ޢިބްރަތްތެރި ވާހަކަ: އަޅުގަނޑާ އަޅައިގަނެގެން އުޅޭ ސިޙުރުވެރިއަކު ފޮނުވީމާ އައިސް ހޯނެއްގެ ސިފައިގަ ފާޚާނާއަށް ވަދެއިން ޖިންނި-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ޢިބްރަތްތެރި ވާހަކަ: އަޅުގަނޑާ އަޅައިގަނެގެން އުޅޭ ސިޙުރުވެރިއަކު ފޮނުވީމާ އައިސް ހޯނެއްގެ ސިފައިގަ ފާޚާނާއަށް ވަދެއިން ޖިންނި-

އަޅުގަނޑު ފާޚާނާއަށް ވަނީ އިރުއޮއްސެން ވަރަށް ގާތްވެފައި ހުއްޓައެވެ. މަޣްރިބް ނަމާދަށް ވުޟޫކުރާށެވެ. ވަދެވުނީ ފަރުވާކުޑަކަމުން ޛިކުރު ނުކިޔައެވެ. 

ވަދެވުމާއިއެކު ދިއައީ ސިއްސައިގެންނެވެ. ފާރުގެ މެދުގަ ހޯނެއް އިންދައި ފެނުމުންނެވެ. އެއީ ދުވަހަކުވެސް ފެނުނު ކަމެއް ނޫނެވެ. ފާޚާނާއަކީ އެފަދަ އެއްޗަކަށް ވަދެވޭ ގޮތަށް ހުންނަ ތަނެއްވެސް ނޫނެވެ. އަދި ދުވާލަކު 2،3 ފަހަރު ސާފުވެސްކުރާ ތަނެކެވެ.  

ފުރަތަމަ ހިތަށް އެރީ ސްޕްރޭޖަހައި މަރައިލުމަށެވެ. ނަމަވެސް ފަހުން ހަނދާންވީ އެއީ ޖިންނިއަކަށްވެދާނެ ކަމަށެވެ. އެހެން ހިތަށް އެރުމާއިއެކު ދެލޯ މަރާލާފައި އަޢޫޛްކިޔަން ފެށީމެވެ.  އަޢޫޛް ރަނގަޅަށް ނުވެސް ނިމެނީސް ދެލޯހުޅުވައި ބަލައިލިއިރު ފެންނާކަށް ނެތެވެ. އެއީ ހޯނެއް ނަމަ 2، 3 ސިކުންތު ތެރޭގައި ފިލައިގެން ދެވޭނެ އެއްވެސް ފުރުޞަތެއް ނުއޮންނާނެއެވެ. ފާރުގެ މެދުގައި އިނީތީއެވެ.  

ފިރިމީހާއަކީ ރުޤްޔާކުރަން ދަންނަ މީހެކެވެ. ޢިޝާ ނަމާދުން ފައިބައިގެން އައުމުން އެވާހަކަ ކިޔައިދިނީމާ ނުވެސް ކައި ކިޔެވެލިތަކެއް ކިޔަވަން ފެށިތަނުން ފާޚާނާއިން ގަދަ އަޑެއް އިވުނެވެ. ކިޔަވައި ނިމިގެން ބުންޏެވެ. "އަޅައި ނުލާށެވެ! އޭތި މިހާރު ވާނީ ފޮނުވި މީހާގެ ގާތުގައެވެ. ހުންނާނީ ރާކަނިމަސް ކެވިފައެވެ."  

ފރިމީހާ ސީދާ ބަހަކުން ނުބުނެއެވެ. ނަމަވެސް ބުނި ބައެއް ވާހަކައިން އެނގުނީ އެކަމެއް ކުރީ އަޅުގަނޑާއި އަޅއިގަނެގެން އުޅޭ ސިޙުރުވެރިއެއް ކަމެވެ. އިތުރު ސުވާލެއް ނުކުރަމެވެ.  

އަޅުގަނޑު މިވާހަކަ ޙިއްޞާ މިކުރީ މިފަދަ ކަންކަމަށް އެންމެންވެސް ސަމާލުކަންދޭން ބުނުމަށެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން