެ އިޒާރު (އުނަގަނޑުން ތިރީގެ ފޭރާން) ތަނބިކައްޓަށް ވުރެ ތިރި ނުކުރުން.

·      ފިރިހެންވެރިން ހުދު ފޭރާން ލުމަށް ލޯބިކުރުން.

·      ކާފިރުންނާއި، ފާސިގުން ހެދުން އަޅާ ވައްޓަފާޅިތައް ނަކަލުކޮށް އެފަދައިން ހެދުން ނޭޅުން.

·      ޒީނަތްތެރި ވުމަށް ބުމަހެދުމާއި، ޓެޓޫ ޖެހުމާއި، އިސްތަށިގަނޑު ގުޅުވުމާއި، ދަތް ދުރުކުރުން ފަދަ ކަންކަމުން މަނާވުން.

    ހުވަނދު ލުމަށް ލޯބިކުރުން 

·      އަންހެން ކަނބަލުން ހުވަނދުލައިގެން ބޭރުތެރެއަށް ނުދިއުން.

·      ބޮލުގައި ފުނާއަޅާއި ބޮލުގެ އިސްތަށިގަނޑު ރީތިކޮށް ބޭއްވުން.

·      ނުރަ އުފުރުމާއި، ނުރަ ފޮރުވުމަށް ނުރައިގައި ކަޅުކުލަ ޖެއްސުމުން މަނާވުން.

·      ފިރިހެނުން ތުނބުޅި ދިގުކުރުމާއި، މަތިމަސް ކުރުކުރުން.

·      ބޯކޮށުމުގައި ބޮލުގެ އިސްތަށިގަނޑު އެއްވަރަކަށް ބެހެއްޓުން، އެކި ހިސާބު އެކިވަރަށް ނުބެހެއްޓުން.

 

 

ފިޠުރަތުގެ ސާފްތާހިރުކަމުގެ ތެރެއިންވާ ނިޔަފަތި ކެނޑުމާއި، ކިހިލިފަތީގެ އިސްތަށި އުފުރުމާއި، ލަދުވެތި ގުނަވަންތަކުގެ އިސްތަށިތައް ބޭލުން ފަދަ ކަންކަން 40 ދުވަހަށްވުރެ އިތުރު ނުކުރުން.

 

--ޝައިޚް އަހްމަދު ރިމާޒް

 

 

 

މިއަދު އޮންލައިން