އިތުރު ސުވާލާ ޖަވާބު: ސިހުރުވެރިން އެތިބެނީ ދީނުން ބޭރުވެގެން! ނަމާދުކުރެވޭނީ ތައުބާވުމަށްފަހު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
އިތުރު ސުވާލާ ޖަވާބު: ސިހުރުވެރިން އެތިބެނީ ދީނުން ބޭރުވެގެން! ނަމާދުކުރެވޭނީ ތައުބާވުމަށްފަހު!

ސިޙުރު ހެދުމަކީ ބޮޑު ފާފައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. ސިޙުރުވެރިޔަކަށް ވެވެނީ ﷲ އަށް ޝަރީކު ކުރުމަށްފަހުގައެވެ. ވީމާ، ސިޙުރުވެރިންނަކީ މުސްލިމުންނަކަށް ނުވާނެއެވެ. ޣައިރު މުސްލިމުންގެ މައްޗަށް ނަމާދު ވާޖިބުވެގެންނެއް ނުވެއެވެ. އެބައިމީހުން ފުރަތަމަ ޖެހޭނީ ޝަހާދަތުގެ ދެކަލިމަ ކިޔާ އިސްލާމްވާށެވެ. والله أعلم. 

މިއީ ސިޙުރުހަދައި އުޅޭ މީހުންނާއިމެދު ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވާ ބަސްފުޅެކެވެ. މިބަސްފުޅުން އެނގިގެންދަނީ ސިޙުރުހަދާ މީހުން އެތިބެނީ ދީނުން ބޭރުވެގެންކަމެވެ. އެމީހުންނަކީ އިސްލާމް ދީނުގައި ތިބި ބައަކަށް ނުވާނެ ކަމެވެ.  

ބައެއް ސިޙުރުވެރިން އެމީހުންނަކީ ތަޤްވާވެރިންކަމުގައި ދެއްކެން އެކިއެކި ކަންކަން ކުރެއެވެ. ނަމާދުކޮށް އެެހން މީހުންނަށް ދީނުގެ ކަންކަން ކިޔައިދީވެސް ހަދައެވެ. ނަމަވެސް އެމީހުންގެ ޙަޤީޤީ ޙާލު އެއޮތީ އެނގޭށެވެ.  

މިވާހަކަކޮޅު ބުނެލަން މިޖެހުނީ "ސިޙުރުހަދާ މީހުންވެސް ނަމާދުކުރޭ ނޫންހޭ؟ ދީނަށް ޢަމަލުކުރޭ ނޫންހޭ؟" މިފަދަ ސުވާލުތައް ބައެއް ކިޔުންތެރިން ކުރައްވާތީއެވެ. ވިސްނަވައިލައްވަން އޮތްކަމަކީ މުސްލިމަކު ދީނުން ބޭރުވުމަކީ ޢުޤޫބާތް އިތުރަށް ބޮޑުވެގެންދާ ކަމެއްކަމާއިމެދުގައެވެ.

 

 

 

 

މިއަދު އޮންލައިން